މި ސަރުކާރުން ދެނީ ލިޔުމެއް، އެއާ އެއްގޮތަށް ގެދޮރު ދޭނަން: މުއިއްޒު

ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުއިއްޒާއި ރަނިން މޭޓު ހުސައިން މުހައްމަދު ލަތީފު ޖަލްސާގައި ފޯރި ދެއްވަނީ - ފޮޓޯ: މިރާޝް ނާޝިމް / އަދަދު

ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުއިއްޒާއި ރަނިން މޭޓު ހުސައިން މުހައްމަދު ލަތީފު ޖަލްސާގައި ފޯރި ދެއްވަނީ - ފޮޓޯ: މިރާޝް ނާޝިމް / އަދަދު

މާލެ ސަރަހައްދުން ގޯއްޗާއި ފްލެޓް ދޫކުރަން މި ސަރުކާރުން ހިންގި ސްކީމަށް ކުރިމަތިލި މީހުންގެ ތެރެއިން ޝަރުތު ހަމަވާ ކަމަށް ކަނޑައަޅާ މީހުނަށް ދޫކުރާނެ، ދައުލަތުގެ ސިއްކަ ޖެހި ލިޔުމާ އެއްގޮތަށް ގެދޮރު ޔަގީންކޮށްދޭނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

އަލިމަސް ކާނިވާގެ ދޮންމަނިކު ކެފޭގެ ތިރީގައި ހަދާފައިވާ "ދިވެހީންގެ ޖަގަހަ" ހުޅުވުމުގެ ރަސްމިއްޔާތުގައި މުއިއްޒު ވިދާޅުވީ ރާއްޖޭގައި ކުރިމަތިވެފައިވާ އިޖުތިމާއީ އެތައް މައްސަލައެއް ގޮސް ގުޅެނީ ބޯހިޔާވަހިކަމުގެ މައްސަލައާ ކަމަށެވެ.

ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދާއި ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ހަތް އަހަރު ވަންދެން ހައުސިން މިނިސްޓަރުގެ މަގާމުގައި ހުންނެވި މުއިއްޒު ވިދާޅުވީ ހިޔާ ފްލެޓް ދިނުމަށް ކުރީގެ ސަރުކާރުން ލިޔުން ހަވާލުކުރި މީހުންގެ ތެރެއިން ބައެއް ފްލެޓް މި ސަރުކާރުން އަތުލި ނަމަވެސް، މި ސަރުކާރުން ފްލެޓު ލިޔުން ދޭ މީހުންނަށް އެހެން ނުހައްދަވާނެ ކަމަށެވެ.

"ގޯތި ވިޔަސް، ފްލެޓް ވިޔަސް، ލިޔުންތަކެއް ވިޔަސް، ރައްޔިތަކަށް ސަރުކާރަކުން ދީފި އެއްޗެއް، ގެޒެޓްކޮށްގެން ދައުލަތުގެ ސިއްކަ ޖަހާފައި ދޭ އެއްޗެއް އަތުލައިގެން ނުވާނެ، ކޮންމެ ގޮތަކަށް ދިން ނަމަވެސް ދެން އެ އަތުލުން ނުވާނެ އިންސާފަކަށް،" މިހާރު މާލޭގެ މޭޔަރަކަށް ވެސް ހުންނެވި މުއިއްޒު ވިދާޅުވި އެވެ.

އޭރުގެ ސަރުކާރުން ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ދަށުން ހިއްކި ބިމުގެ ސަރަހައްދުގައި އެޅި 6،000 އެއްހާ ފްލެޓްތައް ދީފައިވަނީ އެންމެ ރަނގަޅަށް ޝަރުތު ހަމަވާ މީހުން ނުބަލައި، މިނިސްޓަރު މުއިއްޒުގެ "ލިސްޓަކަށް" ކަމަށް ތުހުމަތު ކުރެވުނެވެ. މި ސަރުކާރު އައިސް ފްލެޓް ލިބޭ މީހުންގެ ލިސްޓު އަލުން މުރާޖައާކޮށް، ބައެއް މީހުންގެ ޝަރުތު ހަމަނުވާ ކަމަށް ބުނެބައެއް މީހުންގެ ނަން އުނިކުރި އެވެ.

މި ސަރުކާރުން އިއުލާންކުރި ސްކީމްތަކުގެ ދަށުން ބިނާކުރަން ނިންމާފައިވާ ފްލެޓްތަކުގެ 70 ޕަސެންޓު ނުނިމޭ ކަމަށް މުއިއްޒު ވިދާޅުވި އެވެ. އަދި ގޯތި ދޭން އިއުލާންކުރާ ބައެއް ސަރަހައްދުތަކަކީ އަދި ބިން ނުހިއްކި އޮތް ފަޅުތަކެއް ކަމަށް ވިދާޅުވެ، ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ.

"ރައްޔިތުންނަށް ހިދުމަތް ދިނުމުގައި ހަމަހަމަކަން، އަދުލުވެރިކަން އޮންނަން ޖެހޭ، އަޅުގަނޑުމެންގެ ސަރުކާރެއްގައި ގެދޮރުވެރިކަން ނުލިބޭ ރައްޔިތަކު ނުހުންނާނެ،" މުއިއްޒު ވިދާޅުވި އެވެ.

މާލެ ސަރަހައްދުގައި ގެދޮރުގެ މައްސަލަ ހައްލުކުރުމަށް ޖުމުލަ ހައްލެއް ޕީޕީއެމްގެ ފުރަތަމަ ސަރުކާރު، ޔާމީނުގެ ވެރިކަމުގައި އިއުލާންކުރި ކަމަށް މުއިއްޒު ގަބޫލުކުރެއްވި އެވެ. އެއީ ގުޅީފަޅާއި ފުށިދިއްގަރު ފަޅު ހިއްކައި މާލެ ސަރަހައްދުގެ އާ ފިޔަވައްސެއްގެ ޕްލޭނެވެ. އޭރުގެ ސަރުކާރުން އިއުލާންކުރި ޕްލޭނާ އެއް ގޮތަށް، އެ މުއްދަތުގައި އެ ކަން ނުކުރެވޭ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

"ރައީސް ޔާމީންގެ ސަރުކާރުގެ ޕްލޭން އަޅުގަނޑުމެންގެ ސަރުކާރުގައި ތަންފީޒުކުރާނެ،" މުއިއްޒު ވިދާޅުވި އެވެ.

މި ސަރުކާރުން އިއުލާން ކުރި ބިންވެރިޔާ ސްކީމްގެ ދަށުން ގޯއްޗަށް އެދި 23،088 މީހުންގެ ފަރާތުން، 15،164 އެޕްލިކޭޝަން ހުށައަޅާފައިވެ އެވެ. އޭގެ ތެރެއިން ޝަރުތު ހަމަވީ 19،857 މީހުން ހުށައެޅި، 12،794 ފޯމެވެ. ގޯއްޗަށް ޝަރުތު ހަމަވާ މީހުނަށް އަންނަ މަހު ލިޔުން ހަވާލު ކުރުމަށް ވަނީ ނިންމައިފަ އެވެ.

ގޯތި ދޭން ނިންމާފައިވަނީ ހުޅުމާލޭން 1،000 ގޯތީގެ އިތުރުން، ގުޅީފަޅުން 2،000 ގޯއްޗާއި އަދި ގިރާވަރު ފަޅު ހިއްކާ އެ ބިމުން މަދުވެގެން 2,000 ގޯތި މާލޭ ރަށްވެހިންނަށް ދިނުމަށެވެ. އެ 5،000 ގޯތީގެ ތެރެއިން ފުރަތަމަ ބުރުގައި ދޫކުރާނީ 3،000 ގޯއްޗެވެ.

މާލެ ސަރަހައްދުން ދޫކުރާ ގޯތީގެ އިތުރުން ގެދޮރުވެރިޔާ ސްކީމުގެ ދަށުން މާލެއިން ދޫކުރާ ފުލެޓުތައް ލިބޭ މީހުންގެ ވަގުތީ ލިސްޓު ވެސް ވަނީ މިދިޔަ އަންގާރަ ދުވަހު އާންމުކޮށްފަ އެވެ.

ހައުސިން މިނިސްޓަރީން އިއުލާނު ކުރި ފުލެޓު ލިބޭ މީހުންގެ ވަގުތީ ލިސްޓުގައި 15،000 އަށްވުރެ ގިނަ މީހުންގެ ޝަރުތު ހަމަވާ ކަމަށް ކަނޑައަޅާފައިވެ އެވެ. ޝަރުތު ހަމަވާ އެންމެނަށް ފްލެޓް ދިނުމަށް ގާތްގަނޑަކަށް 13،000 ފްލެޓް ގާއިމްކުރަން ޖެހެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox