ރައީސްކަމަށް އިންތިހާބު ވެއްޖެ ނަމަ ވެރިކަން ކުރާނީ ޔާމީންގެ އިރުޝާދުގެ ދަށުން: މުއިއްޒު

ކުރީގެ ރައީސް އަބްދުﷲ ޔާމީން : އެމަނިކުފާނަށް ކުރިމަތިނުލެވޭ ނަމަ ކެންޑިޑޭޓަކަށް ހުންނެވި ޕީއެންސީގެ މުއިއްޒު ވިދާޅުވީ އިންތިހާބުވެއްޖެ ނަމަ ވެރިކަންކުރާނީ ޔާމީންގެ އިރުޝާދުގެ ދަށުން ކަމަށް - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

ކުރީގެ ރައީސް އަބްދުﷲ ޔާމީން : އެމަނިކުފާނަށް ކުރިމަތިނުލެވޭ ނަމަ ކެންޑިޑޭޓަކަށް ހުންނެވި ޕީއެންސީގެ މުއިއްޒު ވިދާޅުވީ އިންތިހާބުވެއްޖެ ނަމަ ވެރިކަންކުރާނީ ޔާމީންގެ އިރުޝާދުގެ ދަށުން ކަމަށް - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

ކުރިއަށް ރިޔާސީ އިންތިހާބު ކާމިޔާބުކުރެވޭ ހާލަތެއްގައި ވެރިކަންކުރައްވާނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިރުޝާދުގެ ދަށުން ކަމަށް ޕީއެންސީގެ ރިޔާސީ ޓިކެޓު މިއަދު ކާމިޔާބު ކުރެއްވި މާލެ ސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މިއަދު ޕީއެންސީގެ ޕްރައިމަރީގެ ވޯޓަށްފަހު މުއިއްޒު ވިދާޅުވީ އެ ދެ ޕާޓީން ވެސް ހުރިހާ ކަަމެއް ކުރިއަށް ގެންދަނީ ޔާމީނުގެ އިރުޝާދުގެ ދަށުން ކަމަށެވެ. އަދި މިއަދު ބޭއްވި ޕްރައިމަރީގެ ކަންކަންވެސް ކުރިއަށް ގެންދިޔައީ ވެސް ޔާމީނުގެ އިރުޝާދުގެ ދަށުން ކަމަށް މުއިއްޒު ވިދާޅުވި އެވެ.

"އާދެ އަޅުގަނޑުމެން މި ދެންނެވީ އަޅުގަނޑުމެންގެ ހުރިހާ މަސައްކަތެއް ވެސް ކުރިއަށް ގެންދަނީ އަދި ގެންދާނީވެސް ރައީސް ޔާމީނުގެ އިރުޝާދުގެ ދަށުން ކަމަށް،" ވެރިކަން ކުރައްވާނީ ޔާމީނުގެ އިރުޝާދުގެ ދަށުންތޯ "އަދަދު" އިން ސުވާލުކުރުމުން މުއިއްޒު ވިދާޅުވި އެވެ.

ނަމަވެސް އޭގެ ތަފުސީލެއް މުއިއްޒު ނުދެއްވަ އެވެ.

ޕީއެންސީގެ ކެންޑިޑޭޓަކު ނެރުން ނިންމީ ޖަލު ހުކުމެއް ތަންފީޒުކުރަމުންދާ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު، ޔާމީން އަށް ކުރިމަތި ނުލެވޭ ހާލަތެއްގައި އެ ދެ ޕާޓީގެ ކޯލިޝަނުން ކެންޑިޑޭޓަކު ނެރުމަށެވެ.

ޔާމީނުގެ ކެންޑިޑެސީ އީސީއިން ބަލައިނުގަންނަން ނިންމި މައްސަލާގައި ސުޕްރީމް ކޯޓުން މާދަމާ ގޮތެއް ނިންމާނެ އެވެ. ޔާމީނަށް ކުރިމަތިލެވޭނަމަ މުއިއްޒު ފަހަތަށް ޖެހިލައްވާނެ ކަމަށް މިއަދު ވިދާޅުވި އެވެ.

މިއަދު ހަވީރު ބޭއްވި ޕްރައިމަރީ މުއިއްޒު ކާމިޔާބު ކުރެއްވީ ޕީއެންސީގެ ސެނެޓުގެ 48 މެމްބަރުން ތެރެއިން 25 ވޯޓު ހޯއްދަވައިގެނެވެ. މުއިއްޒުއާ ވާދަ ކުރެއްވި، ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފަށް ލިބިވަޑައިގަތީ 23 ވޯޓެވެ.

ޕީޕީއެމް/ޕީއެންސީގެ ކެމްޕޭނުގެ ހަރަކާތްތައް ފެށިގެން އައި އިރު ވެސް ޑރ. މުއިއްޒު އިންތިހާބުގައި ކުރިމަތިލުމުގެ ޝައުގުވެރިކަން އޮތް ވާހަކަތައް ފެތުރެމުން ދިޔަ އެވެ. އެހެން ނަމަވެސް ޑރ. މުއިއްޒު ވަނީ އެތައް ފަހަރަކު އެ ވާހަކަތައް ދޮގުކުރައްވާފަ އެވެ.

މުއިއްޒުގެ ސިޔާސީ ހަޔާތް ފެއްޓެވީ އަދާލަތު ޕާޓީންނެވެ. އެއަށް ފަހު އެމްޑީއޭއާ ގުޅިވަޑައިގެން އެ ޕާޓީގެ ނައިބު ރައީސްކަން ވެސް ކުރެއްވުމަށް ފަހު، ޕީޕީއެމްއާ ގުޅިވަޑައިގަތެވެ.

ޔާމީންގެ ވެރިކަމުގައި ހައުސިން މިނިސްޓަރަކަށް ހުންނެވި މުއިއްޒު ޕީއެންސީއާ ގުޅިވަޑައިގަތީ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަން މިއަދު އެވެ.

ޔާމީނަށް ކުރިމަތިވެފައިވާ ހާލަތު

ޔާމީން 11 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމް ކުރީ އެމަނިކުފާނުގެ ވެރިކަމުގައި ހިންގި އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލާގައި ވ. އާރަށް ކުއްޔަށް ދޫކުރުމުގެ ތެރެއިން 1.1 މިލިއަން ޑޮލަރު ރިޝްވަތުގެ ގޮތުގައި ނަގައި އެ ފައިސާ ލޯންޑަކުރި ކަމަށް ސާބިތުވުމުންނެވެ.

ޔާމީނަށް އިއްވާފައިވާ ޖަލު ހުކުމުގެ އިސްތިއުނާފު ހައި ކޯޓުގައި އޮތީ މަޑުޖެހިފަ އެވެ. އިސްތިއުނާފު އަވަސް ކުރަން ކަނޑައަޅައިދިނުމަށް އެދި ސުޕްރީމް ކޯޓަށް ދެ ފަހަރު ދުސްތޫރީ މައްސަލައެއް ހުށަހެޅި ނަމަވެސް އެ މައްސަލަތައް ކޯޓަށް ބަލައިނުގަތެވެ.

އެންމެ ފަހުން ރަނިން މޭޓުގެ ގޮތުގައި ޔާމީންގެ ފުރަތަމަ ނައިބު އަދި މިހާރު އެމަނިކުފާނުގެ އިސް ވަކީލެއްގެ ގޮތުގައި ހުންނެވި ޑރ. މުހައްމަދު ޖަމީލު އަހުމަދު ކަނޑައެޅުއްވުމަށް ފަހު ޔާމީނާއި ޖަމީލުގެ ނަން ކެންޑިޑެސީ ފޯމް އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި ނަމަވެސް، ކެންޑިޑެސީ ބަލައި ނުގަތެވެ.

އީސީގެ އެ ނިންމުން ޔާމީންގެ ފަރާތުން ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅައިފަ އެވެ. އެ މައްސަލާގެ އަޑުއެހުމެއް މާދަމާ މެންދުރުފަހު 3:00 އަށް ވަނީ ތާވަލުކޮށްފަ އެވެ.

އަންނަ ސެޕްޓެމްބަރު 9، ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވަނީ ޖުމްހޫރީ ޕާޓީގެ ގާސިމް އިބްރާހިމާއި އެމްޑީޕީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައީސް މުހައްމަދު ނަޝީދު އުފެއްދެވި ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް، މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބާއި މޯލްޑިވްސް ނެޝަނަލް ޕާޓީގެ މުހައްމަދު ނާޒިމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox