ހުލާސާކޮށް އިއްޔެ: މުއިއްޒު، ޔާމީން ބަލިކުރުން

Aug 7, 2023, 1:58 AM
ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު، މާލޭ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ރޭ ޕީޕީއެމްގެ އޮފީހުން ނުކުމެވަޑައިގެން ސަޕޯޓަރުންނާއެކު. -- ފޮޓޯ: މިރާން ނާޝިމް/ އަދަދު

ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު، މާލޭ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ރޭ ޕީޕީއެމްގެ އޮފީހުން ނުކުމެވަޑައިގެން ސަޕޯޓަރުންނާއެކު. -- ފޮޓޯ: މިރާން ނާޝިމް/ އަދަދު

އިއްޔެ އަކީ ތާރީހީ ދުވަހެކެވެ.

ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ކެންޑިޑޭޓު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރުތު ހަމަ ނުވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ ނިންމުން ރަނގަޅު ކަމަށް ސުޕްރީމް ކޯޓުން ނިންމިއިރު، ޕީޕީއެމްގެ ސިސްޓަ ޕާޓީ، ޕީއެންސީގެ ރިޔާސީ ޓިކެޓު، މާލޭ ސިޓީގެ މޭޔަރު ޑރ. މުއިއްޒު ވަނީ ހޯއްދަވައިފަ އެވެ.

ޕީއެންސީން ވަކި ކެންޑިޑޭޓެއް ނެރުމަށް ނިންމައި، އެ ޕާޓީގެ ސެނެޓުގެ ވޯޓުން ކެންޑިޑޭޓެއް ހޮވީ ވެސް، 11 އަހަރުގެ ޖަލު ހުކުމެއްގައި ހުންނެވި ޔާމީންގެ އިރުޝާދާއެކު އެވެ. ނަމަވެސް، ދެކެވަޑައިގަންނަވަމުން ގެންދެވި ރިޔާސީ އުއްމީދުގެ ހުޅުކޮޅު އެންމެ ފަހުގެ މަރުހަލާއިން ނިވިގެން ދިޔުމުން، ގޮތް ދޫނުކުރައްވައި، ޔާމީން ބޭނުންފުޅުވީ 40،000 އަށް ވުރެ ގިނަ މެމްބަރުން ތަމްސީލްކުރާ ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން އިންތިހާބު ބޮއިކޮޓްކުރުމަށެވެ.

Advertisement

ޔާމީން މިނިވަންކުރަން އެ ކޯލިޝަންގެ ހުރިހާ މެމްބަރުން ބޭނުންވެ އެވެ. ނަމަވެސް ޔާމީނަށް "މަރުދޭ" މެމްބަރުންތަކެއް ފިޔަވައި، އެހެން އެންމެން ވެސް ނިންމީ، ޔާމީން އެދިވަޑައިގެންނެވި ގޮތާ ދެކޮޅަށް އިންތިހާބު ބޮއިކޮޓްނުކޮށް، ކެންޑިޑޭޓަކު ނެރެ އިންތިހާބުގައި ވާދަ ކުރުމަށެވެ.

އެކަމަށް ބަހުސް ކުރުމަށް ފަހު އިއްޔެ ބޭއްވި ޕީޕީއެމް/ޕީއެންސީގެ ސެނެޓުގެ ބައްދަލުވުމުގައި އިންތިހާބު ބޮއިކޮޓް ކުރަން ވޯޓު ދިނީ 45 ސެނެޓަރުންނެވެ. އިންތިހާބުގައި ބައިވެރިވާން 67 ވޯޓު ލިބުނެވެ. ޖުމްލަ 126 ސެނެޓަރަކު ޖަލްސާއަށް ހާޒިރުވި އެވެ. ނަމަވެސް, ހުރިހާ މެމްބަރުން ވޯޓުގައި ބައިވެރިއެއް ނުވެ އެވެ.

އިންތިހާބުގައި ވާދަކުރަން ފޯމް ހުށަހެޅުމުގެ ސުންގަނޑިއަކީ މިއަދު މެންދުރު ފަހު 2:00 އެވެ. އެ ވަގުތު ޖެހުމަށް މަދު ގަޑިއިރުތަކަކަށް ވެފައިވާއިރު، އަދިވެސް ޔާމީން ގޮތް ދޫކުރައްވަން ބޭނުންފުޅެއް ނުވެ އެވެ.

ނަމަވެސް މުއިއްޒުގެ އަރިސް ބައެއް ބޭފުޅުން ވިދާޅުވީ، ޔާމީން ބޭނުންފުޅު ނުވިޔަސް މިއަދު މުއިއްޒު ފޯމް ހުށަހަޅުއްވާނެ ކަމަށެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވަނީ އެމްޑީޕީގެ ކެންޑިޑޭޓް އަދި މިހާރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ދަ ޑިމޮކްރެޓްސްގެ އިލްޔާސް ލަބީބާއި ޖުމްހޫރީ ޕާޓީގެ ގާސިމް އިބްރާހިމެވެ. އޭގެ އިތުރުން މޯލްޑިވްސް ނެޝަނަލް ޕާޓީގެ މުހައްމަދު ނާޒިމާއި މޯލްޑިވްސް ރިފޯމް މޫވްމަންޓުގެ ފާރިސް މައުމޫނު އިންތިހާބުގައި ވާދަ ކުރައްވަ އެވެ. ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އަދި ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރު ވެސް އަމިއްލަ ގޮތުން އިންތިހާބުގައި ވާދަ ކުރައްވާނެކަން ވަނީ އިއުލާނު ކުރައްވައިފަ އެވެ.

މުހިންމު ބައެއް ހަބަރު

ދުވަހުގެ ކޯޓޭޝަން

ރިޔާސީ އިންތިހާބު ބޮއިކޮޓްކުރަން ޕީޕީއެމްގެ ބައެއް މެމްބަރުން ބޭނުންވާތީ އިއްޔެ އެ އޮފީހުގައި ހަމަނުޖެހުން ބޮޑުވެ، ދޮރު ތަޅުލާފައި ހުރި ވަގުތު އެ ޕާޓީގެ މެމްބަރަކު ދޮރުގެ ބިއްލޫރި ޖާގައިން ބޭރު ބަލަނީ. -- ފޮޓޯ: މުހައްމަދު ޝަހުޒާން/ އަދަދު
ރިޔާސީ އިންތިހާބު ބޮއިކޮޓްކުރަން ޕީޕީއެމްގެ ބައެއް މެމްބަރުން ބޭނުންވާތީ އިއްޔެ އެ އޮފީހުގައި ހަމަނުޖެހުން ބޮޑުވެ، ދޮރު ތަޅުލާފައި ހުރި ވަގުތު އެ ޕާޓީގެ މެމްބަރަކު ދޮރުގެ ބިއްލޫރި ޖާގައިން ބޭރު ބަލަނީ. -- ފޮޓޯ: މުހައްމަދު ޝަހުޒާން/ އަދަދު

ރިޔާސީ އިންތިހާބު ބޮއިކޮޓްކުރަން ޕީޕީއެމްގެ ބައެއް މެމްބަރުން ބޭނުންވާތީ އިއްޔެ އެ އޮފީހުގައި ހަމަނުޖެހުން ބޮޑުވެ، ދޮރު ތަޅުލާފައި ހުރި ވަގުތު އެ ޕާޓީގެ މެމްބަރަކު ދޮރުގެ ބިއްލޫރި ޖާގައިން ބޭރު ބަލަނީ. -- ފޮޓޯ: މުހައްމަދު ޝަހުޒާން/ އަދަދު

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox