ހިިމަބިހި ޖެހިފައި ހުރި މީހަކު ފެނިގެން ސަލާމަތީ ފިޔަވަޅުތައް އަޅަނީ

މާލެ މަތިން ނަގާފައިވާ ފޮޓޯއެއް; މާލެ ސަރަހައްދުން ހިމަބިހީގެ ކޭސްއެއް ވަނީ ފެނިފައި -- ފޮޓޯ: އިޔާން /އަދަދު

މާލެ މަތިން ނަގާފައިވާ ފޮޓޯއެއް; މާލެ ސަރަހައްދުން ހިމަބިހީގެ ކޭސްއެއް ވަނީ ފެނިފައި -- ފޮޓޯ: އިޔާން /އަދަދު

ރާއްޖެއިން ބޭރުން އައި މީހަކު ހިމަބިއްސަށް ޕޮޒިޓިވްވެފައިވާތީ, ބަލި އިތުރަށް ފެތުރުނަ ނުދިނުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މަސައްކަތް ފަށައިފި އެވެ.

އެޗްޕީއޭއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ, ހިމަބިއްސަށް ޕޮޒިޓިވްވެފައި ވަނީ ރާއްޖެއިން ބޭރުގައި އުޅުމަށްފަހު އައި ދިވެއްސެއް ކަމަށެވެ. އަދި އޭނާ ޕޮޒިޓިވްވީ މިދިޔަ އަންގާރަ ދުވަހު މާލެ ސަރަހައްދުން ކަމަށް އެ އިދާރާއިން ބުނެ އެވެ.

އެ އެޖެންސީން ބުނީ, ބައްޔަށް ޕޮޒިޓިވްވި މީހާގެ ސިއްހާ ހާލު ހުރި ގޮތުން, އޭނާ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާ ކަމަށެވެ. އަދި އޭނާގެ ހާލަތު ރަނގަޅުވަމުން އަންނަ ކަމަށާއިި އެއީ މީސްލްސް ވެކްސިނުގެ ދެ ޑޯޒް ފުރިހަމަ ކޮށްފައިވާ މީހެއްކަން ވެސް އެޗްޕީއޭއިން ހާމަކޮށްފައިވެ އެވެ.

މީސްލްސް ޖެހުމުގެ ފުރުސަތު އެންމެ ބޮޑަަށް އޮތީ ވެކްސިން ނުޖަހާ މީހުންނާއި ކުޑަކުދިންގެ އިތުރުން ދިފާއީ ނިޒާމު ބަލިކަށި މީހުންނަށެވެ. ވެކްސިން ޖަހާފައިވާ މީހުންނަށް މީސްލްސް ޖެހުމަކީ ޑޮކްޓަރުން ބުނާ ގޮތުގައި ވަރަށް ނާދިރު ކަމެކެވެ. ވެކްސިނުގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ ނަމަ ބަލި ޖެހުމުގެ ފުރުސަތު 97 ޕަސަންޓު ކުށަކޮށްދެ އެވެ.

ހިމަބިހީގެ އިމްޕޯޓެޑް ކޭސްއެއް ރާއްޖެއިން ފެނުމުން, އެކަމުގައި ކަނޑައަޅާފައިވާ އުސޫލުތަކުގެ މަތިން ކޮންޓެކްޓުން ދެނެގަތުމުގެ މަސައްކަތް އެޗްޕީއޭއިން ވަނީ ފަށައިފަ އެވެ.

"ބައެއް ކޮންޓެކްޓުންނަށް އެކަން [ހިމަބިއްސަށް ޕޮޒިޓިވްވި މީހަކާ ކޮންޓެކްޓުވީކަން] އަންގާ, އޭގެ ތެރެއިން ވެކްސިން ފުރިހަމަނުވާ ފަރާތްތަކަށް ވެކްސިން ދިނުން ވަނީ ކުރިއަށް ގެންދެވިފައި،" އެޗްޕީއޭއިން ބުނެ އެވެ.

އެޗްޕީއޭއިން ބުނީ ބަލި ޖެހިފައިވާ މީހާ ވަނީ އޭނާގެ ކިބައިން ބަލި ފެތުރުމުގެ ފުރުސަތު އޮތް މުއްދަތުގެ ތެރޭގައި ދަތުރުކޮށްފައި ކަމަށެވެ. ދަތުރުމަތީގަ އާއި, ގެ އާއި ހޮސްޕިޓަލުގައި އޭނާއާ ކޮންޓެކްޓުވި މީހުންގެ މައުލޫމާތު އެ އެޖެންސީން މިހާރު ދަނީ އެއް ކުރަމުންނެވެ. ކޮންޓެކްޓުންގެ ވެކްސިން ފުރިހަމަ ކުރުމުގެ އިތުރުން, ބަލި ޖެހުނު މީހާ ދިރިއުޅޭ ސަރަހައްދުގައި ރިންގް ވެކްސިނޭޝާން ކުރިއަށް ގެންދިއުމަށް ވެސް އެޗްޕީއޭއިން ވަނީ ނިންމާފަ އެވެ.

ހިމަބިހީގެ މައިގަނޑު އަލާމާތްތަކަކީ ހުންއައުމާއެކު ހަމުގައި ރަތް ބިހިތަކެއް ނެގުމެވެ. އަދި ބައެއް މީހުންގެ ފަރާތުން ކެއްސުމާއި އަރިދަފުސް ފޭބުން އަދި ލޯ ރަތްވުން ފަދަ އަލާމަތްތައް ފެނުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. ހިމަބިއްސަކީ ހަލުވި ކަމާއެކު ފެތުރޭ ބައްޔެއް ކަމަށްވާއިރު, ބަލީގެ އަލާމާތްތައް ފެންނަ ނަމަ ސިއްހީ ހިދުމަތްތެރިއެއްގެ ލަފާ ހޯދުމަކީ މުހިންމު ކަމެކެވެ.

ހިމަބިއްސަކީ ރާއްޖޭގައި ނައްތާލެވިފައިވާ ބައްޔެއް ކަމަށްވާތީ, ބަލީގެ އެންމެ ކޭސްއެއް ފެނުނު ނަމަވެސް އެއީ ބަލީގެ އައުޓްބްރޭކެއް ކަމަށް ބަލަ އެވެ. ރާއްޖެއިން ހިމަބިހި ނައްތާލެވިފައިވާކަން ޑަބްލިއުއެޗްއޯއިން އިއުލާން ކުރީ 2017 ވަނަ އަހަރެވެ.

އޭގެ ފަހުން، 2020 ވަނަ އަހަރު ކުރީކޮޅު ވެސް މާލެ ސަރަހައްދަށް ހިމަބިހީގެ އައުޓްބްރޭކެއް އައެވެ. އަދި, މިދިޔަ އޭޕްރީލް މަހު އައްޑޫ ސިޓީން ވެސް ވަނީ އައުޓްބްރޭކެއް ފެނިފަ އެވެ. ނަމަވެސް އެ ދެ އައުޓްބްރޭކް ވަނީ ކޮންޓްރޯލްކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox