މުއިއްޒުގެ ވައުދާ އެއްގޮތަށް ގާނޫނުގެ ތެރެއިން ޔާމީނު މިނިވަންކުރާނެ ގޮތެއް ޕީޕީއެމް އަށް ބުނެނުދެވުނު

ކުރީގެ ރައީސް އަބްދުﷲ ޔާމީން ސުޕްރީމް ކޯޓުގައި : މުއިއްޒުގެ ވައުދާ އެއްގޮތަށް ގާނޫނުގެ ތެރެއިން ޔާމީނު މިނިވަންކުރާނެ ގޮތެއް ޕީޕީއެމް އަށް ބުނެނުދެވުނު -

ކުރީގެ ރައީސް އަބްދުﷲ ޔާމީން ސުޕްރީމް ކޯޓުގައި : މުއިއްޒުގެ ވައުދާ އެއްގޮތަށް ގާނޫނުގެ ތެރެއިން ޔާމީނު މިނިވަންކުރާނެ ގޮތެއް ޕީޕީއެމް އަށް ބުނެނުދެވުނު -

އިދިކޮޅު ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒުގެ ވައުދާއެއްގޮތަށް ގާނޫނުގެ ތެރެއިން ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން މިނިވަންކުރާނީ ކިހިނެއްތޯ ސުވާލުކުރުމުން އެ ސުވާލަށް ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ތޮލާލު، ސާފު ޖަވާބެއް ނުދެއްވައި ދޫކުރައްވައިފި އެވެ.

މުއިއްޒު ޕީއެންސީގެ ރިޔާސީ ޓިކެޓު ހޯއްދެވުމަށްފަހު އެންމެ ފުރަތަމަވެސް ވެވަޑައިގެންނެވި އެއް ވައުދަކީ އޭނާގެ ވެރިކަމެއްގައި ޔާމީނު މިނިވަންކުރާނެ ކަމަށް ވިދާޅުވުމެވެ. ނަމަވެސް، ޝަރުއީ ނިޒާމަށް ނުފޫޒު ފޯރުވުމެއްނެތި އެކަން ކުރައްވާނެގޮތެއް މުއިއްޒު މިހާތަނަށް ވިދާޅުވެފައެއް ނުވެ އެވެ.

ޕީޕީއެމް/ޕީއެންސީ ކޯލިޝަނުގެ ކެމްޕޭނުން މިރޭ ނޫސްވެރިންނާ ބައްދަލުކުރުމުން "އަދަދު" އިން އެ ވައުދާ ގުޅިގެން ކުރި ސުވާލަށް ޖަވާބުދެއްވަމުން ޕީޕީއެމްގެ ސެކެޓްރީ ޖެނެރަލް އަދި މުއިއްޒުގެ ތަރުޖަމާނު މުހައްމަދު ތޮލާލު ވިދާޅުވީ، ޔާމީނުގެ މައްޗަށް ޖަލު ހުކުމެއް އިއްވީ މި ސަރުކާރުން ކޯޓުތަކަށް ނުފޫޒު ފޯރުވައިގެން ކަމަށާއި އެ ހުކުމް ބާތިލްކުރަން މުއިއްޒުގެ ވެރިކަމެއްގައި ކޯޓުތަކަށް ނުފޫޒު ފޯރުވަން ނުޖެހޭނެ ކަމަށެވެ.

"ގާނޫނީ ހަމަތަކުގެ ތެރެއިން އެމަނިކުފާނު [ޔާމީނު] މިނިވަންކޮށްގެން އަޅުގަނޑުމެންނާ ހަމައަށް ގެނެސްދެއްވާނަމޭ، ޑރ. މުއިއްޒު ވަރަށް ސާފުކޮށް މިނޫން ގޮތަކަށް އެއްވެސް ސްޕީޗެއްގަ ވިދާޅުވެފައެއް ނުވެ، ރައީސް ޔާމީނެއްވެސް، ޑރ. މުއިއްޒެއްވެސް ޖުޑީޝަރީއަކަށް އަތެއް ނުބާނުއްވާނެ"

އަދި، މުއިއްޒުގެ ވެރިކަމެއްގައި ޝަރުއީ ނިޒާމު މިނިވަން ކުރައްވާނެ ކަމަށް ތޮލާލު ވިދާޅުވި ނަމަވެސް، ޔާމީނު މިނިވަންކުރާނެ ގޮތުގެ ތަފުސީލެއް ނުދެއްވެ އެވެ. ހަމައެކަނި ވިދާޅުވީ ޝަރުއީ ނިޒާމު އިސްލާހުކުރަން ޖުޑީޝަލް ސާވިސް ކޮމިޝަންގެ ކޮމްޕޮޒިޝަން ބަދަލުކޮށް ގާނޫނަށް ގެންނަންޖެހޭ ބަދަލުތައްވެސް މުއިއްޒުގެ ވެރިކަމެއްގައި ގެންނާނެ ކަމަށެވެ.

"ގާނޫނީ ހަމަތަކުގެ މަތިން [ޔާމީން] މިނިވަންކުރައްވަން އެކަމަށް ކުރައްވަން ޖެހޭ ކަންކަން [މުއިއްޒު] ކުރައްވާނެ، ގާނޫނީ ގޮތުން ބަލަންޖެހޭ އެ ބެލުންތައް ބަލުއްވާނެ، ހަމަ ޔަގީނުންވެސް ޑރ. މުއިއްޒު އެކަން ކުރައްވާނީ ގާނޫނަށް އަތް ބާނައިގެނެއް ނޫން، ގާނޫނުގެ ތެރެއިން އެކަން ކުރައްވާނީ" ތޮލާލު ވިދާޅުވި އެވެ.

އިދިކޮޅު ކޯލިޝަނުން އެންމެ ފުރަތަމަ މި އަހަރުގެ ރިޔާސީ އިންތިހާބަށް ކެންޑިޑޭޓެއްގެ ގޮތުން ދެއްކީ ޔާމީނެވެ.

ނަމަވެސް، ރިޔާސީ ޓިކެޓު އެރުވުމަށްފަހު، އެމްއެމްޕީއާރުސީ ހިޔާނާތުގެ ތެރެއިން ވ. އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ މިދިޔަ އަހަރުގެ ޑިސެމްބަރު 25 ގައި ޔާމީނުގެ މައްޗަށް ކްރިމިނަލް ކޯޓުން ވަނީ 11 އަހަރުގެ ޖަލު ހުކުމެއް ނިންމާފަ އެވެ. އެ ހުކުމް ހައި ކޯޓުގައި އިސްތިއުނާފުކުރި ނަމަވެސް އަދި މައްސަލާގައި ވަކި ގޮތެއް ނުނިންމެ އެވެ.

އެ ޖަލު ހުކުމާއެކު ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ހަނިވި އެވެ. ހުކުމް އޮތް ނަމަވެސް ޕީޕީއެމުން ޔާމީނުގެ ކެންޑިޑެސީ އީސީއަށް ހުށަހަޅާ، އީސީއިން ކެންޑިޑެސީ ބަލައިނުގަތުމުން ޔާމީނު ވަނީ އިންތިހާބީ ހައްގު ކަށަވަރުކުރުމަށް ސުޕްރީމް ކޯޓަށްވެސް ގޮސްފަ އެވެ. ނަމަވެސް ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންވެސް އިއްތިފާގުވީ ޔާމީނަށް މި އިންތިހާބުގައި ވާދަނުކުރެވޭނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox