ޔާމީންގެ ލަފާ ހޯދިޔަސް ވެރިކަން ކުރާނީ އަޅުގަނޑު: މުއިއްޒު

އެތެރެފުށް ޕުރޮގުރާމުގައި މުއިއްޒު ވާހަކަދައްކަވަނީ، އޭނާ ވިދާޅުވީ ވެވަޑައިގަންނަވާނީ ރައްޔިތުންގެ މީހަކަށް ކަމަށް. ފޮޓޯ: މިރާޝް ނާޝިމް / އަދަދު

އެތެރެފުށް ޕުރޮގުރާމުގައި މުއިއްޒު ވާހަކަދައްކަވަނީ، އޭނާ ވިދާޅުވީ ވެވަޑައިގަންނަވާނީ ރައްޔިތުންގެ މީހަކަށް ކަމަށް. ފޮޓޯ: މިރާޝް ނާޝިމް / އަދަދު

ވެރިކަން ލިބިއްޖެ ނަމަ އެއްވެސް މީހެއްގެ މީހަކަށް ނުވާނެ ކަމަށާއި އެކަމަކު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ލަފާ ހޯއްދަވާނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މުއިއްޒުގެ ކެމްޕެއިން ޕޯސްޓަރުތަކުގައި ޔާމީންގެ ފޮޓޯތައް ހުންނަކަން ފާހަގަކޮށް، ވެރިކަން ކުރައްވާނީ ރައީސް ޔާމީން ބޭނުންފުޅުވާ ގޮތަކަށްތޯ "އަދަދު"ގެ "އެތެރެފުށް" ޕްރޮގްރާމުގައި މުއިއްޒާ ސުވާލު ކުރުމުން އޭނާ ވިދާޅުވީ، ވެރިކަން ކުރާނީ "ރައްޔިތުން އިންތިހާބު ކުރާ ރައީސުލްޖުމްހޫރިއްޔާ" ކަމަށެވެ.

އޭނާ "މީހެއްގެ މީހަކަށް" ވެދާނެތޯ ސުވާލު ކުރުމުން ވިދާޅުވީ، މީހެއްގެ މީހަކަށް ނުވާނެ ކަމަށާއި ވާނީ "ރައްޔިތުންގެ މީހަކަށް" ކަމަށެވެ. ރައްޔިތުންގެ ހާދިމެއްގެ ގޮތުގައި މަސައްކަތް ކުރާ ރައްޔިތުންގެ ރައީސުލްޖުމްހޫރިއްޔާއެއްގެ ގޮތުގައި ހުންނަވާނެ ކަމަށް ވިދާޅުވި އެވެ.

ވެރިކަން ލިބިއްޖެ ނަމަ ޔާމީނާއެކު މަޝްވަރާ ކިހާ މިންވަރަށް ހޯދާނެތޯ ސުވާލު ކުރުމުން މުއިއްޒު ވިދާޅުވީ، ގައުމު ހިންގުމުގެ ތަޖުރިބާ ހުރި ބޭފުޅުންނާ މަޝްވަރާ ކުރަންވާނެ ކަމަށާއި އަމިއްލަ އަމިއްލައަށް ކަންތައްތައް ކުރުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށެވެ.

"ގައުމުގެ ކަންކަން ހިންގުމުގައި، އެއްވެސް މީހަކަށް އެކަނި ވެރިކަމެއް ނުކުރެވޭނެ. ގައުމުގެ ކަންކަން ހިންގުމުގައި ތަޖުރިބާ ހުރި، ގައުމުގެ ކަންކަމުގައި ލަފާ ދެވޭ ވަރުގެ މީހުުންނާ މަޝްވަރާ ކުރަން ވާނެ. އަމިއްލަ އަމިއްލައަށް ކަންކަން ކުރަން އުޅުމަކީއެއް އެންމެ އެެދެވޭ ނަތީޖާ އެކަކަށް ވެސް ނުނެރެވޭނެ ކަމެއް،" މުއިއްޒު ވިދާޅުވި އެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ރަސްރަނި ޕާކު ހުޅުވުމުގެ ރަސްމިއްޔާތުގައި އެމަނިކުފާނާއި ޑރ. މުހައްމަދު މުއިއްޒު --
ރައީސް ޔާމީންގެ ވެރިކަމުގައި ރަސްރަނި ޕާކު ހުޅުވުމުގެ ރަސްމިއްޔާތުގައި އެމަނިކުފާނާއި ޑރ. މުހައްމަދު މުއިއްޒު --

ރައީސް ޔާމީންގެ ވެރިކަމުގައި ރަސްރަނި ޕާކު ހުޅުވުމުގެ ރަސްމިއްޔާތުގައި އެމަނިކުފާނާއި ޑރ. މުހައްމަދު މުއިއްޒު --

މުއިއްޒު ސިފަކުރެއްވި ގޮތުގައި ޔާމީނަކީ، ގައުމު ހިންގުމުގެ އެންމެ ތަޖުރިބާ ހުރި އެއް ބޭފުޅާ އެވެ. އެހެންވެ، ޔާމީން އަދި އެ ނޫން ވެސް އިތުރު ތަޖުރިބާކާރުންގެ މަޝްވަރާ ހޯއްދަވާނެ ކަމަށް ވިދާޅުވި އެވެ.

"ރައީސް ޔާމީނަކީ ގައުމުގެ އެތައް މަސައްކަތްތަކެއް ކޮށްފައި ހުރި ތަޖުރިބާ ހުރި ބޭފުޅެއް. އެހެން ބޭފުޅުން ވެސް ތިބޭނެ. އެހެންވީމަ ތަޖުރިބާ ހުރި ބޭފުޅުންނާ މަޝްވަރާ ކުރާނަން،" މުއިއްޒު ވިދާޅުވި އެވެ.

"ރައީސް ޔާމީންގެ ލަފާ ވަރަށް މުހިންމުވާނެ، ހާއްސަކޮށް މިހިރަ ބޮޑެތި މައްސަލަތަކުގައި ގައުމުގެ ހިންގުމުގައި އިގްތިސާދީ ކަންތައްތަކުގައި ހަމަ ކޮންމެ ގޮތެއް ވިޔަސް، އެންމެ ތަޖުރިބާ ހުރި އެއް ބޭފުޅާ އެއީ މި ގައުމުގައި،"

އެތެރެފުށް ޕްރޮގްރާމުގައި ކުރިމަތިވި ސުވާލުތަކަށް ޖަވާބުދެއްވަމުން މުއިއްޒު ވިދާޅުވީ، ޔާމީނަކީ އަނިޔާވެރިކޮށް ވެރިކަން ކުރެއްވި ބޭފުޅެއް ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ. އަދި ކުށެއް ކުރުމެއް ނެތި އެއްވެސް ސިޔާސީ ލީޑަރަކު ޖަލަށްލާފައި ނުވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

މުއިއްޒުގެ ވެރިކަމެއްގައި ޔާމީންގެ ފަރާތުން އުނދަގޫތަކެއް ކުރިމަތިވެދާނެ ކަމަށް ގަބޫލުކުރެއްވޭތޯ ސުވާލު ކުރުމުން އޭނާ ވިދާޅުވީ، އެފަދަ ދުވަހެއް ނާންނާނެ ކަމަށެވެ.

"ނާންނާނެ، ނާންނާނެ. އެއީ އެމަނިކުފާނަކީ އެއަށްވުރެ ގައުމު ދެކެ ލޯބިވާ ބޭފުޅެއް. އަޅުގަނޑުމެންގެ ހަމަޖެހުން ދެ ޕާޓީ ގުޅިގެން އެކީގައި މަސައްކަތް ކުރެވޭނެ ގޮތް، އެމަނިކުފާނު އެއަށް ވިސްނަވާނެ،" މުއިއްޒު ވިދާޅުވި އެވެ.

އިންތިހާބުގައި ވާދަ ކުރުމުގެ ޝަރުތު ޔާމީނުގެ ހަމަނުވާކަމަށް ނިންމުމުގެ ކުރިން، ކުއްލިގޮތަކަށް ޗެނަލް 13އިން ވަގުތުކޮޅެއް ނަންގަވައި، ތިރީހަކަށް މިނެޓު ވަންދެން ޔާމީނަށް އޭނާގެ އޮތް ވަފާތެރިކަން މުއިއްޒު ޕީޕީއެމް/ޕީއެންސީގެ އާންމު މެމްބަރުންނަށް ކިޔައިދެއްވި އެވެ.

ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ޖަލު ހުކުމް އިއްވުމުގެ ކުރިން ބޮޑު ޖަލްސާއެއް ބާއްވައި ޔާމީނަށް ރިޔާސީ ޓިކެޓު ދެއްވައިފަ އެވެ. އެމަނިކުފާނު 11 އަހަރަށް ޖަލަށްލުމުން ވެސް އިދިކޮޅުން ބުނަމުން އައީ ކެންޑިޑޭޓަކީ ޔާމީން ކަމަށާއި އެމަނިކުފާނު މިނިވަންވާނެ ކަމަށެވެ.

މުއިއްޒަށް ރިޔާސީ ޓިކެޓު ލިބިވަޑައިގަތީ، ޔާމީނަށް ވާދަ ނުކުރެއްވޭ ހާލަތެއްގައި ޕީއެންސީން ބެކްއަޕް ކެންޑިޑޭޓަކު ނެރެން ޕްރައިމަރީއެއް ބާއްވަން އިއުލާނުކުރުމުން، އޭނާ ޕީޕީއެމްއިން ވަކިވެވަޑައިގެން، ޕީއެންސީއަށް ސޮއިކުރައްވައި އެ ޕާޓީގެ ސެނެޓުން ނެގި ވޯޓު ކާމިޔާބުކޮށްގެންނެވެ. ޕީއެންސީގެ ސެނެޓު މެމްބަރުންގެ މެދުގައި ނެގި ވޯޓު، މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފްއާ ވާދަކުރައްވައި މުއިއްޒު ކާމިޔާބުކުރެއްވީ ދެ ވޯޓުގެ ތަފާތުންނެވެ.

އޭގެ ފަހުން، ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވުމުގެ ޝަރުތު ހަމަވާ ކަމަށް ނިންމައިދޭން އެދި ޔާމީން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅާފައި ވަނިކޮށް، ޕީޕީއެމްގެ ލީޑާޝިޕްގެ ބައެއް ބޭފުޅުން ވަނީ މުއިއްޒަކީ "ޕްލޭން ސީ" ކަމަށާއި، "ޕްލޭން ބީ"އަކީ ޕީޕީއެމްއިން ކެންޑިޑޭޓަކު ނެރުން ކަމަށް ވިދާޅުވެފަ އެވެ. އަދި ދެ ޕާޓީން ވެސް އިންތިހާބުގައި ވާދަ ކުރުމުގެ ފުރުސަތު ވެސް އޮތް ކަމަށް ވާހަކަ ދެކެވުނެވެ.

ޕީއެންސީގެ ސެނެޓުން ނެގި ވޯޓުން މުއިއްޒަށް ޓިކެޓު ލިބިފައި ވަނިކޮށް، ރިޔާސީ އިންތިހާބުގައި ވާދަ ނުކުރެއްވޭނެކަން ސުޕްރީމް ކޯޓުގެ ހުކުމުން ޔަގީންވުމުން ޔާމީން ވަނީ އެމަނިކުފާނަށް ތާއީދު ކުރާ މީހުން ރިޔާސީ އިންތިހާބު ބޮއިކޮޓް ކުރަން އެދިވަޑައިގެން ވަކީލުންނަށް ނޯޓެއް ދެއްވައިފަ އެވެ. އެކަމާ ހެދި ޕީޕީއެމް/ޕީއެންސީ ކޯލިޝަނުގައި މުއިއްޒަށް ތާއީދު ކުރާ މީހުންނާއި ޔާމީނަށް ތާއީދު ކުރާ މީހުންނާ ދެމެދު ދެބަސްވުންތަކެއް އުފެދުނުނެވެ. ސެނެޓުން ފާސްވީ އިންތިހާބު ބޮއިކޮޓް ނުކުރުމަށެވެެ.

އިންތިހާބު ބޮއިކޮޓް ކުރަން ފާސްނުވުމުން ޔާމީން ވަނީ ގޮތް ދޫކުރައްވައި މުއިއްޒަށް ތާއީދުކުރަން ނިންމަވައިފަ އެވެ. އަދި އެ ހިސާބުން ޕީޕީއެމްއިން ކެންޑިޑޭޓަކު ނެރުމުގެ ވާހަކަތައް ވެސް ހުއްޓުނެވެ.

މީގެ ކުރިން، 2013 އަދި 2018 ގައި ވެސް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓުގެ ގޮތުގައި ވާދަކުރެއްވި ޔާމީނުގެ ޝަރުތު މި ފަހަރު ފުރިހަމަނުވާ ކަމަށް ކަނޑައެޅީ އެމަނިކުފާނު 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވާތީ އެވެ. އެމަނިކުފާނުގެ ވެރިކަމުގައި ހިނގި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތެރެއިން، ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގައި 1.1 މިލިއަން ޑޮލަރުގެ ރިޝްވަތެއް ނަގައި އެ ފައިސާ ލޯންޑަކުރިކަން ސާބިތުވާ ކަމަށް ކަނޑައަޅައި ކްރިމިނަލް ކޯޓުން ހުކުމް ކުރީ ޑިސެމްބަރު 25، 2022 ގަ އެވެ. އެ ހުކުމުގެ އިސްތިއުނާފު ހައި ކޯޓުގައި އޮތީ މަޑުޖެހިފަ އެވެ.

ޕީއެންސީން ކެންޑިޑޭޓަކު ނެރެަން ބޭއްވި ޕްރައިމަރީގެ ތެރެއިން -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު
ޕީއެންސީން ކެންޑިޑޭޓަކު ނެރެަން ބޭއްވި ޕްރައިމަރީގެ ތެރެއިން -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ޕީއެންސީން ކެންޑިޑޭޓަކު ނެރެަން ބޭއްވި ޕްރައިމަރީގެ ތެރެއިން -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox