އިންތިހާބު ކާމިޔާބު ކުރެވިއްޖެ ނަމަ ވެރިކަން ކުރައްވާނީ ޕީޕީއެމްގެ ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ބައިވެރިވުމެއް ނެތި ކަމަށް ދޭހަވާ މޭރުމަކުން، ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ދެއްކެވި ވާހަކަތަކާ ގުޅިގެން ކުރީގެ ޔާމީންގެ ހިތްހަމަ ނުޖެހުން އޮތްތައް ހާމަ ކުރައްވިކަން، ރޭ ރިޕޯޓުކުރި އެވެ.
ރައީސް ޔާމީން އެ މެސެޖު ދެއްވީ ބުދަ ދުވަހު ބޭއްވި، ވ. އާރަށް ކުއްޔަށް ދިނުމުގެ ތެރެއިން ރިޝްވަތު ނެންގެވި މައްސަލައިގެ އިސްތިއުނާފު އަޑުއެހުން ނިންމާލުމަށް ފަހު ކޯޓު ރޫމު ތެރޭގައި ހުންނަވައި ކަމަށް އެތަނުގައި އެ ވަގުތު ތިއްބެވި ބޭފުޅުން، ނަން ނުޖެހުމަށް ޝަރުތުކޮށް ވަނީ "އަދަދު" އަށް ކަށަވަރުކޮށްދީފަ އެވެ. އެ ބޭފުޅުންގެ ތެރޭގައި ރައީސް ޔާމީންގެ ވަރަށް އަރިސް ބޭފުޅުން ވެސް ހިމެނެ އެވެ.
"މުއިއްޒު އިހައްދުވަހު އިންޓަވިޔުއެއްގައި ވިދާޅުވެއްޖެ، ވެރިކަން ކުރާނީ އަމިއްލައަށޭ، ޔާމީނެއް ނޫނޭ، މިއީ ކޮން ވާހަކައެއްތޯ؟ އަޅުގަނޑު ކޮންމެހެން އެއްޗެއް ދަންނަވާކަށް ނޫން، އެކަމަކު އަޅުގަނޑުމެންގެ ޕާޓީ މިއަދު އޮތް ގޮތުން، އަޅުގަނޑާ ބޮލާލާ ޖަހާފައި އެ ގޮތަށް ނުކުމެގެން މުއިއްޒަށް ހަމަ ވޯޓު ގެއްލޭނީ،" ޕީޕީއެމްގައި އިސްކޮށް ހަރަކާތްތެރިވާ، މާވަށު ދާއިރާގެ މެންބަރު، މުހައްމަދު ސައީދުއާއި މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތާރިގަށް މުހާތަބު ކުރައްވައި ޔާމީނު ވިދާޅުވި އެވެ.
މުހިންމު ބައެއް ހަބަރު

ދުވަހުގެ ކޯޓޭޝަން
ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބަށް ކެމްޕޭން ކުރައްވަން ރައީސްގެ އުފަން ރަށް، ޅ.ހިންނަވަރުގައި މިރޭ ބޭއްވެވި ޖަލްސާގައި ރައީސް ވިދާޅުވީ އެ މަނިކުފާނުގެ ސަރުކާރުން މަސައްކަތްތައް ކުރަމުން އަންނަނީ ރަށްރަށަށް ބޭނުންވާ ކަންތައްތައް އެނގިގެންނެވެ. ރަށްފުށުގެ ދިއިރުޅުން ކުރީއްސުރެ އޮތް ދަތި ގޮތް، އަމިއްލަފުޅަށް ތަޖުރިބާ ކުރައްވާފައި ވުމަކީ އެމަނިކުފާނު ސިފަކުރެއްވި ގޮތުގައި ރަށްރަށަށް ބޭނުންވާ ކަންތައްތައް އެނގިވަޑައިގެންނެވި ސަބަބެވެ.
އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ މި ސިޔާސަތުތައް ކުރިއަށް އޮތް ދައުރުގައި ތަންފީޒުކޮށް ނިމޭ އިރު، މި ދެންނެވި ތަފާތުތައް [ތަރައްގީގެ ގޮތުން ރަށްތަކުގެ މެދުގައި އޮތް ތަފާތުތައް] މުޅި ރާއްޖެއިން ނައްތައިލެވި، މިއިން ކޮންމެ ރަށަކީ އަނެއްކާ ވެސް ދިރިއުޅެން ރަނގަޅު، އުފާވެރި، ހަމަޖެހޭ، އާއިލާއާ އެކު އުޅެވޭ ރަށަކަށް އަނެއްކާ ވެސް އަަޅުގަނޑުމެންނަށް ބަދަލުކުރެވޭނެ،"
ދުވަހުގެ ފޮޓޯ

ރައީސް ސޯލިހުގެ އަމިއްލަ ރަށް، ޅ. ހިންނަވަރުން އެ މަނިކުފާނަށް މަރުހަބާ ކިޔަން އިއްޔެ ނުކުމެ ތިބި މީހުން. -- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު











