ދިރާގުން ސެމްސަންގްގެ އެންމެ ފަހުގެ ސްމާޓްފޯން، ސެމްސަންގް ގެލެކްސީ ޒެޑް ފޯލްޑް5 އަދި ގެލެކްސީ ޒެޑް ފްލިޕް5 މޮބައިލް ފޯނުތަކުގެ ޕްރީ-އޯޑަރަށް ހުޅުވާލައިފި އެވެ.
ދިރާގުން ބުނީ ސެމްސަންގް ގެލެކްސީ ޒެޑް ފޯލްޑް5 އަދި ގެލެކްސީ ޒެޑް ފްލިޕް5 ޕްރީ-އޯޑަރު ކުރާ ދިރާގު ކަސްޓަމަރުންނަށް ކޮންމެ ފޯނާކާއެކު ހިލޭ ގެލެކްސީ ވޮޗް6 ކްލަސިކްއެއް ލިބޭނެ ކަމަށެވެ.
އޭގެ އިތުރުން ދިރާގުން ގަންނަ ކޮންމެ ފޯނަކާއެކު ކަސްޓަމަރުންނަށް ހަ މަސް ދުވަހުގެ ނިޔަލަށް ކޮންމެ މަހަކު 10 ޖީބީ ހިލޭ ބޯނަސް ޑޭޓާ ލިބޭ ހާއްސަ އޮފަރއެއްވެސް އެ ކުންފުނިން ވަނީ ތައާރަފުކޮށްފަ އެވެ.
ސެމްސަންގުން ނެރޭ އެންމެ ފަހުގެ މި ދެ މޮޑެލްއަކީ ދިރާގު 5ޖީ ނެޓްވޯކަށް ސަޕޯޓު ކުރާ އަދި އީ-ސިމް ވެސް ބޭނުންކުރެވޭ ދެ ފޯނެވެ.
ތަފާތު ފޯލްޑަބަލް ޑިޒައިނަކާ އެކު މި ފޯނުތަކުން ސްމާޓް ފޯނާއި ޓެބްލެޓް މޯޑާ ދެމެދު ފަސޭހަކަމާ އެކު ބަދަލު ކޮށްލެވޭނެ އެވެ. މި ދެ ފޯނުގައި ވެސް އެންމެ ފަހުގެ ޒަމާނީ ޕްރޮސެސަރާއި ބޮޑު ރޭމްއާއެކު ގޭމިން، ސްޓްރީމިން އަދި މަލްޓި-ޓާސްކްކޮށް މަސައްކަތް ކުރެވޭނެ ފީޗާތައް ހުންނާނެ އެވެ.

ދިރާގުގެ ވެބްސައިޓް https://bit.ly/459NMK9 މެދުވެރިކޮށް ކަސްޓަމަރުންނަށް ސެމްސަންގް ގެލެކްސީ ޒެޑް ފޯލްޑް5 އަދި ޒެޑް ފްލިޕް5 ޕްރީ-އޯޑަރު ކޮށްލެވޭނެ އެވެ.
ދިރާގުން އަބަދުވެސް ދަނީ އެންމެ ފަހުގެ ސްމާޓްފޯން ޑިވައިސްތައް ކަސްޓަމަރުންނާއި ހަމައަށް ގެނެސްދީ، ޓެކްނޮލޮޖީ މެދުވެރިކޮށް ކަސްޓަމަރުން ގުޅުވާލަދިނުމަުގެ މަސައްކަތް ކުރަމުންނެވެ.












