ކެންޑިޑެސީއަށް އިތުރު ވަގުތުދޭން ޕީޕީއެމުން ހުށަހެޅި ހުށަހެޅުމަށް ސުޕްރީމް ކޯޓުން ރިއާޔަތެއް ނުކުރި

ޕީޕީއެމް ޕީއެންސީގެ ލީޑާޝިޕާއި ސަޕޯޓަރުން ސުޕްރީމް ކޯޓު ކައިރީގައި؛ ޔާމީނަށް ވާދަނުކުރެވޭ ކަމަށް ނިންމި ނަމަވެސް ޕީޕީއެމަށް އިތުރު ވަގުތު ދޭން ނުޖެހޭ ކަމަށް ނިންމައިފި - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ޕީޕީއެމް ޕީއެންސީގެ ލީޑާޝިޕާއި ސަޕޯޓަރުން ސުޕްރީމް ކޯޓު ކައިރީގައި؛ ޔާމީނަށް ވާދަނުކުރެވޭ ކަމަށް ނިންމި ނަމަވެސް ޕީޕީއެމަށް އިތުރު ވަގުތު ދޭން ނުޖެހޭ ކަމަށް ނިންމައިފި - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރަން ފުރުސަތު ގެއްލުނު ނަމަވެސް އެ ޕާޓީން އެހެން ކެންޑިޑޭޓެއް ނެރެން އިތުރު ވަގުތު ދޭން ޕީޕީއެމުން ހުށަހެޅި ހުށަހެޅުމަށް ސުޕްރީމްކޯޓުން ރިއާޔަތް ނުކޮށް އެ މައްސަލަ ނިންމައިފި އެވެ.

ޔާމީންގެ ކެންޑިޑެސީ ބަލައިނުގަންނަން ނިންމީ ގޯސްކޮށް ކަމަށް ކަނޑައަޅަން އެމަނިކުފާނުގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގައި އެމަނިކުފާނު އެދިވަޑައިގެންނެވީ ކޯޓުން އެގޮތަށް ނުނިންމާ ހާލަތުގައި އެހެން ކެންޑިޑޭޓެއްގެ ނަން ހުށަހަޅަން އިތުރު ވަގުތު ދޭން އަމުރުކޮށްދިނުމަށެވެ.

ޔާމީނުގެ ކެންޑިޑެސީ ބަަލައިނުގަންނަން އިލެކްޝަންސް ކޮމިޝަނުން ނިންމީ ރަނގަޅަށް ކަމަށް ސުޕްރީމްކޯޓުން މިއަދު ހުކުމް ކުރީ ފަނޑިޔާރު ހުސްނުއް ސުއޫދުގެ ރައުޔަށް ދެން ތިއްބެވި ހުރިހާ ފަނޑިޔާރުން ތާއީދުކުރައްވައިގެން، ފަނޑިޔާރުންގެ އިއްތިފާގުންނެވެ.

ރިޔާސީ އިންތިހާބުގައި ޔާމީނަށް ވާދަ ނުކުރެވޭ ހާލަތުގައި އެހެން ކެންޑިޑޭޓަކު ނެރުމަށް ޓަކައި، ކެންޑިޑެސީ ހުށަހެޅުމުގެ ވަގުތު އިތުރުކޮށްދޭން އެދި ޕީޕީއެމުން ހުށަހެޅި ހުށަހެޅުމަށް ސުއޫދުގެ ރައުޔުގައި ރިއާޔަތެއް ނުކުރައްވަ އެވެ. އަދި ޝަރީއަތް ނިންމާލަމުން، ރިޔާސަތުގައި އިންނެވި އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން ވެސް އެ ކަމަށް ރިއާޔަތެއް ނުކުރައްވަ އެވެ.

ރިޔާސީ އިންތިހާބަށް ކުރިމަތިލާން ހުޅުވާލި މުއްދަތު މާދަމާއަށް ހަމަވެ އެވެ. ކުރިމަތިލާން ހުޅުވާލާ މުއްދަތު ރިޔާސީ އިންތިހާބުގެ ގާނޫނުގައި ބަޔާންކޮށްފައި އޮވެ އެވެ.

ޔާމީނަށް ކެންޑިޑެސީ ކަށަވަރު ނުވެއްޖެ ހާލަތެއްގައި ޕީއެންސީން ވެސް ކެންޑިޑޭޓަކު ނެރޭ ގޮތަށް އެ ޕާޓީގެ ސެނެޓުން ވަނީ މިދިޔަ ބުރާސްފަތި ދުވަހު ފާސްކޮށްފަ އެވެ. އަދި އެ ކެންޑިޑޭޓަކީ ޕީޕީއެމުން ވަކިވެ އިއްޔެ އެ ޕާޓީއާ ގުޅިވަޑައިގެންނެވި، މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ކަމަށް ވެސް ކަނޑައެޅި އެވެ.

އެއީ ޔާމީންގެ އިރުޝާދުގެ ދަށުން ނިންމާފައިވާ ފަހު ޕްލޭނެވެ. ޔާމީނަށް ވާދަނުކުރެވޭނަމަ، ޕީޕީއެމުން ބޭނުން ވަނީ ފުރަތަމަ އެ ޕާޓީގެ ކެންޑިޑޭޓެއް ނެރުމަށެވެ. ޕީޕީއެމުން ސުޕްރީމް ކޯޓުގައި އެދުނީ އެ ކެންޑިޑޭޓަކު ނެރުމަށް އިތުރު ވަގުތު ދިނުމަށެވެ. އިތުރަށް ވަގުތު ދޭން ކޯޓުން ގޮތެއް ނުނިންމުމުން ދެން އެ ޕާޓީން އަމަލުކުރާނެ ގޮތެއް އަދި ނޭނގެ އެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ވޯޓުލުން އޮންނާނީ ސެޕްޓެމްބަރު މަހުގެ 9، ގަ އެވެ. ދެ ވަނަ ބުރަކަށް ގޮސްފި ނަމަ އެ އިންތިހާބު ބާއްވާނެ ތާރީހެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ ސެޕްޓެމްބަރު 30، އެވެ. މި ފަހަރުގެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ އަދަދު 280،000 އަށް އަރަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox