ބަދަލު ހިފުމެއް ނޯންނާނެ، ގާއިމް ކުރާނީ އިންސާފު: މުއިއްޒު

ޕީޕީއެމް/ޕީއެންސީން ބޭއްވި ކެމްޕެއިން ޖަލްސާއެއްގައި އެކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގަންނަވަނީ. ފޮޓޯ:ޕީޕީއެމް

ޕީޕީއެމް/ޕީއެންސީން ބޭއްވި ކެމްޕެއިން ޖަލްސާއެއްގައި އެކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގަންނަވަނީ. ފޮޓޯ:ޕީޕީއެމް

ޕީޕީއެމް/ޕީއެންސީގެ ވެރިކަމެއްގައި ބަދަލުހިފުމެއް ނޯންނާނެ ކަމަށާއި އަމަލުކުރާނީ އިންސާފުން ކަމަށް އެކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ސެޕްޓެމްބަރު ނުވައެއް ގައި ބާއްވާ ރިޔާސީ އިންތިހާބަށް ކެމްޕޭން ކުރަން ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން މިއަދު ހއ. ކެލާގައި ބޭއްވި ޖަލްސާގައި މުއިއްޒު ވިދާޅުވީ ވެރިކަމެއް ކުރާނީ ވަކި ޕާޓީއެއްގެ ބަޔަކަށް ނޫން ކަމަށާއި ސިޔާސީ ފިކުރާ ގުޅުވައިގެން ރައްޔިތުންގެ މެދުގައި ތަފާތު ނުކުރައްވާނެ ކަމަށެވެ.

"ހަމަޖެހުން މިގައުމަށް އަންނަން ޖެހޭ. އަޅުގަނޑުމެންނަކީ ބަދަލުހިފުމުގެ ރޫހު ދޫކޮށްލާ ބަޔަކަށް ވާން ޖެހޭ. އެހެން ނަމަވެސް ކަންކަމުގައި އިންސާފާއި އަދާލަތު، އަދުލުވެރިކަން އަޅުގަނޑުމެންގެ ތެރޭގައި އޮންނަން ޖެހޭނެ. އަދުލުވެރިކަމާ އިންސާފާ އެކީގައި އަޅުގަނޑުމެންގެ ތެރޭގައި ކަންކަން ގާއިމްވެގެން ދާނީ،" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު މިއަދު މިމޭރުމުން ވާހަކަ ދެއްކެވީ ޕީޕީއެމް/ޕީއެންސީގެ ވެރިކަމެއްގައި މިހާރުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ހުންނަވަން ޖެހިވަޑައިގަންނަވާނީ ޖަލުގައި ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވުމުން، އެ ވާހަަކައަށް ފާޑުކިއުންތައް އަމާޒުވެފައި ވަނިކޮށެވެ.

މުއިއްޒު މިއަދު ދެއްކެވި ވާހަކައިގައި އަބްދުއްރަހީމްގެ އެ ވާހަކައަށް ސީދާ ގޮތެއްގައި ދެކޮޅެއް ނުހައްދަވަ އެވެ. އެހެން ނަމަވެސް ވިދާޅުވީ ރާއްޖޭގައި ގާއިމްވެފައި އޮންނަން ޖެހޭނީ އަދުލުވެރިކަމާއި އިންސާފު ކަމަށާއި "އަނިޔާވެރިކަން ނިމުމަކަށް އަންނަން ޖެހޭ" ކަމަށެވެ.

ޕީޕީއެމް/ޕީއެންސީ ކޯލިޝަނުގެ ވެރިކަމެއްގައި ހުރިހާ ރައްޔިތުން ހަމަހަމަވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެ ކޯލިޝަނުގެ ވެރިކަމެއްގައި ރައްޔިތުންގެ އަޑު އަހާނެ ކަމަށާއި އަޑު އަހައި އެކަންކަމަށް ސަމާލުކަން ދޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

"ހުރިހާ ރައްޔިތުން ހަމަހަމަވާނެ. ހުރިހާ ރައްޔިތުންނަށް ހިދުމަތްކުރާނީ އުފަލާ އެކީގައި، ހިތްހަމަޖެހުމާ އެކީގައި. އިހުލާސްތެރިކަމާ އެކީގައި،" މުއިއްޒު ވިދާޅުވި އެވެ.

އިދިކޮޅު ކޯލިޝަނުގެ ރިޔާސީ ޓިކެޓް މުއިއްޒަށް ލިބިވަޑައިގެންނެވީ އެކޯލިޝަނުން ފުރަތަމަ ކަނޑައެޅި ރިޔާސީ ކެންޑިޑޭޓް، ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އިއްވާފައިވާ 11 އަހަރުގެ ޖަލުހުމުމެއް އޮތުމުން، އެމަނިކުފާނަށް ފުރުސަތު ގެއްލުމުންނެވެ. މުއިއްޒުގެ އިންތިހާބީ އެއް ވައުދަކީ ޔާމީނު މިނިވަން ކުރުމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox