އިންތިހާބާ ގުޅޭ ރިޝްވަތުގެ މައްސަލަ ހުށަހަޅަން އޭސީސީގެ ޕޯޓަލްއެއް

އެމްޑީޕީގެ ދިދައިގެ ފަހަތުން ޕީޕީއެމްގެ ދިދަ ވެސް ވިހުރެނީ. މިއީ އިންތިހާބުގައި ވާދަކުރާ އެންމެ ބޮޑު ދެ ޕާޓީ -- ފޮޓޯ: އަބްދުالله އިޔާން/ އަދަދު

އެމްޑީޕީގެ ދިދައިގެ ފަހަތުން ޕީޕީއެމްގެ ދިދަ ވެސް ވިހުރެނީ. މިއީ އިންތިހާބުގައި ވާދަކުރާ އެންމެ ބޮޑު ދެ ޕާޓީ -- ފޮޓޯ: އަބްދުالله އިޔާން/ އަދަދު

ސެޕްޓެމްބަރު 9, ގައި ބާއްވާ ރިޔާސީ އިންތިހާބާ ދިމާކޮށް ހިންގާ ރިޝްވަތުގެ މައްސަލަ ރިޕޯޓު ކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕޯޓަލްއެއް ގާއިމްކޮށްފި އެވެ.

މިހާރު އާންމުކޮށްފައިވާ މި ޕޯޓަލްގައި އިންތިހާބީ ރިޝްވަތަކީ ކޮބާކަމާއި އެއަށް ސަމާލުވާނެ ގޮތް ހިމަނައިގެން ތައްޔާރުކޮށްފައިވާ ލީފްލެޓެއް ވެސް ފެންނާނެ އެވެ. މި ޕޯޓަލް މެދުވެރިކޮށް ހުށަހަޅާ ފަރާތް ސިއްރުވާނެހެން މައްސަލަތައް ހުށަހެޅޭނެ އެވެ.

އޭސީސީން ބުނާ ގޮތުގައި, ޕޯޓަލް މެދުވެރިކޮށް ހުށަހަޅާ މައްސަލަތަކުގެ އަޕްޑޭޓް ފޯރުކޮށްދެވޭނީ ކާކުކަން އެނގޭގޮތަށް މައްސަލަ ހުށަހަޅާ ފަރާތްތަކަށް ކަމަށެވެ.

ޕޯޓަލް މެދުވެރިކޮށް މައްސަލަ ހުށަހަޅާއިރު, ދެވެން އޮތް އެންމެ ގިނަ މައުލޫމާތު ހުށަހަޅަން އޭސީސީން އިލްތިމާސްކުރާއިރު, ފޯމުގައި ކޮންމެހެން ހިމަނަންޖެހޭ މައުލޫމާތުތައް ނުހިމަނާ ނަމަ ފޯމު ބަލައި ނުގަންނާނެ ކަމަށް އެ ކޮމިޝަނުން ބުނެ އެވެ. އޭސީސީ ބުނީ އެ ކޮމިޝަނުގެ އިހްތިސޯސަށް ނުފެތޭ ބާވަތުގެ މައްސަލަތައް ޕޯޓަލް މެދުވެރިކޮށް ހުށަހެޅިއަސް ބަލައިނުގަންނާނެ ކަމަށެވެ.

ރިޝްވަތުގެ މައްސަލަތައް ހުށަހަޅަން އޭސީސީން ވަކި ޕޯޓަލެއް ގާއިމްކޮށްފައިވާއިރު, އެ ކޮމިޝަނުން ވަނީ އިންތިހާބުތަކާ ގުޅޭ ކޮރަޕްޝަނުގެ ހިރާސް ކުޑަކުރުމަށް އިރުޝާދުނާމާ އެއް ވެސް ނެރެފަ އެވެ.

ރިޔާސީ އިންތިހާބުގައި ވޯޓު ލުމުގެ ހައްގު 280،000 މީހުނަށް ލިބެ އެވެ. ފުރަތަމަ ބުރުގެ ވޯޓު ލުން ސެޕްޓެމްބަރު 9، ގައި އޮންނަ އިރު ދެވަނަ ބުރަކަށް ދާން ޖެހިއްޖެނަމަ ދެވަނަ ބުރުގެ ވޯޓު ލުން އޮންނާނީ ސެޕްޓެމްބަރު 30، ގަ އެވެ.

ރިޔާސީ އިންތިހާބު ކާމިޔާބުކުރަން މަދުވެގެން ވޯޓުލާ މީހުންގެ 50 އިންސައްތަ އަދި އިތުރު އެއް ވޯޓު ހޯދަން ޖެހެ އެވެ. ފުރަތަމަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް އެ ވަރަށް ވޯޓު ނުލިބޭނަމަ، އެންމެ ގިނަ ވޯޓު ލިބޭ ދެ ކެންޑިޑޭޓުންގެ މެދުގައި ދެވަނަ ބުރެއްގެ ވޯޓު ލުން ބާއްވަން ޖެހެ އެވެ.

ޖުމްލަ 604 ވޯޓުފޮށި ބަހައްޓަ އެވެ. އެއީ، މާލެ ސަރަހައްދުގައި ބެހެއްޓޭ 187 ފޮއްޓާއި، އަތޮޅު ތެރޭގައި ބެހެއްޓޭ 319 ފޮށިީގެ އިތުރުން، ރިސޯޓުތަކުގައި 78 ފޮށި، ރާއްޖެއިން ބޭރުގައި 13 ފޮށި، އަދި ޖަލުތަކާއި ސިނާއި ރަށްރަށުގައި ހަތް ފޮއްޓެވެ. އަދި 23 ރިސޯޓުގައި ވޯޓުފޮށި ބެހެއްޓުމުގެ ފުރުސަތު ދީފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޮޑު އަގުގައި ޑޮލަރު ވިއްކުމުގެ ތުހުމަތުގައި 3 ބިދޭސީން ބަންދަށް

ހުއްދަނެތި ބޮޑު އަގުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ތިން މީހަކު ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ވަނީ އަތުލައިގަނެފަ. މި މީހުން އަތުލައިގަތީ ކަޅު ބާޒާރުގައި ޑޮލަރުގެ މުއާމަލާތްކުރާ ފަރާތްތައް ހޯދުމަށް ސަރުކާރުން އެކުލަވާލާފައިވާ ހާއްސަ ޓާސްކްފޯހަށް ލިބުނު މައުލޫމާތަކާ ގުޅިގެން.

ޖަރުމަނު ކޮންސުލޭޓު ބަންދުކުރީ ސަރުކާރާ ހެދި: ނަޝީދު

ނަޝީދު ތުހުމަތުކުރައްވާފައިވާ ގޮތުގައި ޖަރުމަނު ސަރުކާރުން ރާއްޖޭގައި ހުންނަ އެ ގައުމުގެ ކޮންސިއުލޭޓް ބަންދުކުރީ، އޮނަރަރީ ކޮންސުލްގެ މަގާމަށް ވަކި މީހަކު އައްޔަންކުރުން ދިވެހި ސަރުކާރުން ނުފޫޒު ފޯރުވުމުން.

ޔާމީނަށް ހުކުމް އިއްވުން މި މަހު 29 އަށް ތާވަލުކޮށްފި

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ނިންމާލައިފި. ޔާމީންގެ ފަރާތުން ހުލާސާ ބަޔާން ހުށަހަޅަމުން ވަކީލުން ވިދާޅުވީ، އެމަނިކުފާނާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިތަކުގައި ފުށުއެރުންތަކެއް ހުރި ކަމަށާއި ކުށް ސާބިތުވާވަރުގެ ހަރުދަނާ ހެއްކެއް ނެތް ކަމަށް.

މީހުންގެ އަގުވައްޓާލަން އޭސީސީއަށް ހުށަހެޅުން ހުއްޓުވަން އުސޫލެއް

އޭސީސީން ބުނީ އަސާސެއް ނެތް ކަންކަމުގައި މީހުންގެ އަގުވައްޓާލުމަށް ހުށަހަޅާ މައްސަލަތަކުގައި އަމަލުކުރާނެ ހާއްސަ އުސޫލެއް އެކުލަވާލުމުގެ މަސައްކަތް މިހާރު އޮތީ ފަހު މަރުހަލާގައި ކަމަށް. އީޔޫގެ އެހީތެރިކަމާއެކީ އެކުލަވާލާ މި ސްޓްރެޓެޖީގެ ސަބަބުން ނުބައި ނިޔަތުގައި ހުށަހަޅާ މައްސަލަތަކަށް ހައްލެއް ލިބޭނެ ކަމަށް އެ ކޮމިޝަނުން ބުނި.

ގަވާއިދާ ހިލާފަށް ވަދެ އުޅުނު ތިން މަސް ބޯޓު ހިފަހައްޓައިފި

ރާއްޖޭގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ އުޅުނު ބޭރުގެ ތިން މަސް ބޯޓު އަތުލައިގަތީ އެމްއެންޑީއެފް ކޯސްޓްގާޑާއި އެއާ ކޯ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި. އަރިއަތޮޅުގެ ހުޅަނގުން އަތުލައިގަތް މި ބޯޓުތައް މިހާރު މާލެ ސަރަހައްދަށް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން.

ގޯތި ދޫކުރުމުގެ އުސޫލު ބަދަލުކޮށް ކުރިމަތިލާން ހުޅުވާލައިފި

ކ. ހުރާއިން 150 ގޯތި ދޫކުރުމުގެ އުސޫލަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު އެ ރަށު ކައުންސިލުން އަލުން ވަނީ ހުޅުވާލައިފި. އައު އުސޫލުގެ ދަށުން ރަށުގައި ދިރިއުޅޭ އާއިލާތަކަށާއި އުފަން ރަށްވެހިންނަށް އިސްކަންދޭ ގޮތަށް ޕޮއިންޓް ދިނުމުގެ މިންގަނޑުތަކަށް ވަނީ ބަދަލުތަކެއް ގެނެސްފައި.

ރަސްމާލޭގެ ތަންތަން ދާއިމީކުރުމުގެ ފުރުސަތެއް ނެތް: މުއްތަލިބު

ރަސްމާލެ މަޝްރޫއަކީ އިޒްރޭލު މީހުން ވަޒަންވެރިކުރުވަން ހިންގާ މަޝްރޫއެއް ކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކުރައްވައި، މުއްތަލިބު ވިދާޅުވީ ބިންތައް އަބަދުވެސް އޮންނާނީ ދިވެހި ދައުލަތުގެ ފުރިހަމަ ބާރުގެ ދަށުގައި ކަމަށް. އަދި، މި ޝަހަރުގައި ދިވެހިންގެ ނިސްބަތް ގިނަ ކުރަން ތަންތަން ވިއްކާއިރު ދިވެހިންނަށް އިސްކަން ދޭން ކަމަށް އޭނާ ވިދާޅުވި.

Newsletter

Get the latest news delivered straight to your inbox