ތިނެއް ނޮވެމްބަރުގެ ބަތަލު ޝަހީދު ކޯޕްރަލް ހުސެއިން އާދަމްގެ ބައްޕަ، ކުޅުދުއްފުށީ މާވާގޭ، އާދަމް މުހައްމަދު މިއަދު ނިޔާވެއްޖެ އެވެ.
އެނގިފައިވާ ގޮތުގައި ޝަހީދު ހުސެން އާދަމްގެ ބައްޕަ މުސްކުޅި ބަލީގައި ޑޮކްޓަރަށް ދައްކާތާ ދުވަސްކޮޅެއް ވަނީ ވެފަ އެވެ. އަދި ނިޔާވީ ހާލު ދެރަވެގެން ކުޅުުދުއްފުށީ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް މިއަދުގެ ވަގުތެއްގަ އެވެ.
އާދަމް ނިޔާވިއިރު އުމުރުން 89 އަހަރެވެ. އަދި ނިޔާވިއިރު، އަންބަކާއި ހަ ދަރިން ދުނިޔޭގައި އެބަ ތިއްބެވެ.
ޝަހީދު ހުސެން އާދަމް އަކީ ނޮވެމްބަރު 3، 1989 ގައި ރާއްޖެއަށް ދިން އުދުވާނީ ހަމަލާގައި ގައުމުގެ ދިފާއުގައި ހަނގުރާމަކޮށް ޝަހީދުވި އެއް ބަތަލެވެ. އެދުވަހުގެ ހަމަލާއިން ދިވެހި ސިފައިންގެ މައި މަރުކަޒު ދިފާއުކުރެއްވުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރެއްވީ ޝަހީދު ހުސެން އާދަމް އެވެ.
ފުލުހުންގެ މައި މަރުކަޒު ހުންނަ އިމާރާތަކީ ޝަހީދު ހުސެއިން އާދަމްގެ ނަމުގައި ބިނާ ކުރެވުނު އިމާރާތެކެވެ. އެ ދުވަހު ޖުމްލަ 19 ދިވެއްސަކު މަރުވި އެވެ.














