މުއިއްޒުގެ އިންތިހާބީ އެޖެންޓަކަށް ހަމްދާން ހަމަޖައްސައިފި

ޑރ. މުހައްމަދު މުއިއްޒުގެ އިންތިހާބީ އެޖެންޓު އަހުމަދު ހަމްދާން ނާސިރު - ފޮޓޯ: ޕީޕީއެމް

ޑރ. މުހައްމަދު މުއިއްޒުގެ އިންތިހާބީ އެޖެންޓު އަހުމަދު ހަމްދާން ނާސިރު - ފޮޓޯ: ޕީޕީއެމް

އިދިކޮޅު ޕީޕީއެމްގެ ސިސްޓާ ޕާޓީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒުގެ އިންތިހާބީ އެޖެންޓަކަށް އަހުމަދު ހަމްދާން ނާސިރު ހަމަޖައްސައިފި އެވެ.

މުއިއްޒުގެ އެޖެންޓަކަށް ހަމްދާން ހަމަޖައްސާފައިވާކަން އެ ކޯލިޝަނުގެ ލީޑަޝިޕުގައި ހިމެނޭ ބޭފުޅަކު ވަނީ "އަދަދު" އަށް ކަށަވަރު ކޮށްދީފަ އެވެ.

ހަމްދާނަކީ މިވަގުތު ޕީޕީއެމްގެ ރަޖިސްޓްރާގެ މަގާމުގައި ހުންނެވި ބޭފުޅާ އެވެ. އަދި, އެ ޕާޓީގެ ސެނެޓުގައި ވެސް ހުންނެވި ހަމްދާންއަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީނު ޖަލުން ދޫކޮށްލުމަށް ގޮވާލާ ހިންގާ ހަރަކާތްތަކުގައި އިސްކޮށް އުޅުއްވާ ބޭފުޅެކެވެ.

މިއަދު މުއިއްޒު ވަނީ އޭނާގެ ރަނިން މޭޓަކަށް ރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފު ހަމަޖައްސަވައިފި އެވެ.

ޕީއެންސީން ކެންޑިޑޭޓަކާއި ރަނިން މޭޓެއް މިހާރު ހަމަޖެއްސި ނަމަވެސް، އެ ކެންޑިޑޭޓުންނަކީ ޔާމީނަށް ވާދަނުކުރެވޭ ހާލަތެއްގައި ޕީޕީއެމްގެ ކެންޑިޑޭޓެއް ނެރެން ވެސް ވަގުތު ނުލިބިއްޖެނަމަ ނުކުންނަން ތައްޔާރުވާ ކެންޑިޑޭޓަކާއި ރަނިން މޭޓު ކަމަށް ޕީޕީއެމްގެ އިސް ބޭފުޅުން ގެންދަވަނީ ވިދާޅުވަމުންނެވެ.

ޔާމީންގެ ކެންޑިޑެސީ މައްސަލައިގެ އަޑުއެހުންތައް ވަނީ އިއްޔެ ނިންމާލައިފަ އެވެ. ހަވީރު 4:00 އިން ފެށިގެން ރޭގަނޑު 11:30 ހާއިރު ވަން ދެން ކުރިއަށް ދިޔަ އަޑުއެހުންތަކުގައި، ޔާމީންގެ ފަރާތުން ވަކާލާތު ކުރަނީ ނިހާއީ ހުކުމެއް ނެތް ނަމަ އެމަނިކުފާނަށް ވާދަކުރެވެން ޖެހޭނެ ކަމަށެވެ.

ގާނޫނީ އަސާސީގައި ބަޔާންކޮށްފައިވާ ރައީސުލްޖުމްހޫރިއްޔާއަށް ވުމުގެ އެއް ޝަރުތަކީ، ޖިނާއީ ކުށެއްކުރިކަން ސާބިތުވެގެން 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް އޮތް ނަަމަ، އެ ހުކުމް ތަންފީޒުކޮށް ނިމުނުތާ ނުވަތަ ކަނޑައެޅުނު އަދަބު މައާފު ކުރެވުނުތާ ތިން އަހަރު ވެފައިވާ މީހަކަށް ވުމެވެ.

ރިޔާސީ ކެންޑިޑޭޓަކަށް ވުމުގެ ޝަރުތު އެމަނިކުފާނުގެ ހަމަނުވާ ކަމަށް އީސީން ނިންމީ ވ. އާރަށު ދޫކުރުމުގެ ތެރެއިން ރިޝްވަތު ނަންގަވައި ފައިސާ ލޯންޑާ ކުރެއްވިކަން ސާބިތުވެ ޔާމީނަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމާ ހެދި އެވެ. އެ ހުކުމާއެކު ދައްކަން ޖެހޭ ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާ އޮތުމުން އެއީ ސާބިތު ދަރަންޏެއް ކަމަށް ބަލައި އެ ސަބަބު ބަޔާންކޮށް ވެސް އިލެކްޝަނުން ފަހުން ލިޔުމެއް ފޮނުވި އެވެ.

ޔާމީންގެ ފަރާތުން ހުށަހެޅި ކެންޑިޑެސީގެ މައްސަލައިގައި ފުރަތަމަ ކަމަކަށް އެދިފައި ވަނީ ކެންޑިޑެސީ ބަލައިނުގަތުމަށް އީސީގެ ނިންމުމީ ބާތިލު ނިންމުމެއް ކަމަށް ކަނޑައަޅައިދިނުމަށެވެ. އަދި ޔާމީނަކީ ރިޔާސީ އިންތިހާބުގައި ވާދަ ކުރުމުގެ ޝަރުތު ހަމަވާ މީހެއް ކަމަށް ކަނޑައަޅައިދިނުމަށާއި، އިންތިހާބުގައި ބައިވެރިވުމަށް ކުރަން ޖެހޭ އިންތިޒާމުތައް ހަމަޖައްސަން އީސީގެ މައްޗަށް އަންގައިދިނުމަށް ވެސް އެދިފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox