ދައުލަތުން ދޭ ޝަރަފްވެރިކަމުގެ އިނާމު ހަތަރު ބޭފުޅަކަށް އަދި ހިތްވަރުދިނުމުގެ އިނާމު 17 ބޭފުޅަކަށް ދީފި އެވެ.
މިއަހަރުގެ ގައުމީ އިނާމު ދެ ކުންފުންޏަކަށް ވެސް ދިނެވެ. އެއީ ޝަރަފްވެރިކަމުގެ އިނާމު ދިން އެއް ކުންފުންޏަކާއި، ހިތްވަރު ދިނުމުގެ އިނާމު ލިބުނު އެއް ކުންފުންޏެވެ. ކުންފުނިތަކަށް ގައުމީ އިނާމު ދިނުމަކީ މިއަހަރު އަލަށް ފެށި ކަމެކެވެ.
ޝަރަފުވެރިކަމުގެ އިނާމާއި ހިތްވަރު ދިނުމުގެ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންނަށް އެ އިނާމާއި އައްޑަނައާއި ބެޖް ދިނީ މިއަހަރުގެ މިނިވަން ދުވަސް ފާހަގަކުރަން ސޯޝަލް ސެންޓަރުގައި މިއަދު ބޭއްވި ޖަލްސާގައެވެ. އެ ބޭފުޅުންނަށް އިނާމާއި އައްޑަނައާއި ބެޖް ދެއްވީ ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.
ޝަރަފުވެރިކަމުގެ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުން
- އައްޝައިހް އަހުމަހު ފަހުމީދީދީ - އިސްލާމް ދީނަށް ހޭލުންތެރިކަން އިތުރުކުރުވުމާއި ދީނީ އިލްމު އުގަންނައިދިނުން
- ރަޝީދާ އިބްރާހިމް - ދިވެހިބަހުގެ އަދަބިއްޔާތު ދާއިރާ
- ކެޕްޓަން އަހުމަދު ޒުބައިރު - ދަތުރުފަތުރުގެ ދާއިރާ
- މައިޒާން އަލިމަނިކު - ކުޅިވަރު ދާއިރާ
- ވޮޔޭޖަސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް - ފަތުރުވެރިކަމުގެ ދާއިރާ
ހިތްވަރު ދިނުމުގެ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުން
- އަލްގާރީ އިބްރާހީމް ރަމްޒީ - ކީރިތި ގުރުއާބް އިލްމުގެ ދާއިރާއިން އުގަންނައިދިުޖމާއި އުނގެނުން
- އައްޝައިހް ހަސަން ލަތީފް މޫސާ - ދީނަށް ހިދުމަތްކުރުމާއި އިލްމު އުގަންނައިދިނުން
- އަލީ އާމިރު - ދިވެހި ބަހާއި އަދަބިއްޔާތުގެ ރޮނގުން ވާހަކަ ދެއްކުމުގެ ފަންނު ކުރިއެރުވުުން
- ފާރޫގު އަހުމަދު - ދިވެހި ބަހާއި އަދަބިއްޔާތުގެ ރޮނގުން ލިއުންތެރިކަމުގެ ރޮނގުން
- ލިއުންތެރިންގެ ގުޅުން - ދިވެހި ބަހާއި އަދަބިއްޔާތުގެ ރޮނގުން ބަސް ދިރާސާކުރުން
- އަބްދުއްސަމަދު އަލީ - ދިވެހި ސަގާފަރާއި އާދަކާދަ ދާއިރާ ފަންނުވެރިން ދިރުވައި އާލާކުރުން
- މުހައްމަދު ވަޖީހު - ތައުލީމު އުގަންނައިދިނުމުގެ ރޮނގުން
- އިބްރާހިމް ރަޝީދު - މަސްވެރިކަމުގެ ދާއިރާ
- ހަސަން ސައީދު - ފަތުރުވެރިކަމުގެ ދާއިރާ
- ޝިޔާމާ އަހުމަދު - އިޖުތިމާއީ ހިދުމަތުގެ ދާއިރާ ދެމެހެއްޓެނިވި ގޮތެއްގައި ވަޒީފާގެ ފުރުސަތު ގާއިމްކުރުން
- ކެޑޭޓް މޭޖާ ޔާސިރު މުހައްމަދު - މުޖުތަމައުގެ ދުޅަހެޔިކަމާއި ޒުވާނުންގެ ތަރައްގީއަށް މަސައްކަތްކުރުން
- ޝިފްޒާ މުސްތަފާ - ހަބަރާއި މައުލޫމާތު ފެތުރުން
- އަހުމަދު މުހްސިން - ހަބަރާއި މައުލޫމާތު ފެތުރުން
- އަހުމަދު ސަލީމް - ކުޅިވަރުގެ ދާއިރާ
- އާމިނަތު ޝާނީ - ކަލިނަރީ އާޓްސް
- އަހްމަދު އަޒުމީ ހަލީމް - ވިޜުއަލް އާޓްސްގެ ދާއިރާއިން
- ނިހާން ނަސީރު - ޕާފޯމިން އާޓްސް
- ސާޖަންޓު އަބްދުﷲ ޝަހުނީދު - ޒުވާނުންގެ ދާއިރާ
ގައުމީ އިނާމަށް ބޭފުޅުން ހޮއްވެވީ، އެކަމަށްޓަކައި ރައީސް އެކުލަވައިލެއްވި ގައުމީ އިނާމާ ބެހޭ ކޮމިޓީންނެވެ. މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސް ދެއްވާ ހާއްސަ އިނާމު ލިބިވަޑައިގަންނަވާ ބޭފުޅުން ހޮއްވެވީ، އެކަމަށްޓަކައި ރައީސް އެކުލަވައިލެއްވި ހާއްސަ އިނާމާ ބެހޭ ކޮމިޓީންނެވެ.












