ބަލި ފެތުރޭތީ ފަސްކުރި ކާނިވަލް މިރޭ ފަށަނީ

މިނިވަން އުފާ ކާނިވަލް ބާއްވަން ސެންޓްރަލް ޕާކު ތައްޔާރުކުރަނީ؛ މިރޭ ކާނިވަލް ހުޅުވަން ވަނީ ނިންމާފައި

މިނިވަން އުފާ ކާނިވަލް ބާއްވަން ސެންޓްރަލް ޕާކު ތައްޔާރުކުރަނީ؛ މިރޭ ކާނިވަލް ހުޅުވަން ވަނީ ނިންމާފައި

މާލެ ސަރަހައްދުގައި ހޮޑާއި ބޭރަށް ހިންގުމުގެ ބަލި ގިނަވުމުގެ ސަބަބުން ކެންސަލް ކުރި މިނިވަން އުފާ ކާނިވަލް މިރޭ ފަށާ ގޮތަށް ހަމަޖެހިއްޖެ އެވެ.

ހޯމް މިނިސްޓްރީ އާއި އާބަންކޯ ގުޅިގެން ހުޅުމާލެ ސެންޓްރަލް ޕާކުގައި ބާއްވާ މި ކާނިވަލް މިރޭ 8:00 ގައި ހުޅުވަން ނިންމާފައިވާކަން އިއުލާންކުރީ ހޯމް މިނިސްޓްރީންނެވެ. އެ މިނިސްޓްރީން ބުނީ، ކާނިވަލް ހުޅުވުމުގެ މަސައްކަތަށް މިއަދު ހަވީރު 4:00 އިން ފެށިގެން ސެންޓްރަލް ޕާކު ސަރަހައްދު ބަންދު ވާނެ ކަމަށެވެ.

އިއްޔެ ފަށަން އޮތް ކާނިވަލް ފަސްކުރީ މާލެ ސަރަހައްދުގައި ފެތުރެމުންދާ ރޯގާއާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ލަފާ ދިނުމުންނެވެ.

އެޗްޕީއޭއިން ހާމަކޮށްފައިވާ ގޮތުގައި ކުއްލިއަކަށް މާލޭގައި ބަލި އިތުރުވީ ނޯރޯވައިރަސްގެ ސަބަބުންނެވެ. އަދި މިއީ ހަލުވި ކަމާއެކު ގައިންގަޔަށް އަރާ ރޯގާއެއް ކަމުން ސަލާމަތީ ފިޔަވަޅުތައް އެޅުމަށް އެ އެޖެންސީން އިލްތިމާސްކުރެ އެވެ.

މި ވައިރަހަކީ ބަންދު ތަންތަނުގެ އިތުރުން ގިނަ މީހުން އެއްވެ ތިބޭ ތަންތަނުގައި ހަލުވިކަމާ އެކު ފެތުރޭ ވައިރަސްއެއް ކަމުން އެޗްޕީއޭއިން ވަނީ މީހުން ގިނަ ތަންތަނަށް ނުދިއުމަށް އިލްތިމާސްކޮށްފަ އެވެ.

އެޗްޕީއޭއިން ވަނީ، ބަލީގެ އަލާމާތްތައް ފެންނަ ނަމަ ގޭގައި މަޑުކުރުމާއި, އަލާމާތްތައް ހުއްޓޭތާ 24 ގަޑިއިރު ނުވަނީސް ކައްކާ, ކާން ހަދައިދިނުން ފަދަ ކަންކަން ނުކުރުމާއި, ގިނަގިނައިން އަތްދޮވުން އަދި, ބަލި ޖެހިފައިވާ މީހާ ހޮޑުލާ, ނުވަތަ ބޭރަށް ހިންގާތަން ސާފުކޮށް, ޑިސްއިންފެކްޓް ކުރުމަށް އިލްތިމާސްކޮށްފަ އެވެ.

މާލޭގައި ކުއްލިއަކަށް ބަލި ގިނަވެފައި މިވަނީ, މިނިވަން ދުވަހާ ގުޅިގެން, ގިނަ ބަޔަކު އެއްވެ ހަރަކާތްތައް ބާއްވާފައި ވަނިކޮށެވެ. އެގޮތުން, މިމަހުގެ 26 ވަނަ ދުވަހުން ފެށިގެން ކޮންމެ ދުވަހަކު ވެސް ގިނަ ބަޔަކު އެއްވެ, އެކި ކަހަލަ ހަރަކާތްތައް ބާއްވާފައިވެ އެވެ.

އެޗްޕީއޭއިން ހާމަކޮށްފައިވާ ގޮތުގައި މާލެ ސަރަހައްދުގައި މި ރޯގާ ފެތުރޭތާ ދެ ހަފްތާ ވެއްޖެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox