މުއިއްޒަކީ ޔާމީންގެ ސަރުކާރުން ހިންގި އަނިޔާވެރި އަމަލުތަކުގެ ބައިވެރިއެއް: މާރިޔާ

ރިޔާސީ އިންތިހާބުގެ ކެމްޕޭނު ޖަލްސާއެއްގައި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު މުހައްމަދު މުއިއްޒު ވާހަކަ ދައްކަވަނީ. -- ފޮޓޯ:މިރާޝް ނާޝިމް/ އަދަދު

ރިޔާސީ އިންތިހާބުގެ ކެމްޕޭނު ޖަލްސާއެއްގައި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު މުހައްމަދު މުއިއްޒު ވާހަކަ ދައްކަވަނީ. -- ފޮޓޯ:މިރާޝް ނާޝިމް/ އަދަދު

ކުރީގެ ރައީސް އަބްދު ޔާމީންގެ ވެރިކަމުގައި ގެނައި ތަރައްގީގެ އެންމެ ބޮޑު ބައިވެރިވެރިޔަކީ އޭރު ހައުސިން މިނިސްޓަރަކަށް ހުންނެވި، މިހާރު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު މުހައްމަދު މުއިއްޒު ކަމަށް އޭނާގެ ސަޕޯޓަރުން ބުނާއިރު، ޔާމީންގެ ވެރިކަމުގައި ހިންގި އަނިޔާވެރި އަމަލުތަކާއި އަދުލުވެރި ކަމެއް ނެތި ހިންގި ކަންކަމުގައި އޭނާގެ ބައިވެރިވުން ވަރަށް ބޮޑަށް އޮތް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕޭނު ތަރުޖަމާނު އަދި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.

"އަދަދު" ނޫހުން ރޭ ގެނެސްދިން "އެތެރެފުށް" ޕްރޮގްރާމުގައި މާރިޔާ، މުއިއްޒު ސިފަ ކުރެއްވީ ޝަހުސް އޮޅުވާލައި، ސިޔާސީ ގޮތުން ކުލަ ބަދަލުކުރައްވާ އަދި އެ ވަގުތެއްގައި އަމިއްލަ މަންފާ އަށް ފަހިވާ ގޮތަށް ކަންކަން ކުރައްވާ ބޭފުޅެއްގެ ގޮތުގަ އެވެ.

އަދާލަތު ޕާޓީގެ މެމްބަރެއްގެ ގޮތުގައި ފުރަތަމަ ފެނިގެން ދިޔުމަށް ފަހު މުއިއްޒު އެ ޕާޓީ ދޫކޮށްލެއްވީ ރައީސް ޔާމީންގެ ވެރިކަމުގައި، ހައުސިން މިނިސްޓަރުގެ ސްލޮޓޫ އެމްޑީއޭއަށް ހަމަޖެއްސުމުން މިނިސްޓަރުގެ މަގާމު ދިފާއު ކުރެއްވުމަށެވެ. އެއަށް ފަހު ބަދަލުވީ ޕީޕީއެމް އަށެވެ. އެންމެ ފަހުން ރިޔާސީ ޓިކެޓު ހޯއްދެވުމަށް ޕީޕީއެމް ދޫކުރައްވައި ޕީއެންސީއާ ގުޅިވަޑައިގެންނެވި އެވެ.

"އަޅުގަނޑަށް ފެންނަނީ މުއިއްޒަކީ ހަމަ ޝަހުސު އޮޅުވާލައިގެން އޭނަގެ އަމިއްލަ ފައިދާއަށް ކުރެވެން އޮތް ކޮންމެ ކަމެއް ވިޔަސް ކުރައްވަން ނުކުމެ ހުރި މީހެއް [ކަމަށް]،" މާރިޔާ ވިދާޅުވި އެވެ.

ޔާމީންގެ ވެރިކަމުގައި ސަލްޓަން ޕާކު ތަރައްގީކޮށް، ރަސްރަނި ބަގީޗާގެ ނަމުގައި އޭރުގެ ރައީސް ޔާމީން އެ ބަގީޗާ ހުޅުވައި ދެއްވާއިރު ފަހަތުގައި އޭރުގެ ހައުސިން މިނިސްޓަރު މުއިއްޒު
ޔާމީންގެ ވެރިކަމުގައި ސަލްޓަން ޕާކު ތަރައްގީކޮށް، ރަސްރަނި ބަގީޗާގެ ނަމުގައި އޭރުގެ ރައީސް ޔާމީން އެ ބަގީޗާ ހުޅުވައި ދެއްވާއިރު ފަހަތުގައި އޭރުގެ ހައުސިން މިނިސްޓަރު މުއިއްޒު

ޔާމީންގެ ވެރިކަމުގައި ސަލްޓަން ޕާކު ތަރައްގީކޮށް، ރަސްރަނި ބަގީޗާގެ ނަމުގައި އޭރުގެ ރައީސް ޔާމީން އެ ބަގީޗާ ހުޅުވައި ދެއްވާއިރު ފަހަތުގައި އޭރުގެ ހައުސިން މިނިސްޓަރު މުއިއްޒު

ވެރިކަން ލިބިވަޑައިގެންފި ނަމަ ހިންގަވާނީ ކުރީގެ ރައީސް ޔާމީންގެ ސިޔާސަތު ކަމަށް މުއިއްޒު ވިދާޅުވާތީ، އެކަމަށް އިޝާރާތް ކުރައްވައި މާރިޔާ ވިދާޅުވީ މުއިއްޒުގެ އަމިއްލަ އެއްވެސް ވިސްނުމެއް ނެތް ކަމަށެވެ.

ޔާމީންގެ ވެރިކަމުގައި ހިންގި އަނިޔާވެރި އަމަލުތަކާއި އަދުލުވެރިކަމެއް ނެތި ކުރި ކަންކަމުގެ މަދަދުވެރިއެއްގެ ގޮތުގައި މުއިއްޒު ހުންނެވި ކަމަށް މާރިޔާ ވިދާޅުވީ އެ ވެރިކަން ނިމެންދެން ކެބިނެޓުގައި އޭނާ ހުންނެވުމާއި، އިންސާފުގެ ބޭރުން ހިންގި ބައެއް ކަންކަމަކީ މުއިއްޒު މަސްއޫލިއްޔަތުގެ ދާއިރާގައި ހިމެނޭ ކަންކަމަށް ވާތީ އެވެ.

އެމްޑީޕީގެ ވެރިކަމުގައި ފަށާފައިވާ މަޝްރޫއުތައް ވީރާނާވުމަށް ކުރީގެ ސަރުކާރުން ދޫކޮށްލި ކަމަށް މާރިޔާ ވިދާޅުވީ ބައެއް މިސާލާއެކު އެވެ. ކުޅުދުއްފުށީ ރޯހައުސްތަކާއި ނޮޅިވަރަންފަރުގައި އެހުރި ހައުސިން ޔުނިޓުތަކާއި ގުޅިފަޅު ތަރައްގީކުރުމުގެ މަޝްރޫއު ހުއްޓުވައި، އެތަނުން އޭރު ފެލްޓާއި ގޯތި ދީފައިވާ މީހުން އަތުން އެތަންތަން އަތުލީ މުއިއްޒު ހައުސިން މިނިސްޓަރަކަށް ހުންނަވައިގެން ކަމަށް މާރިޔާ ވިދާޅުވި އެވެ.

"މިއީ މުއިއްޒުގެ ހުރި ވަރަކީ،" ވިދާޅުވި އެވެ.

"އެމްޑީޕީ ސަރުކާރުން ކުރަން ފެށި ކަންކަން ވީމާ އެކަންކަން ނުކުރާން ވެގެން އެހެން ކަންކަން ކުރަމުން ދިޔައީ."

އެ ގޯތިތަކާއި ހައުސިން ޔުނިޓުތައް އަތުލުމުގެ ސަބަބުން ބަދަލުގެ ގޮތުގައި އެ ފަރާތްތަކަށް ވިނަރެހުން ފްލެޓު ދޭން ނިންމީ މި ސަރުކާރުންނެވެ.

މާލޭ ރައްޔިތުން އައްޔަން ކުރި ކުރީގެ ސިޓީ ކައުންސިލްގެ ބާރުތައް ކަނޑުވާލައި، ސިޓީ ކައުންސިލް ހިންގަމުން ދިޔަ އިމާރާތުން ކައުންސިލް ނެރެ، ކުޑަ ތަންކޮޅެއް ދިނީ ވެސް މުއިއްޒު ކަމަށް މާރިޔާ ވިދާޅުވި އެވެ.

މި ފަސް އަހަރު ހެޔޮ ވެރިކަމެއް ފެނިގެން ގޮސްފައިވާ ކަމަށާއި ރަށް ރަށުގައި ހިންގާ މަޝްރޫއުތަކުންނާއި، އާންމުންގެ ހިޔާލު ހުރި ގޮތުން ރައީސް ސޯލިހަށް އިންތިހާބު ކާމިޔާބު ކުރާނެކަން ޔަގީންވާ ކަމަށް މާރިޔާ ވިދާޅުވި އެވެ. އަދި ރައީސް ސޯލިހުގެ ކެތްތެރިކަން މީހުން ވަރަށް ބޮޑަށް ބަލައިގެންފައިވާ ކަމަށް އޭނާ ފާހަގަ ކުރެއްވެވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox