ޕީޕީއެމްގެ އެތެރޭގެ އުދާސްތަކާ އެކު މުއިއްޒުގެ "ވަފާތެރިކަން" ކަށަވަރުކޮށްދެއްވައިފި

މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މީގެ ކުރިން "އަދަދު" އަށް އިންޓަވިއުއެއް ދެއްވަނީ. ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މީގެ ކުރިން "އަދަދު" އަށް އިންޓަވިއުއެއް ދެއްވަނީ. ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ޕީޕީއެމްގެ ރިޔާސީ ޓިކެޓް ހޯއްދަވަން އެޕާޓީގެ ނައިބު ރައީސް އަދި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މަސައްކަތްކުރައްވާ ކަމަށް އެރި އަޑުތަކާ ހެދި އިދިކޮޅު ކޯލިޝަނުގެ އެތެރޭގައި އުފެދުނު އުދާސްތަކަށް އޭނާ މިރޭ ޖަވާބުދާރީ ވެވަޑައިގެންފި އެވެ.

އޭނާ ވިދާޅުވީ މިރޭ ދެއްކެވި ވާހަކަތަކަކީ ޔާމީނަށް ތާއީދުކުރައްވާ ކުރެއްވުމަކީ ހަގީގަތެއްކަން ސާބިތުކޮށްދެއްވުމަށް ދެެއްކެވި ވާހަކަތަކެއް ކަމަށެވެ.

"މިހުރިހާ ވާހަކައެއް މި ދަންނަވަނީ އަޅުގަނޑުގެ ތާއީދު، އަޅުގަނޑު ރައީސަށް ސަޕޯޓްކުރާ ކުރުން، އެއީ ހަގީތަތްކަން، ސާބިތު ހިފޭ ހެކިތަކާ އެކީގައި ދެންނެވުމުގެ ގޮތުން، އެލިގޭޝަންސް ތަކަށް [ތުހުމަތުތަކަށް] އެއްވެސް ގޮތަކަށް ޖަވާބު ނުދީ އަބަދު ހުރުމަކީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެހާ ރަނގަޅުކަމަކަށް ނުވާތީ،" މުއިއްޒު ވިދާޅުވި އެވެ.

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް، ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އިއްވާފައިވާ ޖަލުހުކުމް އެގޮތުގައި އޮތުމުން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމަނިކުފާނަށް ވާދަކުރެއްވިދާނެ ކަމަކަށް ނުބެލެވެ އެވެ. އެހެންވެ އެމަނިކުފާނުގެ ބަދަލުގައި ކެންޑިޑޭޓަކު ނެރެން ޖެހޭ ފަދަ ހާލަތެއް އުފެދުމާ އެކު އެންމެ ބާރަށް ދެކެވުނު ވާހަކަ އަކީ ރިޔާސީ ޓިކެޓް ހޯއްދަވަން މުއިއްޒު މަސައްކަތް ކުރައްވާ ވާހަކަ އެވެ.

އޭނާ މިއަދު މެންދުރުފަހު ނޫސްވެރިންނާ ބައްދަލުކުރައްވާނެ ކަން އިއުލާނުކުރެއްވުމަށް ފަހު އެންމެ ފަހު ވަގުތު އެ ބައްދަލުވުން ކެންސަލް ކުރެއްވި އެވެ. އެއަށް ފަހު މިރޭ ޗެނަލް 13 އަށް ވަޑައިގެން މުހާތަބުކުރެއްވީ ޕީޕީއެމް/ޕީއެންސީ ކޯލިޝަނުގެ މެމްބަރުންނާ އެވެ. ގާތް ގަނޑަކަށް ބައިގަޑިއިރު ވަންދެން އާއްމު މެމްބަރންނާ މުހާތަބު ކުރައްވައި ދެއްކެވީ ރިޔާސީ ކެންޑިޑޭޓް، ރައީސް އަބްދުﷲ ޔާމީނަށް ތާއީދު ކުރައްވާ މިންވަރުގެ ހެކިތަކުގެ ވާހަކަ އެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި އެ ވާހަކަތަކައިގެން މިރޭ އެ ޓީވީ ސްޓޭޝަނަށް ވަޑައިގެންނެވީ ތުހުމަތުތަކަށް އެކި ފަހަރު މަތިން ޖަވާބުދެއްވުމުގެ ބަދަލުގަައި އެއް ފަހަރާ ހުރިހާ ވާހަކަތަކެއް ވިދާޅުވާށެވެ.

"އަޅުގަނޑު މި ދެއްކި، މިދައްކަމުންދާ އެއްވެސް ވާހަކައެއްގައި ސާބިތު ނުހިފޭ އެއްވެސް ކަމެއް ނޯންނާނެ،" މުއިއްޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިރޭ ދެއްކެވި ވާހަކަތަކުގެ ތެދުކަމުގެ މައްޗަށް ހެކިވާނެ އެތައް ބަޔަކު ތިބޭނެ ކަމަށެވެ.

ވަރަށް ނުތަނަވަސްކަމާ އެކު އިންނަވައިގެން މުއިއްޒު ވިދާޅުވީ ޕީޕީއެމްއާއި އެޕާޓީގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނާ އޮތް ގުޅުމުގެ ގާތްގަނޑަކަށް މުޅި ތާރީހެވެ. އޭނާ އަކީ ޔާމީނަށާއި ޕީޕީއެމްއަށް ވަފާތެރި ބޭފުޅެއްކަން ދޭހަވާ އެކި އެކި މުއާމަލާތްތަކުގެ ވާހަކަ ވަކިވަކިން ދައްކަވަން ފެށްޓެވުމުގެ ކުރިން އޭނާ ވިދާޅުވީ އޭނާއަށް އެކި ފަރާތްތަކުން ކުރާ ތުހުމަތުތަކާ ހެދި ބައެއް މެމްބަރުންގެ ތެރޭގައި ހިތް ނުތަނަވަސްކަން އޮތް ކަން ގަބޫލުކުރައްވާ ކަމަށެވެ.

"ބަޔަކު އަޅުގަނޑާ ބެހޭ ގޮތުން އަދި ސުވާލުތަކެއް ކުރިޔަކަސް އަދި ތުހުމަތުތަކެއް ކުރިޔަސް، އަޅުގަނޑުގެ ގަބޫލުކުރުމަކީ ، އަޅުގަނޑު ގަބޫލުކުރާ ގޮތަކީ އަޅުގަނޑު އެކަމަކަށް މާބޮޑަށް ޖަވާބުދޭކަށް ގަސްދެއް ނުކުރަމޭ. އެހެން ނަމަވެސް މިގޮތަށް މިހާ ގިނަ ދުވަސްތަކެއް ވަންދެން އަޅުގަނޑު އެއްވެސް ވަރަކަށް މިވާހަކަތައް ނުދައްކައި ހުރުމުން، ޕާޓީގެ މެމްބަރުންގެ ތެރޭގައި، ބައެއް މެމްބަރުންގެ ތެރޭގައި ހިތް ނުތަވަސްކަން އުފެދޭކަން ގަބޫލުކުރެވޭ،" މުއިއްޒު ވިދާޅުވި އެވެ.

އެހެން ނަމަވެސް މިރޭ ދެއްކެވި ވާހަކަތަކީ އާ ވާހަކަތަކެއް ނޫން ކަމަށާއި ޕާޓީގެ އޮފީސް ކުރިމަތީ މީގެ ދެރެއެއް ވަރު ކުރިން ކުރި އިހުތިޖާޖެއްގައި ވެސް ދައްކަވާފައި ވާނީ މިރޭ ދެއްކެވި ވާހަކަތައް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޮޑު އަގުގައި ޑޮލަރު ވިއްކުމުގެ ތުހުމަތުގައި 3 ބިދޭސީން ބަންދަށް

ހުއްދަނެތި ބޮޑު އަގުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ތިން މީހަކު ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ވަނީ އަތުލައިގަނެފަ. މި މީހުން އަތުލައިގަތީ ކަޅު ބާޒާރުގައި ޑޮލަރުގެ މުއާމަލާތްކުރާ ފަރާތްތައް ހޯދުމަށް ސަރުކާރުން އެކުލަވާލާފައިވާ ހާއްސަ ޓާސްކްފޯހަށް ލިބުނު މައުލޫމާތަކާ ގުޅިގެން.

ޖަރުމަނު ކޮންސުލޭޓު ބަންދުކުރީ ސަރުކާރާ ހެދި: ނަޝީދު

ނަޝީދު ތުހުމަތުކުރައްވާފައިވާ ގޮތުގައި ޖަރުމަނު ސަރުކާރުން ރާއްޖޭގައި ހުންނަ އެ ގައުމުގެ ކޮންސިއުލޭޓް ބަންދުކުރީ، އޮނަރަރީ ކޮންސުލްގެ މަގާމަށް ވަކި މީހަކު އައްޔަންކުރުން ދިވެހި ސަރުކާރުން ނުފޫޒު ފޯރުވުމުން.

ޔާމީނަށް ހުކުމް އިއްވުން މި މަހު 29 އަށް ތާވަލުކޮށްފި

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ނިންމާލައިފި. ޔާމީންގެ ފަރާތުން ހުލާސާ ބަޔާން ހުށަހަޅަމުން ވަކީލުން ވިދާޅުވީ، އެމަނިކުފާނާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިތަކުގައި ފުށުއެރުންތަކެއް ހުރި ކަމަށާއި ކުށް ސާބިތުވާވަރުގެ ހަރުދަނާ ހެއްކެއް ނެތް ކަމަށް.

މީހުންގެ އަގުވައްޓާލަން އޭސީސީއަށް ހުށަހެޅުން ހުއްޓުވަން އުސޫލެއް

އޭސީސީން ބުނީ އަސާސެއް ނެތް ކަންކަމުގައި މީހުންގެ އަގުވައްޓާލުމަށް ހުށަހަޅާ މައްސަލަތަކުގައި އަމަލުކުރާނެ ހާއްސަ އުސޫލެއް އެކުލަވާލުމުގެ މަސައްކަތް މިހާރު އޮތީ ފަހު މަރުހަލާގައި ކަމަށް. އީޔޫގެ އެހީތެރިކަމާއެކީ އެކުލަވާލާ މި ސްޓްރެޓެޖީގެ ސަބަބުން ނުބައި ނިޔަތުގައި ހުށަހަޅާ މައްސަލަތަކަށް ހައްލެއް ލިބޭނެ ކަމަށް އެ ކޮމިޝަނުން ބުނި.

ގަވާއިދާ ހިލާފަށް ވަދެ އުޅުނު ތިން މަސް ބޯޓު ހިފަހައްޓައިފި

ރާއްޖޭގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ އުޅުނު ބޭރުގެ ތިން މަސް ބޯޓު އަތުލައިގަތީ އެމްއެންޑީއެފް ކޯސްޓްގާޑާއި އެއާ ކޯ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި. އަރިއަތޮޅުގެ ހުޅަނގުން އަތުލައިގަތް މި ބޯޓުތައް މިހާރު މާލެ ސަރަހައްދަށް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން.

ގޯތި ދޫކުރުމުގެ އުސޫލު ބަދަލުކޮށް ކުރިމަތިލާން ހުޅުވާލައިފި

ކ. ހުރާއިން 150 ގޯތި ދޫކުރުމުގެ އުސޫލަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު އެ ރަށު ކައުންސިލުން އަލުން ވަނީ ހުޅުވާލައިފި. އައު އުސޫލުގެ ދަށުން ރަށުގައި ދިރިއުޅޭ އާއިލާތަކަށާއި އުފަން ރަށްވެހިންނަށް އިސްކަންދޭ ގޮތަށް ޕޮއިންޓް ދިނުމުގެ މިންގަނޑުތަކަށް ވަނީ ބަދަލުތަކެއް ގެނެސްފައި.

ރަސްމާލޭގެ ތަންތަން ދާއިމީކުރުމުގެ ފުރުސަތެއް ނެތް: މުއްތަލިބު

ރަސްމާލެ މަޝްރޫއަކީ އިޒްރޭލު މީހުން ވަޒަންވެރިކުރުވަން ހިންގާ މަޝްރޫއެއް ކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކުރައްވައި، މުއްތަލިބު ވިދާޅުވީ ބިންތައް އަބަދުވެސް އޮންނާނީ ދިވެހި ދައުލަތުގެ ފުރިހަމަ ބާރުގެ ދަށުގައި ކަމަށް. އަދި، މި ޝަހަރުގައި ދިވެހިންގެ ނިސްބަތް ގިނަ ކުރަން ތަންތަން ވިއްކާއިރު ދިވެހިންނަށް އިސްކަން ދޭން ކަމަށް އޭނާ ވިދާޅުވި.

Newsletter

Get the latest news delivered straight to your inbox