މަތީ ދަރަޖައިގެ އިނާމު ލިބުނަސް، ރޮބޯމޭން ހުރީ "ކެރެކްޓާ"ގައި

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސް ދެއްވާ އިނާމާ ހަވާލުވުމަށް ރޮބޯމޭން ރައީސް އޮފީހުގައި: އިނާމު ހަވާލުކޮށްދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު -- ފޮޓޯ: ރ

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސް ދެއްވާ އިނާމާ ހަވާލުވުމަށް ރޮބޯމޭން ރައީސް އޮފީހުގައި: އިނާމު ހަވާލުކޮށްދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު -- ފޮޓޯ: ރ

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމު, ކުޑަކުދިންގެ މެދުގައި މަގުބޫލު ކެރެކްޓާ، ރޮބޯމޭންއަށް ލިބުނަސް، އޭނާއަކީ ކާކުކަން ހާމަނުކޮށް އިނާމާ ހަވާލުވެއްޖެ އެވެ.

ރޮބޯމޭންއަކީ ކުޑަކުދިން މުނިފޫހިފިލުވަން ދިވެހި ޒުވާނަކު އުފެއްދި "ކެރެކްޓާ"އެކެވެ. އޭނާގެ މަސައްކަތަކަކީ ކުޑަކުދިންގެ އެކި ހަރަކާތްތަކުގައި ހާއްސަ ރޮބޮޓިކް ސްޓައިލްގެ ނެށުންތައް ގެނެސްދިނުމާއި ކުޑަކުދިން ހެއްވަން ރޮބޮޓެއްހެން ހަރަކާތް ކުރުމެވެ.

މިއަދު ފާހަގަކުރަމުންދާ މިިނިވަން ދުވަހުގެ މުނާސަބަތުގައި މިއަދު ހެނދުނު ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމިއްޔާތުގައި، ރޮބޯމޭންއަށް އެ އިނާމު ދީފައި ވަނީ، ހުނަރުވެރި ފަންނުވެރި މަސައްކަތްތެރި ޒުވާނުން ގައުމީ ތަރައްގީއަށް ކުރާ އުފެއްދުންތެރި އީޖާދީ މަސައްކަތުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހާސިލުކޮށްފައިވާތީ އެވެ. މިއީ މި ރާއްޖޭގައި މިކަހަލަ ކެރެކްޓާއަކަށް އިނާމު ދިން ފުރަތަމަ ފަހަރެވެ.

މި އިނާމު އޭނާއަށް ދިނަސް، އެ ކެރެކްޓާގެ އަޑީގައި ހުރީ ކާކު ކަމެއް ހާމައެއް ނުކުރެ އެވެ. އިނާމު ދިނުމުގެ ޖަލްސާގައި އިއުލާނު ކުރީ ވެސް އިނާމު ލިބެނީ "ރޮބޯމޭން"އަށް ކަމަށެވެ. ރައީސް އޮފީހުގެ ވެބްސައިޓުގައި އާންމުކޮށްފައި ވަނީ ވެސް އެހެންނެވެ.

ޖަލްސާގައި އިނާމާ ހަވާލުވީ ރޮބޯމޭންގެ ބައްޕަ އެވެ. އެކަމަކު، އިނާމާ ހަވާލުވާން އޭނާ ރައީސް އޮފީހަށް ދިޔަ އެވެ. އެތަނަށް ދިޔައީ ވެސް މުޅިން ކެރެކްޓާގައި މޫނު ނިވާކޮށްގެންނެވެ. އެކަމަކު، އެފަދަ މުނާސަބަތާ ގުޅޭނެހެން ފޯމަލް ސޫޓެއް ލައިގެންނެވެ. އެ ސޫޓާއެކު އަބަދުވެސް ބަލޮގައި އޮންނަ ތޮފި ވެސް އަޅާފައި ހުއްޓެވެ.

ރޮބޯމޭން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު -- ފޮޓޯ: އަޖުފާން
ރޮބޯމޭން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު -- ފޮޓޯ: އަޖުފާން

ރޮބޯމޭން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު -- ފޮޓޯ: އަޖުފާން

އިނާމު ލިބުނީތީ ޝުކުރުއަދާކޮށް ރޮބޯމޭން އޭނާގެ ފޭސްބުކްގައި ލިޔުނުު ޕޯސްޓުގައި، ރައީސް އޮފީހުގައި އޭނާ ކެރެކްޓާގައި ހުރެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ސަލާމްކުރައްވާތަން ފެނެ އެވެ.

ރޮބޯމޭންއަކީ އަކީ ވާހަކަ ދައްކާ ކެރެކްޓާއެއް ނޫނެވެ. ހަމައެކަނި ކުރަނީ އިޝާރާތެވެ. ކުޑަކުދިން ހެއްވަން ރޮބޮޓެއްހެން އޭނާ މަޖާ ހަރަކާތްތައް ޖައްސަ އެވެ. ކުޑަކުދިންގެ އުފަންދުވަހުގެ ޕާޓީތަކާއި ހިތާނީ ޕާޓީތަކާއި ކުޑަކުދިންގެ ހަވީރުތައް ފަދަ އިވެންޓުތަކުން ރޮބޯމޭން ފެންނަތާ މިހާރު އަށް ވަރަކަށް އަހަރު ވެއްޖެ އެވެ.

ރޮބޯމޭންގެ މަގުބޫލުކަން ބޮޑުވެ، އޭނާ ބައެއް ރަށްރަށް ހާއްސަ އިވެންޓުތަކަށް ދަތުރު ވެސް ކުރެ އެވެ. އެ ދަތުރުތަކުގެ ވީޑިއޯތައް އޭނާގެ ފޭސްބުކްގައި އާންމު ކުރެ އެވެ.ނދަރިއެއް ބަލިވުމުން ނުވަތަ ހިތާނަ ކުރުމުން އެ ކުއްޖާ ހިތްހަމަޖައްސާލަން ރޮބޯމޭންއަށް ގުޅުމަކީ މިހާރު ވަރަށް އާންމު ކަމެކެވެ.

އެކި ޖަމިއްޔާތަކާ ގުޅިގެން ހާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ގޭގެއަށް ގޮސް އޭނާ އެކުދިންނާ އެކު ވަގުތު ހޭދަ ކުރާ މަންޒަރުތައް ފެންނަ ވީޑިއޯތަކަށް ވެސް ގިނަ ބައެއްގެ ލޯބި ލިބެ އެވެ.

އިނާމާ ހަވާލުވެ، ރޮބޯމޭންގެ ފޭސްބުކް ޕޯސްޓުގައި ބުނީ ފާއިތުވި އަށް އަހަރު އޭނާ ކުރީ ފަސޭހަ ދަތުރެއް ނޫން ކަމަށެވެ.

"މިމަގު [މި ހިސާބަށް] އައުމުގެ މަގު ފަސޭހައެކޭ އަހަރެެން ނުބުނާނަން. އަހަރެންނަމީ އާދަޔާ ހިލާފު މީހެކޭ ނުބުނާނަން،" ފޭސްބުކް ގައި ލިއުނު ލިއުމުގައި ރޮބޯމޭން ބުންޏެވެ.

އެ ޝަރަފުވެރި އިނާމާ ހަވާލުވާއިރު، ލިބޭ އުފާވެރިކަމާއެކު، ހަނދާނަށް އަންނަނީ އޭނާ އެހާ ހިސާބަށް ގެންދަން އެހީތެރިވެދިން އެންމެން ކަމަށް ބުންޏެވެ. ދެކެމުން އައި ހުވަފެން ހަގީތަކަކަށް ހަދަމުން އައި އިރު އެހީތެރިވި އަދި އެހީތެރިވަމުންދާ އެންމެނަށް އޭނާ ޝުކުރު އަދާ ކުރި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox