ކަނދޮޅުދޫ މީހުންގެ ހިތާ ކުޅެން، މުއިއްޒު ދެއްކެވީ އަވާމެންދުރެއް؟

Aug 31, 2023, 5:02 AM
ދެހާސް ހަތަރު ވަނަ އަހަރުގެ ސުނާމީގައި ސުންނާފަތިކޮށްލި ކަނދޮޅުދޫ. އެ ކާރިސާއަށް ފަހު އެ ރަށުގެ މީހުން އާބާދުކުރީ ރ. ދުވާފަރުގައި. -- ފޮޓޯ: އަބްދުﷲ ޝުޖާއު

ދެހާސް ހަތަރު ވަނަ އަހަރުގެ ސުނާމީގައި ސުންނާފަތިކޮށްލި ކަނދޮޅުދޫ. އެ ކާރިސާއަށް ފަހު އެ ރަށުގެ މީހުން އާބާދުކުރީ ރ. ދުވާފަރުގައި. -- ފޮޓޯ: އަބްދުﷲ ޝުޖާއު

ފަޅުރަށެއްގެ ގޮތުގައި އެތައް ސަތޭކަ އަހަރެއް ވުމަށް ފަހު ރ. ދުވާފަރު އަލުން އާބާދުކުރީ ރާއްޖެ އަށާއި އެހެން އެތައް ގައުމަކަށް 2004 ވަނަ އަހަރު އެރި ވަރުގަދަ ސުނާމީގައި އެންމެ ބޮޑަށް ހަލާކުވި އެއް ރަށް ކަމަށްވާ ކަނދޮޅުދޫ މީހުން ހިޖުރަކޮށްގެންނެވެ. އަތޮޅުގައި މީހުން އުޅޭ އެހެން ރަށްތަކާ މާ ދުރުގައި އޮތް ކަނދޮޅުދޫ، ދުވާފަރު މީހުންނަށް މުހިންމީ އެ ގޮތުންނެވެ.

ސުނާމީގައި ހަލާކުވުމުގެ ކުރިން ރ. އަތޮޅުގެ އެންމެ މަސްވެރި ރަށުގެ ގޮތުގައި އޮތް ކަނދޮޅުދޫގެ ރައްޔިތުން ދުވާފަރުގައި ވަޒަންވެރިވި ފަހުން ވެސް މަސް ކައްކައި ހިއްކުން ފަދަ މަސައްކަތްތައް އެރަށުގައި ކުރި އެވެ

ކަނދޮޅުދޫގެ ރަށްވެހިން މިހާރު ދިރިއުޅޭ ރ. ދުވާފަރުގައި ބޭއްވި ކެމްޕޭނު ޖަލްސާގައި މުއިއްޒު އާއި ޕީޕީއެމް/ޕީއެންސީގެ އިސް ވެރިން. -- ފޮޓޯ: ޕީޕީއެމް
ކަނދޮޅުދޫގެ ރަށްވެހިން މިހާރު ދިރިއުޅޭ ރ. ދުވާފަރުގައި ބޭއްވި ކެމްޕޭނު ޖަލްސާގައި މުއިއްޒު އާއި ޕީޕީއެމް/ޕީއެންސީގެ އިސް ވެރިން. -- ފޮޓޯ: ޕީޕީއެމް

ކަނދޮޅުދޫގެ ރަށްވެހިން މިހާރު ދިރިއުޅޭ ރ. ދުވާފަރުގައި ބޭއްވި ކެމްޕޭނު ޖަލްސާގައި މުއިއްޒު އާއި ޕީޕީއެމް/ޕީއެންސީގެ އިސް ވެރިން. -- ފޮޓޯ: ޕީޕީއެމް

ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބަށް ކެމްޕޭން ކުރަން ޕީޕީއެމް/ޕީއެންސީން ދުވާފަރުގައި ބޭއްވި ޖަލްސާގައި މުއިއްޒު ވިދާޅުވީ ކަނދޮޅުދުއަކީ ދުވާފަރަށާއި މުޅި ރ. އަތޮޅަށް ވެސް އިގުތިސާދީ ވަރަށް މުހިންމު ބޭނުމެއް ހިފިދާނެ ރަށެއް ކަމަށެވެ. އެ ރަށުގައި މަސް ރައްކާކުރާ ކޯލްޑް ސްޓޯރޭޖަކާއި ފާނަ މަސްވެރިކަމަށް ބޭނުންވާނެ ވަސީލަތްތައް ތަރައްގީކޮށްދެއްވަން އެއާ އެކު އޭނާ ވައުދުވެވަޑައިގެންނެވި އެވެ.

"މަސްކިރޭނެ ނިޒާމު، އިރާދަކުރެއްވިއްޔާ ކޯލްޑް ސްޓޯރޭޖް ނިޒާމު އެތަނުން [ކަނދޮޅުދޫން] ހަމަޖެހުނީމާ ސަރަހައްދީ ގޮތެއްގައި ރާއްޖެ ބަހައިލެވޭ އިރުގައި، ވަރަށް [ބޮޑެތި] ފަސޭހަތަކެއް އިރާދަކުރެއްވިއްޔާ ލިބިގެންދާނެ. މި ސަރަހައްދުގެ ބޭނުންކުރާ ހުރިހާ މަސްވެރިންނަށް ވެސް [އެ ފަސޭހަތައް] ލިބިގެންދާނެ،" މުއިއްޒު ވިދާޅުވި އެވެ.

އެހެން ރަށްތަކާ ދުރު، ދަތުރުކުރަން އޮތް މަގު އުނދަގޫ

މަސްވެރިކަމުގެ ސިނާއީ ރަށެއްގެ ގޮތުގައި ކަނދޮޅުދޫ ތަރައްގީ ކުރައްވަން މުއިއްޒު ވައުދުވެވަޑައިގެންނެވި އިރު އެއީ ދުވާފަރާއި ރ. އަތޮޅުގައި މީހުން އުޅޭ އެހެން ރަށްތަކާ ވަރަށް ދުރުގަައި އޮތް ރަށެކެވެ. އަތޮޅުގައި މީހުން އުޅޭ ގިނަ ރަށްތައް ހުރީ އަތޮޅުގެ އިރުމަތީ ބިތުގައި ކަމަށް ވާއިރު ކަނދޮޅުދުއަކީ އެންމެ ހުޅަނގުގައި އޮތް ރަށެކެވެ.

ރ. އަތޮޅުގެ އިރުމަތީ ބިތުގައި އޮތް ދުވާފަރާއި ކަނދޮޅުދުއާ ދެމެދު 20 ކިލޯމީޓަރުގެ ދުރުމިނެއް ހުރެ އެވެ. އިރުމަތީ ބިތުގެ ރަށްތަކާ އެރަށާ ދެމެދު ގިނަ އަދަދެއްގެ ފަރުތަކާއި ގިރިތައް ހުރުމުން އެއީ އިރުމަތިން އަންނަ އުޅަނދުފަހަރަށް ދަތުރުކުރަން ފަސޭހަ މަގެއްގައި އޮތް ރަށެއް ވެސް ނޫނެވެ.

އެއީ ރަނގަޅު ބަނދަރެއް ހެދެން ނެތް، ކަނޑާ ޖެހެންދެން ހިއްކައިލާފައިވާ ކުޑަކުޑަ ރަށެކެވެ

ރ. ދުވާފަރުގައި ބޭއްވި ޖަލްސާގައި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވާހަކަ ދައްކަވަނީ. -- ފޮޓޯ: ޕީޕީއެމް
ރ. ދުވާފަރުގައި ބޭއްވި ޖަލްސާގައި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވާހަކަ ދައްކަވަނީ. -- ފޮޓޯ: ޕީޕީއެމް

ރ. ދުވާފަރުގައި ބޭއްވި ޖަލްސާގައި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވާހަކަ ދައްކަވަނީ. -- ފޮޓޯ: ޕީޕީއެމް

މިޒަމާނުގެ މަސްވެރިކަމަކީ ރަށްކައިރީ ނުވަތަ އަތޮޅު ތެރޭގައި ކުރާ ކަމަކަށް ނުވާތީ ހުޅަނގު ކަނޑަކީ ހުރިހާ ދުވަސްވަރެއްގައި މަސްވެރިކަން ކުރާ ކަނޑަކަށް ނުވެ އެވެ. މަސްދޯނިފަހަރު ދަތުރުކުރަނީ އެވަގުތަކަށް މަސްވެރިކަން އޮތް ސަރަހައްދަކަށެވެ. މި ގޮތް ގޮތުން ބަލާއިރު ކަނދޮޅުދުއަކީ ކޯލްޑް ސްޓޯރޭޖެއް ހިންގަން އެންމެ އެކަށީގެންވާ ރަށެއް ނޫނެވެ. އެކަމަކު އެއީ ދުވާފަރު މީހުންގެ އިހުސާސްތަކާ ކުޅެލާނެ ވައުދެކެވެ.

ތެދެކެވެ. މިވަގުތަށް ކެންޑިޑޭޓުންނަށް މުހިންމު ވާނީ، ވާ ވައުދަކީ ފުއްދޭނޭ ވައުދެއްތޯ ނުވަތަ ކުރަން އެ ބުނާ ކަމަކީ ހަގީގަތުގައިވެސް ކުރެވިދާނޭ ކަމެއްތޯ ބެލުމެއް ނޫނެވެ. ގިނަ ވައުދުތަކަކީ ފުއްދަން ވާ ވައުދުތަކެއް ނޫނެވެ. އެއީ ރުއްސަން ވާ ވައުދުތަކެވެ. އެ ވައުދު ފުއްދަން ކުރާންޖެހޭ ހޭދައާއި، އެކަމުގެ ހަގީގީ މަންޒަރަށް ބެލީމާ އެއީ ކުރަން ހެޔޮވާ ކަމެއް ނޫންކަން އެންމެ ރަނގަޅަށް އެނގޭނީވެސް އެ ވައުދުވާ ކެންޑިޑޭޓުންނަށެވެ. މުއިއްޒު ކަނދޮޅުދޫއަށް މި ވީ ވައުދަކީވެސް ހަމަ މިފަދަ ވައުދެކެވެ. އެކަމަކު ތަރައްގީއާ ފަސޭހަތަކަށް އެދިއެދި ތިބި މައުސޫމު ރައްޔިތުންގެ ތެރެއިން ބަޔަކު މި ވައުދު ގަބޫލުކޮށްފިނަމަ އެއީ މުއިއްޒުއަށް ލިބޭނޭ ކާމިޔާބެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޮޑު އަގުގައި ޑޮލަރު ވިއްކުމުގެ ތުހުމަތުގައި 3 ބިދޭސީން ބަންދަށް

ހުއްދަނެތި ބޮޑު އަގުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ތިން މީހަކު ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ވަނީ އަތުލައިގަނެފަ. މި މީހުން އަތުލައިގަތީ ކަޅު ބާޒާރުގައި ޑޮލަރުގެ މުއާމަލާތްކުރާ ފަރާތްތައް ހޯދުމަށް ސަރުކާރުން އެކުލަވާލާފައިވާ ހާއްސަ ޓާސްކްފޯހަށް ލިބުނު މައުލޫމާތަކާ ގުޅިގެން.

ޖަރުމަނު ކޮންސުލޭޓު ބަންދުކުރީ ސަރުކާރާ ހެދި: ނަޝީދު

ނަޝީދު ތުހުމަތުކުރައްވާފައިވާ ގޮތުގައި ޖަރުމަނު ސަރުކާރުން ރާއްޖޭގައި ހުންނަ އެ ގައުމުގެ ކޮންސިއުލޭޓް ބަންދުކުރީ، އޮނަރަރީ ކޮންސުލްގެ މަގާމަށް ވަކި މީހަކު އައްޔަންކުރުން ދިވެހި ސަރުކާރުން ނުފޫޒު ފޯރުވުމުން.

ޔާމީނަށް ހުކުމް އިއްވުން މި މަހު 29 އަށް ތާވަލުކޮށްފި

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ނިންމާލައިފި. ޔާމީންގެ ފަރާތުން ހުލާސާ ބަޔާން ހުށަހަޅަމުން ވަކީލުން ވިދާޅުވީ، އެމަނިކުފާނާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިތަކުގައި ފުށުއެރުންތަކެއް ހުރި ކަމަށާއި ކުށް ސާބިތުވާވަރުގެ ހަރުދަނާ ހެއްކެއް ނެތް ކަމަށް.

މީހުންގެ އަގުވައްޓާލަން އޭސީސީއަށް ހުށަހެޅުން ހުއްޓުވަން އުސޫލެއް

އޭސީސީން ބުނީ އަސާސެއް ނެތް ކަންކަމުގައި މީހުންގެ އަގުވައްޓާލުމަށް ހުށަހަޅާ މައްސަލަތަކުގައި އަމަލުކުރާނެ ހާއްސަ އުސޫލެއް އެކުލަވާލުމުގެ މަސައްކަތް މިހާރު އޮތީ ފަހު މަރުހަލާގައި ކަމަށް. އީޔޫގެ އެހީތެރިކަމާއެކީ އެކުލަވާލާ މި ސްޓްރެޓެޖީގެ ސަބަބުން ނުބައި ނިޔަތުގައި ހުށަހަޅާ މައްސަލަތަކަށް ހައްލެއް ލިބޭނެ ކަމަށް އެ ކޮމިޝަނުން ބުނި.

ގަވާއިދާ ހިލާފަށް ވަދެ އުޅުނު ތިން މަސް ބޯޓު ހިފަހައްޓައިފި

ރާއްޖޭގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ އުޅުނު ބޭރުގެ ތިން މަސް ބޯޓު އަތުލައިގަތީ އެމްއެންޑީއެފް ކޯސްޓްގާޑާއި އެއާ ކޯ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި. އަރިއަތޮޅުގެ ހުޅަނގުން އަތުލައިގަތް މި ބޯޓުތައް މިހާރު މާލެ ސަރަހައްދަށް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން.

ގޯތި ދޫކުރުމުގެ އުސޫލު ބަދަލުކޮށް ކުރިމަތިލާން ހުޅުވާލައިފި

ކ. ހުރާއިން 150 ގޯތި ދޫކުރުމުގެ އުސޫލަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު އެ ރަށު ކައުންސިލުން އަލުން ވަނީ ހުޅުވާލައިފި. އައު އުސޫލުގެ ދަށުން ރަށުގައި ދިރިއުޅޭ އާއިލާތަކަށާއި އުފަން ރަށްވެހިންނަށް އިސްކަންދޭ ގޮތަށް ޕޮއިންޓް ދިނުމުގެ މިންގަނޑުތަކަށް ވަނީ ބަދަލުތަކެއް ގެނެސްފައި.

ރަސްމާލޭގެ ތަންތަން ދާއިމީކުރުމުގެ ފުރުސަތެއް ނެތް: މުއްތަލިބު

ރަސްމާލެ މަޝްރޫއަކީ އިޒްރޭލު މީހުން ވަޒަންވެރިކުރުވަން ހިންގާ މަޝްރޫއެއް ކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކުރައްވައި، މުއްތަލިބު ވިދާޅުވީ ބިންތައް އަބަދުވެސް އޮންނާނީ ދިވެހި ދައުލަތުގެ ފުރިހަމަ ބާރުގެ ދަށުގައި ކަމަށް. އަދި، މި ޝަހަރުގައި ދިވެހިންގެ ނިސްބަތް ގިނަ ކުރަން ތަންތަން ވިއްކާއިރު ދިވެހިންނަށް އިސްކަން ދޭން ކަމަށް އޭނާ ވިދާޅުވި.

Newsletter

Get the latest news delivered straight to your inbox