ދަރަނި ރީސްޓްރަކްޗާކޮށް، އިގުތިސޯދީ ބޮޑެތި ވައުދުތަކެއް މުއިއްޒު ވެވަޑައިގެންފި

Aug 12, 2023, 5:28 PM
ކުޅުދުއްފުށީ ޖަލްސާގައި މުއިއްޒު ވާހަކަ ދައްކަވަނީ. -- ފޮޓޯ: ޕީޕީއެމް

ކުޅުދުއްފުށީ ޖަލްސާގައި މުއިއްޒު ވާހަކަ ދައްކަވަނީ. -- ފޮޓޯ: ޕީޕީއެމް

ވެރިކަން ލިބިވަޑައިގެންފި ނަމަ ސަރުކާރުގެ ދަރަނީ ރީސްޓަރަކްޗާކޮށް، އިގުތިސޯދީ ބޮޑެތި ބަދަލުތަކެއް ގެންނާނެ ކަމަށް، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

މާލޭ ސިޓީގެ މޭޔަރުގެ މަގާމުގައި ހުންނެވި މުއިއްޒުގެ ރިޔާސީ ކެމްޕޭނަށް ހދ. ކުޅުދުއްފުށީގައި ބޭއްވި ޖަލްސާގައި އޭނާ ވިދާޅުވީ ފިސްކަލް ޕޮލިސީއާ ގުޅޭ ގާނޫނެއް ތައާރަފުކޮށް ބޭކާރު ހަރަދެއް ނުކުރެވޭނެ ގޮތް ހަދާނެ ކަމަށެވެ. އަދި ސަރުކާރުގެ ކުންފުނިތަކުގެ ހިންގުން ވެސް ހަރުދަނާ ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ސަރުކާރުގެ އެސްއޯއީތައް ފިނޭންސް މިނިސްޓްރީން ބަޖެޓު ދީގެން ހިންގާ ތަންތަން. އެކަން އެބަޖެހޭ ނިމުމަކަށް އަންނަން. މި ކުންފުނިތައް ރެގިއުލޭޓުކުރެވި އަމިއްލަ ހަރަދުގައި ހިންގާ ކުންފުނިތަކަކަށް ހަދަންޖެހޭ. އެކަމަށް ގާނޫނުތައް ހަދާނަން،" މުއިއްޒު ވިދާޅުވި އެވެ.

"އޭރު ކުންފުނިތަކުން ދުވާލަކަށް 100 ވަޒީފާ ދިނުން ހުއްޓޭނެ."

އޭނާގެ ވެރިކަމެއްގައި ޑިވެލޮޕްމެންޓު ބޭންކެއް ތައާރަފު ކުރުމަކީ ކުރަން ނިންމާފައިވާ ކަމެއް ކަމަށާއި އިގުތިސޯދު ހަރުދަނާކޮށް، އިގުތިސޯދު ނަގައި ކޮޅަށް ޖަހައި، ބުންވަރު ހުރި އިގުތިސޯދަކަށް ހެދުމަކީ ޔަގީންވެގެން ދާނެ ކަމެއް ކަމަށް މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ގެންނާނެ މައިގަނޑު އަނެއް ބަދަލަކީ މަގާމުތަކަށް މީހުން އައްޔަން ކުރުން ހަރުދަނާ ކުރުމެވެ. މުއިއްޒުގެ ވެރިކަމެއްގައި މިނިސްޓަރަކަށް ނުވަތަ ކުންފުންޏެއްގެ އެމްޑީއަކަށް އަންނަ ފަރާތަކީ މަގާމުގެ އިއްޒަތަށް އަންނަ މީހަކަށް ވެގެން ނުވާނެ ކަމަށް ފާހަގަ ކުރެއްވުނެވެ.

"ވަޒީފާގެ ޒިންމާ ނެގޭނެ ވަރުގެ މީހުން ނޫނީ ނުލާނަން. ނަތީޖާ ނެރެދެވޭނެ މީހުން ހުރިހާ މަގާމަކަށް ލާނީ،" މުއިއްޒު ވިދާޅުވި އެވެ.

ހދ. އަތޮޅުގައި އޮންނަ ކޭލަކުނުގެ ވެއްޓަށް ގެއްލުން ނުވެ އެތަން ތަރައްގީކޮށް އާމްދަނީ ލިބޭނެ ގޮތް ހަދާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ. އަދި ޓޫރިޒަމް ހދ. އަށް އަތޮޅަށް ގެނެސްދާނަން އޭނާ ވިދާޅުވި އެވެ.

މުއިއްޒުގެ އެހެން ވައުދުތައް

  1. ކުޅުދުއްފުށީ ހުރިހާ މަގެއްގައި ތާރު ނުވަތަ ގާ އެތުރުން
  2. ހުރިހާ ބަލިތަކަށް ފަރުވާ ދެވޭ ފެންވަރަށް ކުޅުދުއްފުށީ ހޮސްޕިޓަލް ތަރައްގީކުރުން
  3. ހިތުގެ ބަލިތަކަށް ވެސް ފަރުވާ ލިބޭނެ ގޮތް ހެދުން
  4. ކުޅުދުއްފުށީ ވަޒީފާ ކުޅުދުއްފުށިން އުފެއްދުން
  5. ފަސް ބަސެންޓުގައި ލޯނު ނެގުން
  6. އެއާޕޯޓު ތަރައްގީ ކުރަންޖެހޭ
  7. ފަސް ޕަސެންޓު ރޭޓުގައި ލޯނު ދޭނެ

މުއިއްޒުގެ ކެމްޕޭނުގައި މިއަދު ހަނިމާދޫ އަދި ނޮޅިވަރަމަށް ވަޑައިގެންނެވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox