މުއިއްޒު ވައުދުވި ނޫސް ކޮންފަރެންސަށް ދިގު އިންތިޒާރެއް!

އިދިކޮޅު ކެންޑިޑޭޓް އަދި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ކެންޑިޑެސީ ފޯމް ހުށަހަޅުއްވަން ވަޑައިގެން ދަރުބާރުގޭގަައި. ފޮޓޯ: މިރާޝް ނާސިމް/އަދު

އިދިކޮޅު ކެންޑިޑޭޓް އަދި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ކެންޑިޑެސީ ފޯމް ހުށަހަޅުއްވަން ވަޑައިގެން ދަރުބާރުގޭގަައި. ފޮޓޯ: މިރާޝް ނާސިމް/އަދު

ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޓިކެޓްގައި ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އިލެކްޝަންސް ކޮމިޝަނަށް މިއަދު ފޯމު ހުށަހެޅުއްވީ އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުގެ އެތެރޭގައި ހިނގި އެތައް ހައިޖާނަކަށް ފަހުގަ އެވެ.

ފޯމު ހުށަހަޅުއްވާފައި ރިޔާސީ އިންތިހާބުގެ މައި މަރުކަޒު، ދަރުބާރުގެއިން ނުކުމެވަޑައިގެންނެވި ވަގުތު ނޫސްވެރިން އެތައް ސުވާލެއް ކުރިމަތިކުރީ އެހެންވެ އެވެ. އޭނާ އަކީ މިހާރު އިދިކޮޅު އެންމެ ބޮޑު އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް ކަމަށް ވުމަކީ ވެސް ސުވާލު ގިނަވި ސަބަބެކެވެ.

އިއްޔެ ޕީޕީއެމް އޮފީހުގައި ސެނެޓް މެންބަރުންގެ މެދުގައި ހިޔާލުތަފާތުވުން ބޮޑުކަން ހާމަވެގެން ދިޔަ އެވެ. ޕީޕީއެމް/ޕީއެންސީގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އިންތިހާބުގައި ވާދަނުކުރެވޭތީ އެމަނިކުފާނު ބޭނުންފުޅުވީ އޭރު އިންތިހާބު ބޮއިކޮޓް ކުރުމަށެވެ. އެ ގޮތަށް ޕީޕީއެމްގެ ބައެއް ސެނެޓް މެންބަރުން ބޭނުންވިއިރު، މެޖޯރިޓީ ސެނެޓަރުން ބޭނުންވީ ކެންޑިޑޭޓަކު ނެރުމަށެވެ.

ނޫސްވެރިން އަމާޒުކުރި ސުވާލުތަކަކީ، އެތެރޭގެ ހިޔާލުތަފާތުވުންތަކާއި ހަމަނުޖެހުންތަކާއެކު، ރައީސް ޔާމީންގެ ތާއީދާއި ރުހުން ވެސް ހޯދައިގެން، އިދިކޮޅު އިއްތިހާދު އެކަތިގަނޑެއްގެ ގޮތުގައި ބާއްވައިގެން، މުއިއްޒު ކުރިއަށް ވަޑައިގަންނަވާނެ ގޮތް ސާފު ކުރަން ކުރި ސުވާލުތަކެކެވެ.

"ޕީޕީއެމުން އިތުރު ކެންޑިޑޭޓަކު ނެރޭނެތޯ؟" "ޕީޕީއެމްގެ ލިޑާޝިޕްގެ އިސް ބޭފުޅުން ނެތީ ކީއްވެގެންތޯ؟" "މުއިއްޒު ކެންޑިޑޭޓަކަށް ނެރުއްވުން އެއީ ރައީސް ޔާމީން ވެސް ބޭނުންވާ ގޮތްތޯ؟"

މި ސުވާލުތައް އަމާޒުކުރުމުން މުއިއްޒު ވިދާޅުވީ؛ ނޫސްވެރިންގެ ހުރި އެކި ސުވާލުތަކަށް ހަމަޖެހިލައިގެން ޖަވާބު ދެއްވަން އޭނާ އެދިވަޑައިގަންނަވާ ކަމަށެވެ. އެ ކަމަށް ޚާއްސަކޮށް މިއަދުގެ ވަގުތެއްގައި ޕްރެސް ކޮންފެރެންސްއެއް ބާއްވާނެ ކަމަށް ވެސް ވިދާޅުވި އެވެ. އޭގައި ނޫސްވެރިންގެ ހުރިހާ ސުވާލަކަށް ޖަވާބު ދެއްވާނެ ކަމަށެވެ.

"ކަންބޮޑުވެނުލައްވާ، އިރާދަކުރެވިއްޔާ ޕްރެސްގައި ތަފްސީލްކޮށް ދައްކަން ވަރަށް ގިނަ ވާހަކަ އެބަ ހުރި، އެއްވެސް މައުލޫމާތެއް ނުދީ، ގަބޫލުކުރާ ކަމެއް ހާމަނުކޮށް ނުތިބޭނަން، ތި ބޭފުޅުންގެ ހުރިހާ ސުވާލަކަށް ވެސް ވަރަށް ތަފުސީލުކޮށް ޖަވާބު ދޭނަން، ނޫސްވެރިން މާޔޫސް ނުކުރާނަން،" މުއިއްޒު ވިދާޅުވި އެވެ.

އޭގެ ފަހުން މިއަދު މެންދުރު ފަހު 2:00 ގައި ނޫސްކޮންފަރެންސް ބާއްވާނެ ކަމަށް މުއިއްޒުގެ ޓީމުން މައުލޫމާތު ދިނުމުން ޕީޕީއެމްގެ އޮފީހަށް ނޫސްވެރިން ދިޔަ އެވެ. އެ ވަގުތު ނޫސްވެރިންގެ ބައްދަލުވުން ނުބާއްވައި ޕީޕީއެމް/ޕީއެންސީގެ ލީޑަޝިޕްގެ ބައެއް ބޭފުޅުން ވިދާޅުވީ ރައީސް ޔާމީނުގެ ފަރާތްޕުޅުން ހޯއްދަވަން ޖެހޭ އިރުޝާދުތައް ނުލިބޭތީ ބައްދަލުވުން ފަސްކޮށްފައިވާ ކަމަށެވެ. ބާއްވާނެ ވަކި ވަގުތެއް އަދި ކަނޑަ ނޭޅޭ ކަމަށް ވެސް ވިދާޅުވި އެވެ.

ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ތޮލާލަށް "އަދަދު" ނޫހުން މިއަދު ހަވީރު ގުޅުމުން އޭނާ ވިދާޅުވީ ނޫސްވެރިންގެ ބައްދަލުވުން ލަސްވަމުން ދަނީ "ކެންޑިޑޭޓް ބިޒީކަމުން" ކަމަށެވެ. ބައްދަލުވުން ބޭއްވޭނެ ކަމަށް ބޮޑަށް ބެލެވެނީ މާދަމާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ވާދަނުކުރެވޭނެ ކަން ޔަގީންވުމުން ޔާމީން ފުރަތަމަ ލަފާ ދިނީ ޕީޕީއެމުން އިންތިހާބު ބޮއިކޮޓް ކުރުމަށެވެ. އޭރު ބެކްއަޕް ކެންޑިޑޭޓަކަށް ޕީއެންސީގެ ކެންޑިޑޭޓެއް ތައްޔާރުކޮށް، އަދި ވަގުތު ލިބިއްޖެނަމަ ޕީޕީއެމްގެ ކެންޑިޑޭޓެއް ނެރެވޭނެ ކަމަށް އެ ދެ ޕާޓީ ހިމެނޭ ކޯލިޝަންގެ ލީޑާޝިޕުން ދިޔައީ ބުނަމުންނެވެ.

މާފުށީ ޖަލުން އެމަނިކުފާނު ފޮނުވި ސިޓީއާ ގުޅިގެން، ޕީޕީއެމް ސެނެޓުގައި އިއްޔެ ބަހުސް ބޮޑުވެ ހަމަނުޖެހުން ވެސް އުފެދުނެވެ. ފަހުން ސެނެޓުން ފާސްކުރީ، ޔާމީން މިނިވަން ކުރެވެން ވެސް އޮތީ ރިޔާސީ އިންތިހާބުގައި އެ ޕާޓީ ވާދަކޮށް އިންތިހާބު ކާމިޔާބުކޮށްގެން ކަމަށެވެ.

ސެނެޓުގެ 67 މެންބަރަކު ބޮއިކޮޓް ކުރުމާ ދެކޮޅަށް ވޯޓު ދިންއިރު، ބޮއިކޮޓް ކުރަން ވޯޓު ދިނީ 45 މެންބަރެކެވެ. ސެނެޓުގެ އެ ނިންމުން ޔާމީނާ ހިއްސާކޮށް، މާފުށީ ޖަލުން އަނެއްކާ ވެސް ޔާމީން ފޮނުވި ނޯޓުގައި އެދިވަޑައިގަތީ އިންތިހާބު ބޮއިކޮޓް ކުރުމަށެވެ.

މިއަދު ހެނދުނުވީއިރު ޕީޕީއެމްގެ ރަސްމީ ނިންމުން ސާފުނުވެ އޮއްވައި މުއިއްޒު އޭނާގެ ކެންޑިޑެސީ ފޯމު ހުށަހެޅުއްވި އެވެ. އޭގެ އިރުކޮޅެއްގެ ތެރޭގައި، ބޮއިކޮޓް ކުރުމުގެ ވިސްނުން ދޫކޮށްލައްވައި މުއިއްޒަށް ތާއީދުކުރައްވަން ޔާމީން ނިންމެވިކަން އެމަނިކުފާނުގެ ވަކީލުން ހާމަކުރެއްވި އެވެ. ނަމަވެސް ލީޑާޝިޕްގެ ބައެއް ބޭފުޅުން މަރުހަބާ ވިދާޅުވެ ނެތުމާއެކު އަދިވެސް އެތައް ސުވާލެއް އެބަ އޮތެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox