ޔާމީނަށް ވާދަނުކުރެވޭ ނަމަ، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓަކީ މުއިއްޒު

ޕްރައިމަރީގައި ވާދަ ކުރެއްވި މުއިއްޒު އަދި އާދަމް ޝަރީފު ސަލާމް ކުރައްވަނީ. -- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ޕްރައިމަރީގައި ވާދަ ކުރެއްވި މުއިއްޒު އަދި އާދަމް ޝަރީފު ސަލާމް ކުރައްވަނީ. -- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އިންތިހާބުގައި ވާދަނުކުރެވޭ ހާލަތެއްގައި ޕީއެންސީއިން ނެރޭ ރިޔާސީ ކެންޑިޑޭޓަކަށް މާލެ ސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ހޮވައިފި އެވެ.

މިއަދު ހަވީރު ބޭއްވި ޕްރައިމަރީ މުއިއްޒު ކާމިޔާބު ކުރެއްވީ ޕީއެންސީގެ ސެނެޓުގެ 48 މެމްބަރުން ތެރެއިން 25 ވޯޓުންނެވެ. މުއިއްޒުއާ ވާދަ ކުރެއްވި، ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފަށް ލިބިވަޑައިގަތީ 23 ވޯޓެވެ.

މިއަދު ބޭއްވި ޕްރައިމަރީ މުއިއްޒު ކާމިޔާބު ކުރެއްވި ނަމަވެސް، މާދަމާ ސުޕްރީމް ކޯޓުން ޔާމީނުގެ ކެންޑިޑެސީ ބަލައިގަންނަން ނިންމައިފި ނަމަ އޭނާ ފަހަތަށް ޖެހިލައްވާނެ ކަމަށް މުއިއްޒު ވަނީ މިއަދު "އަދަދު" ނޫހަށް ވިދާޅުވި އެވެ.

ޕީޕީއެމް/ޕީއެންސީގެ ކެމްޕޭނުގެ ހަރަކާތްތައް ފެށިގެން އައި އިރު ވެސް ޑރ. މުއިއްޒު އިންތިހާބުގައި ކުރިމަތިލުމުގެ ޝައުގުވެރިކަން އޮތް ވާހަކަތައް ފެތުރެމުން ދިޔަ އެވެ. އެހެން ނަމަވެސް ޑރ. މުއިއްޒު ވަނީ އެތައް ފަހަރަކު އެ ވާހަކަތައް ދޮގުކުރައްވާފަ އެވެ.

މުއިއްޒުގެ ސިޔާސީ ހަޔާތް ފެއްޓެވީ އަދާލަތު ޕާޓީންނެވެ. އެއަށް ފަހު އެމްޑީއޭއާ ގުޅިވަޑައިގެން އެ ޕާޓީގެ ނައިބު ރައީސްކަން ވެސް ކުރެއްވުމަށް ފަހު، ޕީޕީއެމްއާ ގުޅިވަޑައިގަތެވެ.

ޔާމީންގެ ވެރިކަމުގައި ހައުސިން މިނިސްޓަރަކަށް ހުންނެވި މުއިއްޒު ޕީއެންސީއާ ގުޅިވަޑައިގަތީ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަން މިއަދު އެވެ.

ޕްރައިމަރީ އިން ބަލިވި އާދަމް ޝަރީފް ޕްރައިމަރީގެ ކުރިން "އަދަދު" އަށް ވިދާޅުވީ ކާމިޔާބުނުވާ ހާލަތެއްގައި މުއިއްޒާއެކު އިންތިހާބު ކާމިޔާބުކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

ޔާމީނަށް ކުރިމަތިވެފައިވާ ހާލަތު

ޔާމީން ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ އެމަނިކުފާނުގެ ވެރިކަމުގައި ހިންގި އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލާގައި ވ. އާރަށް ކުއްޔަށް ދޫކުރުމުގެ ތެރެއިން 1.1 މިލިއަން ޑޮލަރު ރިޝްވަތުގެ ގޮތުގައި ނަގައި އެ ފައިސާ ލޯންޑަކުރި ކަމަށް ސާބިތުވުމުންނެވެ.

ޔާމީނަށް އިއްވާފައިވާ ޖަލު ހުކުމުގެ އިސްތިއުނާފު ހައި ކޯޓުގައި އޮތީ މަޑުޖެހިފަ އެވެ. އިސްތިއުނާފު އަވަސް ކުރަން ކަނޑައަޅައިދިނުމަށް އެދި ސުޕްރީމް ކޯޓަށް ދެ ފަހަރު ދުސްތޫރީ މައްސަލައެއް ހުށަހެޅި ނަމަވެސް އެ މައްސަލަތައް ކޯޓަށް ބަލައިނުގަތެވެ.

އެންމެ ފަހުން ރަނިން މޭޓުގެ ގޮތުގައި ޔާމީންގެ ފުރަތަމަ ނައިބު އަދި މިހާރު އެމަނިކުފާނުގެ އިސް ވަކީލެއްގެ ގޮތުގައި ހުންނެވި ޑރ. މުހައްމަދު ޖަމީލު އަހުމަދު ކަނޑައެޅުއްވުމަށް ފަހު ޔާމީނާއި ޖަމީލުގެ ނަން ކެންޑިޑެސީ ފޯމް އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި ނަމަވެސް، ކެންޑިޑެސީ ބަލައި ނުގަތެވެ.

އީސީގެ އެ ނިންމުން ޔާމީންގެ ފަރާތުން ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅައިފަ އެވެ. ޔާމީންގެ ވަކީލުން ހުށަހަޅާފައިވާ ގާނޫނީ ނުކުތާތަކުގެ ރައްދު ހުށަހަޅަން ސުޕްރީމް ކޯޓުން ވަނީ މިއަދު ހަވީރު 3:00 ގެ ނިޔަލަށް ފުރުސަތު ދީފަ އެވެ.

ކެންޑިޑެސީގެ މައްސަލަ ޔާމީނާ އެއްކޮޅަށް ނުނިމިއްޖެ ހާލަތެއްގައި އަމަލުކުރާނެ ގޮތެއް ހަމަޖައްސަން ޕީއެންސީގެ ސެނެޓްގެ ބައްދަލުވުން މިއަދު ބާއްވާއިރު، ޕީޕީއެމް/ޕީއެންސީގެ ލީޑަޝިޕްގައި ރިޔާސީ ޓިކެޓަށް ޝައުގުވެރިވާ އެކި ބޭފުޅުން އެބަ ތިއްބެވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox