ޕީޕީއެމްގެ ކޯޅުން ބޮޑުވެ، މުއިއްޒަށް މަރުގެ އިންޒާރު!

ޕީޕީއެމުން ބޭއްވި ޖަލްސާއެއްގައި މާލޭގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒާއި އެޕާޓީގެ އިސް އެހެން ބައެއް ބޭފުޅުން. ފޮޓޯ:މުހައްމަދު ޝާބިން/އަދަދު

ޕީޕީއެމުން ބޭއްވި ޖަލްސާއެއްގައި މާލޭގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒާއި އެޕާޓީގެ އިސް އެހެން ބައެއް ބޭފުޅުން. ފޮޓޯ:މުހައްމަދު ޝާބިން/އަދަދު

އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ޓިކެޓް ހޯއްދަވަން މަސައްކަތް ކުރައްވާ ކަމަށް މާލޭގެ މޭޔަރު އަދި އެޕާޓީގެ ނައިބު ރައީސް ޑރ. މުހައްމަދު މުއިއްޒަށް ކުރާ ތުހުމަތު ވަރުގަދަކޮށް، އޭނާއަށް ބަަޔަކު މަރުގެ އިންޒާރު ދީފި އެވެ.

މުއިއްޒުގެ އަރިސް ބޭފުޅަކު "އަދަދު" އަށް މައުލޫމާތު ދެއްވި ގޮތުގައި ކާކުކަން ނޭނގޭ ގޮތަށް، އެހެން ގައުމެއްގެ ނަމްބަރެއް ބޭނުންކޮށްގެން އޭނާއަށް މަރުގެ އިންޒާރުދިނީ އަނބިކަނބަލުންގެ ފޯނަށް ފޮނުވި މެސެޖެއް މެދުވެރިކޮށެވެ. އެ އިންޒާރުގެ މައްސަލަ މުއިއްޒު މިހާރު ވަނީ ފުލުހުންނަށް ހުށަހަޅުއްވައިފަ އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެފަދަ އިންޒާރެއް އައިސްފައި މިވަނީ ސީދާ މުއިއްޒާ ދިމާލަށް ޕާޓީގެ އެތެރޭން ނުރުހުމުގެ ބަސްތައް ރައްދުކުރާތާ ދުވަސްކޮޅެއް ފަހުންނެވެ. އެހެން ނަމަވެސް މަރުގެ އިންޒާރު އައީ ޕާޓީގެ އެތެރޭން ކަމަކަށް އޭނާ ތުހުމަތެއް ނުކުރައްވަ އެވެ.

މަރުގެ އިންޒާރުދީ ފޮނުވި މެސެޖުގައި ތުހުމަތު ކޮށްފައިވާ ގޮތުގައި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް، ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ރަނިންމޭޓަކަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ހަމަޖައްސަވަން ޔާމީނު ނިންމަވާފައިވާ ނިންމުން ބަދަލުކުރައްވަން މުއިއްޒު ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ. އެ ގޮތަށް މަސައްކަތް ނުކުރަން އެ މެސެޖްގައި އިންޒާރުކޮށްފައި ވެ އެވެ.

"ޕްލޭން ބީގައި އަދި ސީ ގައި ވެސް ޕީޕީއެމްޕީއެެންސީގެ ކެންޑިޑޭޓަކީ ޑރ. ޖަމީލް. އެއީ ރައީސް ޔާމީންގެ ނިންމުން،" މުއިއްޒަށް މަރުގެ އިންޒާރުދީ އަނބިކަނބަލުންގެ ފޯނަށް ފޮނުވިކަމަށް ބުނާ މެސެޖްގައި ވެ އެވެ.

މުއިއްޒަށް މަރުގެ އިންޒާރު ދިނުމުން އެކަން ކުށްވެރިކޮށް ޕީޕީއެމުން ނެރުނު ބަޔާނެއްގައި ބުނީ އެފަދަ ނާތަހުޒީބު، ފިނޑި އަމަލުތަކުން އެޕާޓީގެ ލީޑަޝިޕް ބައިބައިކުރެވިދާނެ ކަމަށް ހީކުރުމަކީ އެކަން އެގޮތަށް ކުރި ބަޔަކަށް ކުރެވޭ ކުށްހީއެއް ކަމަށެވެ.

"...މި ކޯލިޝަނުގެ ލީޑަޝިޕް ވެސް އަދި ސެނެޓް ވެސް މަސައްކަތްކުރާނީ އެފަދަ ބިރުދެއްކުންތަކާއި އިންޒާރުތަކަށް ބެލުމެއް ނެތި، މި ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އަދި ލީޑަރު، ޕީޕީއެމްގެ ރައީސް ، ރައީސް އަބްދުﷲ ޔާމީނަށް ސަރުކާރުން ކުރަމުން ގެންދާ އަނިޔާތަކުން އެމަނިކުފާނު މިންޖުކޮށް، ކުރިއަށް އޮތް ރިޔާސީ އިންތިހާބު އެމަނިކުފާނަށް ކާމިޔާބުކޮށްދިނުމަށް އެކަތިގަނޑެއްގެ ގޮތުގަ އެވެ،" ޕީޕީއެމްގެ ބަޔާނުގައި ބުންޏެވެ.

ޕީޕީއެމްގެ ރިޔާސީ ޓިކެޓް ހޯއްދަވަން މުއިއްޒު މަސައްކަަތްކުރައްވާ ކަމަށް އެޕާޓީގެ އެތެރޭން ކުރި ތުހުމަތުތަކަށް، ޖުލައި 26 ގައި އޭނާ ރައްދު ދެއްވި އެވެ. އެ ދުވަހުގެ ރޭ ޗެނަލް 13 އަށް ވަޑައިގެން މުހާތަބުކުރެއްވީ ޕީޕީއެމް/ޕީއެންސީ ކޯލިޝަނުގެ މެމްބަރުންނާ އެވެ. ގާތް ގަނޑަކަށް ބައިގަޑިއިރު ވަންދެން އާއްމު މެމްބަރންނާ މުހާތަބު ކުރައްވައި ދެއްކެވީ ރިޔާސީ ކެންޑިޑޭޓް، ރައީސް އަބްދުﷲ ޔާމީނަށް ތާއީދު ކުރައްވާ މިންވަރުގެ ހެކިތަކުގެ ވާހަކަ އެވެ.

ވަރަށް ނުތަނަވަސްކަމާ އެކު އިންނަވައިގެން މުއިއްޒު އެރޭ ވިދާޅުވީ ޕީޕީއެމްއާއި އެޕާޓީގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނާ އޮތް ގުޅުމުގެ ގާތްގަނޑަކަށް މުޅި ތާރީހެވެ. އޭނާ އަކީ ޔާމީނަށާއި ޕީޕީއެމްއަށް ވަފާތެރި ބޭފުޅެއްކަން ދޭހަވާ އެކި އެކި މުއާމަލާތްތަކުގެ ވާހަކަ ވަކިވަކިން ދައްކަވަން ފެއްޓެވުމުގެ ކުރިން އޭނާ ވިދާޅުވީ އޭނާއަށް އެކި ފަރާތްތަކުން ކުރާ ތުހުމަތުތަކާ ހެދި ބައެއް މެމްބަރުންގެ ތެރޭގައި ހިތް ނުތަނަވަސްކަން އޮތް ކަން ގަބޫލުކުރައްވާ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޮޑު އަގުގައި ޑޮލަރު ވިއްކުމުގެ ތުހުމަތުގައި 3 ބިދޭސީން ބަންދަށް

ހުއްދަނެތި ބޮޑު އަގުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ތިން މީހަކު ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ވަނީ އަތުލައިގަނެފަ. މި މީހުން އަތުލައިގަތީ ކަޅު ބާޒާރުގައި ޑޮލަރުގެ މުއާމަލާތްކުރާ ފަރާތްތައް ހޯދުމަށް ސަރުކާރުން އެކުލަވާލާފައިވާ ހާއްސަ ޓާސްކްފޯހަށް ލިބުނު މައުލޫމާތަކާ ގުޅިގެން.

ޖަރުމަނު ކޮންސުލޭޓު ބަންދުކުރީ ސަރުކާރާ ހެދި: ނަޝީދު

ނަޝީދު ތުހުމަތުކުރައްވާފައިވާ ގޮތުގައި ޖަރުމަނު ސަރުކާރުން ރާއްޖޭގައި ހުންނަ އެ ގައުމުގެ ކޮންސިއުލޭޓް ބަންދުކުރީ، އޮނަރަރީ ކޮންސުލްގެ މަގާމަށް ވަކި މީހަކު އައްޔަންކުރުން ދިވެހި ސަރުކާރުން ނުފޫޒު ފޯރުވުމުން.

ޔާމީނަށް ހުކުމް އިއްވުން މި މަހު 29 އަށް ތާވަލުކޮށްފި

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ނިންމާލައިފި. ޔާމީންގެ ފަރާތުން ހުލާސާ ބަޔާން ހުށަހަޅަމުން ވަކީލުން ވިދާޅުވީ، އެމަނިކުފާނާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިތަކުގައި ފުށުއެރުންތަކެއް ހުރި ކަމަށާއި ކުށް ސާބިތުވާވަރުގެ ހަރުދަނާ ހެއްކެއް ނެތް ކަމަށް.

މީހުންގެ އަގުވައްޓާލަން އޭސީސީއަށް ހުށަހެޅުން ހުއްޓުވަން އުސޫލެއް

އޭސީސީން ބުނީ އަސާސެއް ނެތް ކަންކަމުގައި މީހުންގެ އަގުވައްޓާލުމަށް ހުށަހަޅާ މައްސަލަތަކުގައި އަމަލުކުރާނެ ހާއްސަ އުސޫލެއް އެކުލަވާލުމުގެ މަސައްކަތް މިހާރު އޮތީ ފަހު މަރުހަލާގައި ކަމަށް. އީޔޫގެ އެހީތެރިކަމާއެކީ އެކުލަވާލާ މި ސްޓްރެޓެޖީގެ ސަބަބުން ނުބައި ނިޔަތުގައި ހުށަހަޅާ މައްސަލަތަކަށް ހައްލެއް ލިބޭނެ ކަމަށް އެ ކޮމިޝަނުން ބުނި.

ގަވާއިދާ ހިލާފަށް ވަދެ އުޅުނު ތިން މަސް ބޯޓު ހިފަހައްޓައިފި

ރާއްޖޭގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ އުޅުނު ބޭރުގެ ތިން މަސް ބޯޓު އަތުލައިގަތީ އެމްއެންޑީއެފް ކޯސްޓްގާޑާއި އެއާ ކޯ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި. އަރިއަތޮޅުގެ ހުޅަނގުން އަތުލައިގަތް މި ބޯޓުތައް މިހާރު މާލެ ސަރަހައްދަށް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން.

ގޯތި ދޫކުރުމުގެ އުސޫލު ބަދަލުކޮށް ކުރިމަތިލާން ހުޅުވާލައިފި

ކ. ހުރާއިން 150 ގޯތި ދޫކުރުމުގެ އުސޫލަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު އެ ރަށު ކައުންސިލުން އަލުން ވަނީ ހުޅުވާލައިފި. އައު އުސޫލުގެ ދަށުން ރަށުގައި ދިރިއުޅޭ އާއިލާތަކަށާއި އުފަން ރަށްވެހިންނަށް އިސްކަންދޭ ގޮތަށް ޕޮއިންޓް ދިނުމުގެ މިންގަނޑުތަކަށް ވަނީ ބަދަލުތަކެއް ގެނެސްފައި.

ރަސްމާލޭގެ ތަންތަން ދާއިމީކުރުމުގެ ފުރުސަތެއް ނެތް: މުއްތަލިބު

ރަސްމާލެ މަޝްރޫއަކީ އިޒްރޭލު މީހުން ވަޒަންވެރިކުރުވަން ހިންގާ މަޝްރޫއެއް ކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކުރައްވައި، މުއްތަލިބު ވިދާޅުވީ ބިންތައް އަބަދުވެސް އޮންނާނީ ދިވެހި ދައުލަތުގެ ފުރިހަމަ ބާރުގެ ދަށުގައި ކަމަށް. އަދި، މި ޝަހަރުގައި ދިވެހިންގެ ނިސްބަތް ގިނަ ކުރަން ތަންތަން ވިއްކާއިރު ދިވެހިންނަށް އިސްކަން ދޭން ކަމަށް އޭނާ ވިދާޅުވި.

Newsletter

Get the latest news delivered straight to your inbox