ހުޅުމާލެއާއި މާލެއާއި ދެމެދުގެ ބަހުގެ ހިދުމަތް 24 ގަޑިއިރަށް ބަދަލުކޮށްފި

އެމްޓީސީސީގެ ބަހެއް ހުޅުމާލެއަށް ދަތުރުކުރަނީ -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

އެމްޓީސީސީގެ ބަހެއް ހުޅުމާލެއަށް ދަތުރުކުރަނީ -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ގެ ދަށުން ހުޅުމާލެއާއި މާލެއާއި ދެމެދު ދެމުން އަންނަ ބަހުގެ ހިދުމަތް 24 ގަޑިއިރަށް ބަދަލުކޮށްފި އެވެ.

އެމްޓީސީސީން ކުރި އިއުލާނެއްގައި ބުނީ މިއަދުން ފެށިގެން މާލެއާއި ހުޅުމާލެއާއި ދެމެދު ވެސްޓް ޕާކް ރޫޓުން ދަތުރުކުރާ ބަހުގެ ހިދުމަތް 24 ގަޑިއިރު ލިބޭނެ ކަމަށެވެ. އަދި ކޮންމެ ދުވަހަކު ވެސް ޝެޑިއުލާއި އެއްގޮތަށް ބަސް ދަތުރުތައް އޮންނާނެކަމުގެ ޔަގީންކަން ދޭ ކަމަށް ވެސް އެކުންފުނިން ބުންޏެވެ.

އެގޮތުން ދަންވަރު 00:00 އަދި 00:15 ގައި އޮންނަ ދަތުރަށް ފަހު ފަތިހު 05:15 ވަންދެން ކޮންމެ އެއް ގަޑިއިރަކުން ބަސް ދަތުރެއް އޮންނާނެ އެވެ. އަދި ފަތިހު 05:45 ގައި ވެސް ބަސް ދަތުރު ކުރާނެ އެވެ. މީގެ ކުރިން ރޭގަނޑުގެ ފަހު ދަތުރު ކުރަނީ 0:15 ގަ އެވެ.

ދަންވަރުގެ ބަސް ޝެޑިއުލް --
ދަންވަރުގެ ބަސް ޝެޑިއުލް --

ދަންވަރުގެ ބަސް ޝެޑިއުލް --

ޕީއެސްއެމްގެ "ރާއްޖެމިއަދު" ޕްރޮގްރާމުގައި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ ބަހުގެ ހިދުމަތް 24 ގަޑިއިރަށް ބަދަލުކުރަން ނިންމީ އެ ދާއިރާތަކުގައި މަސައްކަތްކުރާ މުއައްޒަފުންގެ ތެރެއިން ދަންވަރު ޑިއުޓީ ނިމޭ މުއައްޒަފުންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން ކަމަށެވެ.

އެމްޓީސީސީން އަންނަނީ ހުޅުމާލެއިން މާލެއަށް ދުވާލު ކޮންމެ 15 މިނެޓަކުން ބަސް ދަތުރު ކުރުމުންނެވެ. ހުޅުމާލެ އަށް ކުރާ ބަސް ދަތުރުތައް ފުޅާކުރުމުގެ ގޮތުން އެންމެ ފުރަތަމަ ޑަބަލް ޑެކް ބަސް ގެނައީ އޮކްޓޯބަރު 9، 2018 ގަ އެވެ. އޭގަ ފަހުން އެމްޓީސީސީން ވަނީ މި ހިދުމަތައް އިތުރު ބަސްތަކެއް އިތުރުކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox