ވެމްކޯގެ ވެބްސައިޓުގައި ހަމައެކަނި އިނގިރޭސި ބަހުން ލިޔެފައި ހުންނާތީ ފަނޑިޔާރުގެ ކަންބޮޑުވުން

އައިކޮމްއާ ދެކޮޅަށް ވެމްކޯއިން އިސްތިއުނާފު ކުރި މައްސަލައިގައި މިދިޔަ އަންގާރަ ދުވަހު ބޭއްވި އަޑުއެހުމުގެ ތެރެއިން

އައިކޮމްއާ ދެކޮޅަށް ވެމްކޯއިން އިސްތިއުނާފު ކުރި މައްސަލައިގައި މިދިޔަ އަންގާރަ ދުވަހު ބޭއްވި އަޑުއެހުމުގެ ތެރެއިން

ދިވެހި ބަހުން ބެލޭނެ ގޮތެއް ނެތި ހަމައެކަނި އިނގިރޭސި ބަހުން ދައުލަތުގެ އިދާރާތަކުގެ ވެބްސައިޓުތައް ހެދުން، ގައުމީ ބަހަށް އިސްކަން ދިނުމުގެ ގާނޫނާ ހިލާފު ކަމަށް ވިދާޅުވެ ހައި ކޯޓުގެ ފަނޑިޔާރު މުހައްމަދު ނިޔާޒު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

ފަނޑިޔާރު ނިޔާޒު މިހެން ވިދާޅުވީ، ވެމްކޯގެ އެންމެހާ މުވައްޒަފުންނާއި މަސައްކަތް ހަވާލުކޮށްފައިވާ ތިން ވަނަ ފަރާތްތަކުގެ މަގާމާއި ނަމާއި މުސާރައާއި އިނާޔަތް އެނގޭނެހެން މައުލޫމާތު ހާމަ ކުރަން އިންފޮމޭޝަން ކޮމިޝަނުން އެންގި އެންގުމެއް އެ ކުންފުނިން ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން ބަލަމުންދާ މައްސަލައިގެ ފުރަތަމަ އަޑުއެހުމުގައި، މިދިޔަ އަންގާރަ ދުވަހު އެވެ.

އަހުމަދު އައިމަން ކިޔާ އަމިއްލަ މީހަކު ހޯދަން އެދުނު އެ މައުލޫމާތު ހާމަ ކުރަން އައިކޮމްއިން ވެމްކޯއަށް އެންގީ، އެ މައުލޫމާތު ދޭން ވެމްކޯއިން އިއުތިރާޒު ކުރުމުން އައިމަން އައިކޮމްއަށް ހުށަހެޅި މައްސަލައިގަ އެވެ.

ވެމްކޯގެ ފަރާތުން ބުނެފައި ވަނީ އައިމަން އެދުނު މައުލޫމާތަކީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ނުދީ ހިފެހެއްޓުމުގެ އިސްތިސްނާ ލިބިގެންވާ މައުލޫމާތެއް ކަމަށެވެ. އެގޮތުން، ވިޔަފާރީގެ ސިއްރު އެކުލެވިގެންވާ މައުލޫމާތު ނުދީ ހިފެހެއްޓުމުގެ އިހްތިޔާރު، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ލިބިގެންވާކަން ވަކީލު ފާހަގަ ކުރެއްވި އެވެ.

ވެމްކޯއަކީ ވެސް ވިޔަފާރި ކުންފުންޏެއްކަން ފާހަގަކޮށް ވަކީލު ވިދާޅުވީ، ކުންފުނީގެ ހައިރާކީ އާއި މުވައްޒަފުންގެ ނަމާއި މުސާރަތައް އާންމު ކުރުމުން ހާމަކޮށްފި ނަމަ މުސްތަގުބަލުގައި އަންނަ ވިޔަފާރީގެ ވާދަވެރިންނަށް މުވައްޒަފުންނަށް ބޮޑު މުރާސަ ހުށަހަޅައިގެން ގެންދިޔުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.

ތިން ވަނަ ފަރާތްތަކާ ކޮންޓްރެކްޓް އުސޫލުން ހަވާލުކޮށްފައިވާ މަސައްކަތްތަކާއި އެ މީހުންގެ އުޖޫރަ ހާމަކުރަން އެދިފައިވާއިރު، އެއީ އެ މީހުންގެ ޒާތީ މައުލޫމާތެއް ކަމަށް ވެސް ވެމްކޯއިން ދެކެ އެވެ.

ވިޔަފާރީގެ ވާދަވެރިންގެ ވާހަކަ ވެމްކޯއިން ދެއްކުމުން، ކުންފުނި އުފެއްދި އިރު އޮތީ ހަމައެކަނި މާލެއަށް ހާއްސަކޮށްފައިތޯ ފަނޑިޔާރު މުހައްމަދު ނިޔާޒު ސުވާލު ކުރެއްވި އެވެ. ވެމްކޯއިން ބުނީ، އެންމެ ފުރަތަމަ ކުންފުނި އޮތީ މުޅި ރާއްޖެއަށް ހިދުމަތް ދެވޭ ގޮތަށް ކަމަށާއި އެކަމުގެ ލާމަރުކަޒީ ގާނޫނަށް އަމަލުކުރަން ފެށި ފަހުން ކައުންސިލުތަކަށް އެ މަސައްކަތް އެހެން ތިން ވަނަ ފަރާތްތަކާ ހަވާލުކުރެވޭނެ ކަމަށް ވިދާޅުވި އެވެ.

ފަނޑިޔާރު ނިޔާޒު ދެން ސުވާލު ކުރެއްވީ ވެމްކޯގެ ވެބްސައިޓުގައި އެ ކުންފުނިން ހިދުމަތްދޭ ސިޓީތަކާއި މީހުން ދިރިއުޅޭ ރަށްތައް އިނގިރޭސީ ބަހުން ލިޔެފައި އޮތުމުން އެކަމާ ގުޅޭ ގޮތުންނެވެ. ދިވެހި ބަހުން އެ ވެބްސައިޓުގައި ފެންނަން އޮންނާނެތޯ އޭނާ އެއްސެވި އެވެ. ޖަވާބުގައި ވެމްކޯގެ ވަކީލު ވިދާޅުވީ، ދިވެހި ބަހުން ވެބްސައިޓު ފެންނަ ފީޗާ ނެތް ކަމަށެވެ.

އެ ވެބްސައިޓު ދިވެހި ބަހުން ފެންނަ ގޮތް ހަދާފައި ނެތީ ކީއްވެތޯ ސުވާލު އުފައްދަވައި ނިޔާޒު ވިދާޅުވީ، ހަމައެކަނި އިނގިރޭސިބަހުން ފެންނާނެހެން ވެބްސައިޓު ހެދުމަކީ ދިވެހި ބަހަށް އިސްކަން ދިނުމުގެ ގާނޫނާ ހިލާފު ކަމެއް ކަމަށެވެ. ގާނޫނެއް އޮތިއްޔާ ކޮންމެ ބަޔަކު ވިޔަސް ބޯލަނބަން ޖެހޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

"ގާނޫނާ ހިލާފަށް ނޫންތޯ ތިބޭފުޅުން މިހާރު ވެސް ތި އުޅެނީ. ދިވެހިރާއްޖޭގައި އޮންނާނެ ދިވެހި ބަހަށް އިސްކަން ދިނުމުގެ ގާނޫނު ކިޔާ ގާނޫނެއް. ތިބޭފުޅުން މިހާރު ވެސް ގާނޫނާ ހިލާފަށް ނޫންތޯ ތި ވެބްސައިޓުތައް ހަދައިގެން ތި އުޅެނީ،" ފަނޑިޔާރު ނިޔާޒު ވިދާޅުވި އެވެ.

"އެގޮތަކަށް ނެހެދޭނެ އެނގޭތޯ. ގާނޫނެއް އޮވެއްޖެއްޔާ އެއަށް އަމަލު ކުރަން ޖެހޭނެ ތިބޭފުޅުން ވެސް، ހުރިހާ ފަރާތަކުން ވެސް. ދިވެހި ބަހުން އޮންނަން ޖެހޭނެ އޭތި ފެންނަން އެނގޭތޯ."

ދިވެހިރާއްޖޭގެ ގައުމީ ބަހަށް އިސްކަން ދިނުމުގެ ގާނޫނުގެ ތިން ވަނަ މާއްދާގައި އޮންނަނީ ދިވެހި ރަސްމީ ބަހަކީ ދިވެހިބަސް ކަމަށްވުމާއެކު، ދިވެހި ދައުލަތުގެ ރަސްމީ އެންމެހައި މުއާމަލާތުތައް ކުރަންޖެހޭނީ ދިވެހިބަހުން ކަމަށެވެ. އަދި މުއައްސަސާތަކާއި ދައުލަތުގެ އިދާރާތަކުގެ ރަސްމީ ލިޔުންތައް ވެސް ހުންނަން ޖެހޭނީ ދިވެހިން ބަހުން ކަމަށް އެ މާއްދާގައިވެ އެވެ. އެކަމަކު، ދިވެހި ބަހުން މުއާމަލާތް ކުރަން ނޭނގޭ ފަރާތްތަކާ އެހެން ބަހަކުން މުއާމަލާތު ކުރެވޭނެ ކަމަށް އެ މާއްދާގައިވެ އެވެ.

މައްސަލައިގެ މައުލޫގެ ބޭރުން ނިޔާޒު ފާހަގަކުރެއްވި އެކަމަށް ވެމްކޯއިން އެއްވެސް އެއްޗެއް ނުބުނެ އެވެ. މި މައްސަލައިގެ އަޑުއެހުންތައް ވެސް ވަނީ ނިންމާލައިފަ އެވެ.

އައިކޮމްއިން، އައިމަން ހޯދަން އެދުނު މައުލޫމަތަކީ ދައުލަތުގެ އިދާރާތަކުން އަމިއްލަ އިސްނެގުމަށް ހާމަކުރަން ޖެހޭ މައުލޫމާތު ކަމަށެވެ. މަގާމާއި ނަން އެނގޭ ގޮތަށް މުސާރައާއި އިނާޔަތްތައް އާންމު ކުރުމަކީ މައުލޫމާތު ހާމަ ކުރަން އިސްތިސްނާ ހާލަތެއް ކަމަށް ނުދެކޭ ކަމަށް އައިކޮމްއިން ބުންޏެވެ.

ހައި ކޯޓުގައި މި މައްސަލަ ބައްލަވާ ބެންޗުގެ ރިޔާސަތަކީ ފަނޑިޔާރު ދީބަނާޒު ފަހުމީ އެވެ. ދެން ބެންޗުގައި ތިއްބަވަނީ ފަނޑިޔާރު ނިޔާޒްގެ އިތުރުން، ފަނޑިޔާރު ހުސެއިން މަޒީދެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox