އިންޑިއާ ސިފައިން ތިބުމުގެ މައްސަލަ އޮތަސް، މުއިއްޒު ވިދާޅުވަނީ ވަކިގައުމަކާ ދުޝްމަން ނޫންކަމަށް!

ޕީޕީއެމް/ޕީއެންސީ އިން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކޯލިޝަންގެ ކެންޑިޑޭޓް ޑރ.،މުހައްމަދު މުއިއްޒު ވާހަކަ ދައްކަވަނީ. ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ޕީޕީއެމް/ޕީއެންސީ އިން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކޯލިޝަންގެ ކެންޑިޑޭޓް ޑރ.،މުހައްމަދު މުއިއްޒު ވާހަކަ ދައްކަވަނީ. ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ރާއްޖޭގައި އިންޑިއާ ސިފައިންގެ ގިނަ ބަޔަކު ގާއިމްވެ ތިބޭ ކަމަށް ތުހުމަތުކޮށް، އިދިކޮޅު ޕީޕީއެމް/ޕީއެންސީން އެކަމާ ދެކޮޅަށް ވަރުގަދަ މުޒާހަރާތައް ކުރިއަށް ގެންދިޔަ ނަމަވެސް، އެ ކޯލިޝަނުގެ ވެރިކަމެއްގައި ވަކި ގައުމަކާ ދުޝްމަންވުމުގެ ސިޔާސަތެއް ނޯންނާނެ ކަމަށް ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އަވަށްޓެރި އިންޑިއާއިން ރާއްޖޭގެ ދާހިލީ ކަންކަމުގެ ތެރެއަށް ވަދެ، ނުފޫޒު ފޯރުވާ ކަމަށް ޕީޕީއެމުން ތުހުމަތުކުރަން ފެށީ އެޕާޓީގެ ފުރަތަމަ ސަރުކާރުގެ، 2013 ގައި އިންތިހާބުވުމުގެ ވެސް ކުރިންނެވެ. އެޕާޓީގެ ވެރިކަމުގައި ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުގައި އެ ތުހުމަތުތައް އިތުރަށް ވަރުގަދަ ވި އެވެ.

އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމާ ދެކޮޅަށް ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ބޮޑެތި މުޒާހަރާތައް ކުރަން ފެށީ ޔާމީންގެ ވެރިކަން ނިމި، އެ ކޯލިޝަނަކީ އިދިކޮޅު ކޯލިޝަނަކަށް ވީ ހިސާބުންނެވެ.

ސެޕްޓެމްބަރު ނުވައެއްގައި ބާއްވާ ރިޔާސީ އިންތިހާބަށް ޕީއެންސީގެ ޓިކެޓްގައި ކުރިމަތިލައްވާފައިވާ ޑރ.މުއިއްޒަށް ކޯލިޝަނުގެ ތާއީދު އޮތްކަން ހާމަކުރަން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، "އިންޑިއ އައުޓް މުޒާހަރާ"ތަކުގެ ވާހަކަ ދެކެވުމުން މުއިއްޒުގެ ހާރިޖީ ސިޔާސަތު ހާމަކުރެއްވި އެވެ.

އޭނާ ވިދާޅުވީ ގައުމު ތަރައްގީކޮށް، ރައްޔިތުންނަށް ހައްގު މިންވަރު ހޯދައިދޭން މަސައްކަތް ކުރާ ނަމަ، ހުރިހާ ގައުމަކާ ވެސް ގާތްގުޅުމެއް އޮންނަ ހާރިޖީ ސިޔާސަތެއް އޮންނަން ޖެހޭ ކަމަށެވެ.

"އަޅުގަނޑުމެން ކުރިއަށް ގެންދާނީ މި ދެންނެވި ގޮތަށް. ވަކި ގައުމެއް ބާކީކޮށް، ނޫނީ ވަކި ގައުމަކަށް އާދަޔާ ހިލާފު އިސްކަމެއް ދީ، އެގޮތެއް ނޫން. އެމަނިކުފާނުގެ [ރައީސް ޔާމީނުގެ] ސިޔާސަތު ވެސް ހަގީގަތުގައި އޮތީ އެގޮތަށް، އޭރުގައި ވެސް. އެހެންވީމާ އެއްވެސް ގައުމަކާ އަޅުގަނޑުމެން ދުޝްމަންވެ، އެގައުމަކާ ވަކިވެ، ނޫނީ އެހެން ގައުމަކާ އެއްގޮތް ވެ، އެއްކައިރިވެ، އެހެންނެެއް ނޫން،" މުއިއްޒު ވިދާޅުވި އެވެ.

އިންޑިއާ ސިފައިން ރާއްޖޭގައި ގާއިމްވެ ތިބުމަކީ ބޮޑު މައްސަލައެއް ކަަމަށް ވިދާޅުވެ، އެކަމާ ދެކޮޅަށް މުއިއްޒު ވާހަކަ ދެއްކެވީ ވަކި ގައުމަކާ ދުޝްމަން ނުވުމުގެ ސިޔާސަތު ތަފްސީލުކުރެއްވުމަށް ފަހުގަ އެވެ. އޭނާ ވިދާޅުވީ އެކަމަށް ހައްލެން އަންނަން ޖެހޭނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޮޑު އަގުގައި ޑޮލަރު ވިއްކުމުގެ ތުހުމަތުގައި 3 ބިދޭސީން ބަންދަށް

ހުއްދަނެތި ބޮޑު އަގުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ތިން މީހަކު ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ވަނީ އަތުލައިގަނެފަ. މި މީހުން އަތުލައިގަތީ ކަޅު ބާޒާރުގައި ޑޮލަރުގެ މުއާމަލާތްކުރާ ފަރާތްތައް ހޯދުމަށް ސަރުކާރުން އެކުލަވާލާފައިވާ ހާއްސަ ޓާސްކްފޯހަށް ލިބުނު މައުލޫމާތަކާ ގުޅިގެން.

ޖަރުމަނު ކޮންސުލޭޓު ބަންދުކުރީ ސަރުކާރާ ހެދި: ނަޝީދު

ނަޝީދު ތުހުމަތުކުރައްވާފައިވާ ގޮތުގައި ޖަރުމަނު ސަރުކާރުން ރާއްޖޭގައި ހުންނަ އެ ގައުމުގެ ކޮންސިއުލޭޓް ބަންދުކުރީ، އޮނަރަރީ ކޮންސުލްގެ މަގާމަށް ވަކި މީހަކު އައްޔަންކުރުން ދިވެހި ސަރުކާރުން ނުފޫޒު ފޯރުވުމުން.

ޔާމީނަށް ހުކުމް އިއްވުން މި މަހު 29 އަށް ތާވަލުކޮށްފި

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ނިންމާލައިފި. ޔާމީންގެ ފަރާތުން ހުލާސާ ބަޔާން ހުށަހަޅަމުން ވަކީލުން ވިދާޅުވީ، އެމަނިކުފާނާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިތަކުގައި ފުށުއެރުންތަކެއް ހުރި ކަމަށާއި ކުށް ސާބިތުވާވަރުގެ ހަރުދަނާ ހެއްކެއް ނެތް ކަމަށް.

މީހުންގެ އަގުވައްޓާލަން އޭސީސީއަށް ހުށަހެޅުން ހުއްޓުވަން އުސޫލެއް

އޭސީސީން ބުނީ އަސާސެއް ނެތް ކަންކަމުގައި މީހުންގެ އަގުވައްޓާލުމަށް ހުށަހަޅާ މައްސަލަތަކުގައި އަމަލުކުރާނެ ހާއްސަ އުސޫލެއް އެކުލަވާލުމުގެ މަސައްކަތް މިހާރު އޮތީ ފަހު މަރުހަލާގައި ކަމަށް. އީޔޫގެ އެހީތެރިކަމާއެކީ އެކުލަވާލާ މި ސްޓްރެޓެޖީގެ ސަބަބުން ނުބައި ނިޔަތުގައި ހުށަހަޅާ މައްސަލަތަކަށް ހައްލެއް ލިބޭނެ ކަމަށް އެ ކޮމިޝަނުން ބުނި.

ގަވާއިދާ ހިލާފަށް ވަދެ އުޅުނު ތިން މަސް ބޯޓު ހިފަހައްޓައިފި

ރާއްޖޭގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ އުޅުނު ބޭރުގެ ތިން މަސް ބޯޓު އަތުލައިގަތީ އެމްއެންޑީއެފް ކޯސްޓްގާޑާއި އެއާ ކޯ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި. އަރިއަތޮޅުގެ ހުޅަނގުން އަތުލައިގަތް މި ބޯޓުތައް މިހާރު މާލެ ސަރަހައްދަށް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން.

ގޯތި ދޫކުރުމުގެ އުސޫލު ބަދަލުކޮށް ކުރިމަތިލާން ހުޅުވާލައިފި

ކ. ހުރާއިން 150 ގޯތި ދޫކުރުމުގެ އުސޫލަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު އެ ރަށު ކައުންސިލުން އަލުން ވަނީ ހުޅުވާލައިފި. އައު އުސޫލުގެ ދަށުން ރަށުގައި ދިރިއުޅޭ އާއިލާތަކަށާއި އުފަން ރަށްވެހިންނަށް އިސްކަންދޭ ގޮތަށް ޕޮއިންޓް ދިނުމުގެ މިންގަނޑުތަކަށް ވަނީ ބަދަލުތަކެއް ގެނެސްފައި.

ރަސްމާލޭގެ ތަންތަން ދާއިމީކުރުމުގެ ފުރުސަތެއް ނެތް: މުއްތަލިބު

ރަސްމާލެ މަޝްރޫއަކީ އިޒްރޭލު މީހުން ވަޒަންވެރިކުރުވަން ހިންގާ މަޝްރޫއެއް ކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކުރައްވައި، މުއްތަލިބު ވިދާޅުވީ ބިންތައް އަބަދުވެސް އޮންނާނީ ދިވެހި ދައުލަތުގެ ފުރިހަމަ ބާރުގެ ދަށުގައި ކަމަށް. އަދި، މި ޝަހަރުގައި ދިވެހިންގެ ނިސްބަތް ގިނަ ކުރަން ތަންތަން ވިއްކާއިރު ދިވެހިންނަށް އިސްކަން ދޭން ކަމަށް އޭނާ ވިދާޅުވި.

Newsletter

Get the latest news delivered straight to your inbox