ކޯލިޝަނުން ގޮތެއް ނުނިންމިޔަސް މުއިއްޒުގެ ކެންޑިޑެސީ ފޯމު މާދަން ހުށަހަޅަނީ

ރައީސް ޔާމީނަށް ކުރިމަތި ނުލެއްވޭ ހާލަތުގައި ޕީއެންސީގެ ފަރާތުން ރިޔާސީ އިންތިހާބަށް ނުކުންނާނެ ކެންޑިޑޭޓަކަށް ކަނޑައަޅާފައި ވަނީ ޑރ. މުއިއްޒު -- ފޮޓޯ: މުހައްމަދު ޝާބިން

ރައީސް ޔާމީނަށް ކުރިމަތި ނުލެއްވޭ ހާލަތުގައި ޕީއެންސީގެ ފަރާތުން ރިޔާސީ އިންތިހާބަށް ނުކުންނާނެ ކެންޑިޑޭޓަކަށް ކަނޑައަޅާފައި ވަނީ ޑރ. މުއިއްޒު -- ފޮޓޯ: މުހައްމަދު ޝާބިން

ސެޕްޓެމްބަރު، 9 ގައި އޮންނަ ރިޔާސީ އިންތިހާބުގައި ވާދަ ކުރުމާމެދު އިދިކޮޅު ކޯލިޝަނުން ގޮތެއް ނުނިންމިޔަސް ޕީއެންސީގެ ކެންޑިޑޭޓުގެ ގޮތުގައި ހުންނެވި ޑރ. މުއިއްޒުގެ ކެންޑިޑެސީ ފޯމު މާދަމާ އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަން ނިންމައިފި އެވެ.

ޕީޕީއެމް/ޕީއެންސީ ކޯލިޝަނުގައި އިސްކޮށް ހަރަކާތްތެރިވާ ބޭފުޅަކު ނަން ނުޖެހުމަށް ޝަރުތުކޮށް "އަދަދު" އާ ވާހަކަ ދައްކަވަމުން ބުނީ ކޯލިޝަނުން ގޮތެއް ނިންމާފައި ނުވި ނަމަވެސް މުއިއްޒުގެ ކެންޑިޑެސީ ފޯމު މާދަމާ ކޮމިޝަނަށް ހުށަހަޅާނެ ކަމަށެވެ.

"ކޯލިޝަނުން ކޮންމެ ނިންމިޔަސް މުއިއްޒުގެ ފޯމު މާދަމާ ހުށަހަޅާން،" އޭނާ ވިދާޅުވި އެވެ.

ޑރ. މުއިއްޒުގެ ކެންޑިޑެސީ ފޯމު މާދަމާ ހުށަހެޅާނެކަމުގެ އިޝާރާތެއް ކޮށްފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުގެ އިސް އޮފިޝަލަކު ވެސް ވަނީ މި ނޫހަށް ކަށަވަރު ކޮށްދީފަ އެވެ.

އިދިކޮޅު ކޯލިޝަނުގެ މައިނޯރިޓީ ޕާޓީ، ޕީއެންސީން ރިޔާސީ އިންތިހާބަށް ނުކުންނާނެ ކެންޑިޑޭޓެއްގެ ގޮތުގައި ޑރ. މުއިއްޒު ކަނޑައެޅީ އެ ކޯލިޝަނުގެ ރިޔާސީ ޓިކެޓު އަރުވާފައިވާ، ކުރީގެ ރައީސް ޔާމީންއަށް އިންތިހާބުގައި ވާދަ ނުކުރެއްވޭ ހާލަތެއް ކުރިމަތިވެއްޖެ ނަމަ އެވެ.

އެ ނިންމުން އެގޮތަށް ނިންމާފައި އޮއްވައި މިއަދު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ވަނީ މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ، 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ، އަބްދުﷲ ޔާމީންގެ ކެންޑިޑެސީ ބަލައިނުގަތުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުމަކީ ރަަނގަޅު ނިންމުމެއް ކަމަށް ހުކުމްކޮށްފަ އެވެ.

އެއާއެކު ޔާމީން ވަނީ އިންތިހާބު ބޮއިކޮޓު ކުރުމަށް ޕީޕީއެމްގެ ލީޑަޝިޕަށް ލަފާ ދެއްވައިފަ އެވެ. އެ އެންގެވުމާ މެދު މަޝްވަރާ ކުރުމަށް މިއަދު ބޭއްވި އިދިކޮޅުގެ ޖޮއިންޓު ސެނެޓު ބައްދަލުވުން ވެސް ވަނީ ހޫނުވެފަ އެވެ. އަދި ޕީޕީއެމްގެ މައި އޮފީސް ހުންނަ އިމާރާތުގެ ތެރޭގައި ވަނީ އެ ހިޔާލުތަފާތުވުންތައް ބޮޑުވެ މާރަމާރީ ވެސް ހިންގައިފަ އެވެ.

ޑރ. މުއިއްޒުގެ ކެންޑިޑެސީ ފޯމު މާދަމާ ހުށަހެޅުމަށް ނިންމާފައިވާއިރު، ރައީސް ޔާމީނަށް ތާއީދު ކުރާ ގިނަ މެމްބަރުން ދަނީ ޔާމީނުގެ އެންގެވުމާ އެއްގޮތަށް ރިޔާސީ އިންތިހާބު ބޮއިކޮޓު ކުރުމަށް ގޮވާލަމުންނެވެ. އަދި އެ ފަރާތްތަކުން ވަނީ ރިޔާސީ އިންތިހާބުގައި މުއިއްޒު ވާދަ ކުރެއްވި ނަމަވެސް ވޯޓު ނުދޭނެކަމަށް ނޫސްވެރިންގެ ކުރިމަތީގައި މިއަދު ގޮވައި ހަޅޭއްލަވައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox