ޕީއެންސީން ރިޔާސީ އިންތިހާބުގައި ވާދަކުރަން ސެނެޓުން ފާސްކޮށްފި

މިހާރު ބާއްވަމުންދާ ޕީއެންސީގެ ސެނެޓުގައި ބައިވެރިވާ މެމްބަރުން. -- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

މިހާރު ބާއްވަމުންދާ ޕީއެންސީގެ ސެނެޓުގައި ބައިވެރިވާ މެމްބަރުން. -- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް، ރިޔާސީ އިންތިހާބުގައި ވާދަނުކުރެއްވޭ ހާލަތަކަށް ތައްުޔާރުވުމުގެ ގޮތުން ޕީއެންސީގެ ކެންޑިޑޭޓަކު ކަނޑައަޅަން އެ ޕާޓީގެ ސެނެޓުން ދާދި ދެންމެ ފާސްކޮށްފި އެވެ.

އެގާރަ އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ޔާމީން ވަނީ އެމަނިކުފާނަށް އިންތިހާބުގައި ވާދަނުކުރެއްވޭ ހާލަތެއްގައި ޕީއެންސީން ކެންޑިޑޭޓަކު ނެރުމަށް އެ ދެ ޕާޓީ ހިމެނޭ ޖޮއިންޓް ލީޑާޝިޕަށް އަންގަވައިފަ އެވެ.

ޔާމީނަކީ ދެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކަށް ވާތީ ލީޑާޝިޕްގެ ވިސްނުން ފުރަތަމަ އޮތީ އެމަނިކުފާނަށް އެ އިހުތިޔާރު ދޫކޮށްލެއްވުމަށެވެ. ނަމަވެސް ޔާމީން އެދިވަޑައިގަތީ ޕީއެންސީގެ ސެނެޓުން އޭގައި ގޮތެއް ކަނޑައެޅުމަށެވެ.

ސެނެޓު ބައްދަލުވުމުގައި 47 މެމްބަރުން ބައިވެރިވެވަޑައިގެންނެވި އެވެ. ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ނެރެން ފެންނަ ކަމަށް 44 މެމްބަރުން ވޯޓު ދިނެވެ.

ޕީއެންސީގެ އަސާސީ ގަވާއިދުގައި އޮންނަ ގޮތުގެ މަތިން ޕްރައިމަރީ ބާއްވައި ރިޔާސީ ކެންޑިޑޭޓަކު ކަނޑައަޅާނެ ވަގުތެއް ދެން ނެތެވެ. ރިޔާސީ އިންތިހާބަށް ކުރިމަތިލާން ހުޅުވާލި މުއްދަތު އަންނަ ހޯމަ ދުވަހަށް ހަމަވެ އެވެ. ބެލެވެނީ ކެންޑިޑޭޓު ކަނޑައަޅާނެ އަވަސް ގޮތެއް ވެސް މިއަދު ފާސްކުރާނެ އެވެ.

ޕީއެންސީގެ ރިޔާސީ ޓިކެޓަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު ވަނީ ޝައުގުވެރިކަން ފާޅުކުރައްވައިފަ އެވެ. އޭނާއާ ވާދަކުރެއްވުމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވެސް ބޭނުންވާ ކަމަށް އެނގިފައިވެ އެވެ.

ޕީއެންސީގެ ރިޔާސީ ޓިކެޓަށް ވާދަ ކުރައްވާނެ ކަމަށް އިއުލާނު ކުރައްވާފައިވާ ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު އާއި، ޔާމީނަށް ވާދަ ނުކުރެއްވޭ ހާލަތުގައި ޕީޕީއެމްގެ ރިޔާސީ ޓިކެޓު ހޯއްދެވުމަށް މަަސައްކަތް ކުރައްވާ މާލޭ މޭޔަރު ޑރ. މުހައްމަދު މުއިއްޒު، މިއަދު ޕީޕީއެމްގެ އޮފީހުގައި. -- ފޮޓޯ: މިރާޝް ނާޝިމް/ އަދަދު
ޕީއެންސީގެ ރިޔާސީ ޓިކެޓަށް ވާދަ ކުރައްވާނެ ކަމަށް އިއުލާނު ކުރައްވާފައިވާ ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު އާއި، ޔާމީނަށް ވާދަ ނުކުރެއްވޭ ހާލަތުގައި ޕީޕީއެމްގެ ރިޔާސީ ޓިކެޓު ހޯއްދެވުމަށް މަަސައްކަތް ކުރައްވާ މާލޭ މޭޔަރު ޑރ. މުހައްމަދު މުއިއްޒު، މިއަދު ޕީޕީއެމްގެ އޮފީހުގައި. -- ފޮޓޯ: މިރާޝް ނާޝިމް/ އަދަދު

ޕީއެންސީގެ ރިޔާސީ ޓިކެޓަށް ވާދަ ކުރައްވާނެ ކަމަށް އިއުލާނު ކުރައްވާފައިވާ ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު އާއި، ޔާމީނަށް ވާދަ ނުކުރެއްވޭ ހާލަތުގައި ޕީޕީއެމްގެ ރިޔާސީ ޓިކެޓު ހޯއްދެވުމަށް މަަސައްކަތް ކުރައްވާ މާލޭ މޭޔަރު ޑރ. މުހައްމަދު މުއިއްޒު، މިއަދު ޕީޕީއެމްގެ އޮފީހުގައި. -- ފޮޓޯ: މިރާޝް ނާޝިމް/ އަދަދު

ޔާމީނަށް ކުރިމަތިވެފައިވާ ހާލަތު

ޔާމީން ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ އެމަނިކުފާނުގެ ވެރިކަމުގައި ހިންގި އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލާގައި ވ. އާރަށް ކުއްޔަށް ދޫކުރުމުގެ ތެރެއިން 1.1 މިލިއަން ޑޮލަރު ރިޝްވަތުގެ ގޮތުގައި ނަގައި އެ ފައިސާ ލޯންޑަކުރި ކަމަށް ސާބިތުވުމުންނެވެ.

ޔާމީނަށް އިއްވާފައިވާ ޖަލު ހުކުމުގެ އިސްތިއުނާފު ހައި ކޯޓުގައި އޮތީ މަޑުޖެހިފަ އެވެ. އިސްތިއުނާފު އަވަސް ކުރަން ކަނޑައަޅައިދިނުމަށް އެދި ސުޕްރީމް ކޯޓަށް ދެ ފަހަރު ދުސްތޫރީ މައްސަލައެއް ހުށަހެޅި ނަމަވެސް އެ މައްސަލަތައް ކޯޓަށް ބަލައިނުގަތެވެ.

އެންމެ ފަހުން ރަނިން މޭޓުގެ ގޮތުގައި ޔާމީންގެ ފުރަތަމަ ނައިބު އަދި މިހާރު އެމަނިކުފާނުގެ އިސް ވަކީލެއްގެ ގޮތުގައި ހުންނެވި ޑރ. މުހައްމަދު ޖަމީލު އަހުމަދު ކަނޑައެޅުއްވުމަށް ފަހު ޔާމީނާއި ޖަމީލުގެ ނަން ކެންޑިޑެސީ ފޯމް އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި ނަމަވެސް، ކެންޑިޑެސީ ބަލައި ނުގަތެވެ.

އީސީގެ އެ ނިންމުން ޔާމީންގެ ފަރާތުން ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅައިފަ އެވެ. ޔާމީންގެ ވަކީލުން ހުށަހަޅާފައިވާ ގާނޫނީ ނުކުތާތަކުގެ ރައްދު ހުށަހަޅަން ސުޕްރީމް ކޯޓުން ވަނީ މިއަދު ހަވީރު 3:00 ގެ ނިޔަލަށް ފުރުސަތު ދީފަ އެވެ.

ކެންޑިޑެސީގެ މައްސަލަ ޔާމީނާ އެއްކޮޅަށް ނުނިމިއްޖެ ހާލަތެއްގައި އަމަލުކުރާނެ ގޮތެއް ހަމަޖައްސަން ޕީއެންސީގެ ސެނެޓްގެ ބައްދަލުވުން މިއަދު ބާއްވާއިރު، ޕީޕީއެމް/ޕީއެންސީގެ ލީޑާޝިޕްގައި ރިޔާސީ ޓިކެޓަށް ޝައުގުވެރިވާ އެކި ބޭފުޅުން އެބަ ތިއްބެވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައުދުގެ މައްޗަށް ކުރާ ދައުވާތައް އަނބުރައި ގެންދަން ގޮވާލައިފި

އެ ޕާޓީން ބުނީ މިއީ ކައުންސިލްގެ ނިންމުމަކަށް ސައުދު ފަރުދީގޮތުން ޒިންމާކުރުވައި، އޭނާގެ މޭޔަރުކަމުގެ މަގާމު ގެއްލުވާލުމަށް ސިޔާސީ ބޭނުމެއްގައި ކުރާ ކަމެއް ކަމަށް. އަދި އެކަށީގެންވާ ހެކި ނެތް މި މައްސަލައިގެ ޝަރީއަތް އަވަސް އަރުވާލައިގެން ކުރިއަށް ގެންދިއުމަކީ ގާނޫނުއަސާސީއާ ހިލާފު ކަމެއް ކަމަށްވެސް އެމްޑީޕީން ފާހަގަކޮށްފައިވޭ.

ވެމްކޯގެ ބައެއް މުވައްޒަފުންނަށް އަދިވެސް މުސާރަ ނުދޭ

ވެމްކޯގެ ބައެއް މުވައްޒަފުންނަށް މިދިޔަ މަހުގެ މުސާރަ އަދިވެސް ނުލިބޭތީ، ބިލްތައް ނުދެއްކި ޖޫރިމަނާވުމާއި ކުލި ދެއްކުން ލަސްވުމުގެ ކަންބޮޑުވުން މުވައްޒަފުން ފާޅުކޮށްފިއެވެ. މުސާރަ ދިނުން ލަސްވާ މައްސަލަ މިދިޔަ އަހަރުން ފެށިގެން ކުރިމަތިވަމުންދާއިރު، މިހާރު ގިނަ މުވައްޒަފުންނަށް މުސާރަ ލިބެނީ ކޮންމެ މަހެއްގެވެސް 10 ވަނަ ދުވަހާ ގާތްވުމުންނެވެ.

ރަސްމާލެ ވިއްކުމާ ދެކޮޅު ހަރަކާތުން އަދާލަތަށް މަރުހަބާ ކިޔައިފި

އެ ހަރަކާތުން ބުނިގޮތުގައި، ގައުމުގެ ސަލާމަތާއި ދީނީ އެއްބައިވަންތަކަމަށް އުނިކަން ލިބޭ ގޮތަށް މި މަޝްރޫއު ކުރިއަށް ނުގެންދިއުމަށް އަދާލަތުން ގޮވާލި ގޮވާލުމަށް ފުރިހަމައަށް ތާއީދުކުރެއެވެ.

ރަސްމާލެ އެއްވުމުގައި ފައިސަލް ވެސް ބައިވެރިވަނީ

މި އެއްވުމުގައި ކުރީގެ ރައީސް ޔާމީން ވެސް ބައިވެރިވެވަޑައިގަންނަވާއިރު، މިއީ ރަސްމާލޭގެ ބޮޑު ސަރަހައްދެއް ބޭރު ކުންފުންޏަކަށް ވިއްކާލުމާ ދެކޮޅަށް ބާއްވާ ހަރަކާތެއް. ސަރުކާރުން މިހާރު ވަނީ މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ބޭނުންވާ ގާނޫނީ ބަދަލުތައް މަޖިލީހަށް ހުށަހަޅައިފަ.

ދައުލަތުގެ އިއްޒަތުގެ ޝަރަފުވެރިންގެ މަޖިލީހެއް އެކުލަވާލައިފި

ރައީސް މުއިއްޒު ރިޔާސަތު ބަލަހައްޓަވާ މި މަޖިލީހަކީ މިނިވަން ދުވަހުގެ ޖަލްސާގައި އެމަނިކުފާނު ވެވަޑައިގެންނެވި ވައުދާ އެއްގޮތަށް އުފެއްދެވި މަޖިލީހެކެވެ. މީގެ އިތުރުން އެކި ދާއިރާތަކުގެ ތަޖުރިބާކާރުން ހިމެނޭ 150 މީހުންގެ ގައުމީ މަޖިލީހެއް އެކުލަވާލުމަށް ވެސް ވަނީ ނިންމާފައެވެ.

ކަނދެއް ހަލާކުވެ ޓީއެމްއޭގެ ސީޕްލޭނެއް ދިޔަވެއްޖެ

ހުޅުލޭ ސީ-ޕްލޭން ޓާމިނަލުން ފުރަން އުޅުނު ބޯޓެއް އެކްސިޑެންޓުވެ، އޭގައި ތިބި މީހުން މޫދަށް ފުންމާލި ނަމަވެސް އެއްވެސް މީހަކަށް އަނިޔާ ލިބުނު ކަމެއް މިހާތަނަށް ނޭނގޭ. މި ހާދިސާ ހިނގާފައިވަނީ ބޯޓު ފުރަންވެގެން ޑޮކުން ނައްޓާލި ވަގުތު. އަދި ކަމާބެހޭ ފަރާތްތަކުން މިހާރު ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން.

ޒަޔަނިސްޓުންނަށް ރާއްޖޭގެ ވެލިފުކެއް ވެސް ދީގެންނުވާނެ: ހުސައިން

އޭނާ މިހެން ވިދާޅުވީ ރަސްމާލޭގެ ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދީ، އެތަނުގައި ބޭރު މީހުންނަށް ދާއިމީކޮށް ވަޒަންވެރިވެވޭ ގޮތަށް ރިއަލް އެސްޓޭޓް ބިލެއް ސަރުކާރުން ހުށަހަޅާފައިވާ ދަނޑިވަޅެއްގައެވެ.

Newsletter

Get the latest news delivered straight to your inbox