ތަފާތު ހިޔާލުތަކަށް ޖާގަ ދިނުމަކީ މިނިވަންކަމާއި ގައުމުގެ ހަމަޖެހުމަށް މުހިންމު ކަމެއް: މާރިޔާ

ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު : މާރިޔާ ވިދާޅުވީ ތަފާތު ހިޔާލުތަކަށް ޖާގަދިނުމަކީ މިނިވަންކަމަށް މުހިންމު ކަމެއް ކަމަށް - ފޮޓޯ: ރައީސް އޮފީސް

ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު : މާރިޔާ ވިދާޅުވީ ތަފާތު ހިޔާލުތަކަށް ޖާގަދިނުމަކީ މިނިވަންކަމަށް މުހިންމު ކަމެއް ކަމަށް - ފޮޓޯ: ރައީސް އޮފީސް

ތަފާތު ހިޔާލުތަކަށް ޖާގަދިނުމަކީ ރާއްޖޭގެ މިނިވަންކަމާއި ގައުމުގެ ހަމަޖެހުމަށް ވަރަށް މުހިންމު ކަމެއް ކަމަށް ޑިފެންސް މިނިސްޓަރު މާރީޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަކުރަމުންދާ ރާއްޖޭގެ 58 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ދެއްވި ހާއްސަ ހިތޯބެއްގައި މިނިސްޓަރު އިތުރަށް ވިދާޅުވީ، ހަމަހަމަ ފުރުސަތު ހޯދައި ދިނުމާއި ވިޔަފާރި އާއި އިގްތިސޯދުގައި ރައްޔިތުންނަށް ބައިވެރިވެވޭނެ ފަހި މާހައުލެއް އޮތުމާއި، އާންމުންގެ ފުދުންތެރިކަން އިތުރުކުރުމަކީވެސް މިނިވަންކަމާ ގުޅިލާމެހިފައިވާ ކަމެކެވެ.

"ތަފާތު ހިޔާލުތަކަށް ޖާގަދީ، އެކަކު އަނެކަކަށް އިހުތިރާމުކޮށް، ގުޅިގެން މަސައްކަތް ކުރުމަކީ މިނިވަންކަމާއި ގައުމުގެ ހަމަޖެހުން ދެމެހެއްޓުމަށް މުހިންމު ކަމެއް," މާރިޔާ ވިދާޅުވި އެވެ.

މިނިސްޓަރު މިކަންކަން ފާހަގަކުރެއްވީ، މިނިވަންކަމަކީ ހަމައެކަނި އަސްކަރީ ބާރާއި ގުޅިފައިވާކަމެއް ނޫންކަމަށް ވިދާޅުވެފަ އެވެ.

"ބަދަލުވަމުންދާ ސަރަހައްދީ މާހައުލާއި، އިސްތިހާރީ ހަލަބޮލިކަމުގެ ތެރެއިން، މިގައުމު ކުރާ ދަތުރު އަމާންކަމާ އޮމާންކަމާ ހަމަޖެހުމާއެކު ކުރިއަށް ގެންދިއުމުގެ ހަކަތަޔަކީ އަޅުގަނޑުމެންގެ އެއްބައިވަންތަކަން" މިނިސްޓަރު ވިދާޅުވި އެވެ.

ކޮވިޑުގެ ބަލިމަޑުކަމަށްފަހު މިނިވަން ދުވަސް ކުލަގަދަކޮށް ފާހަގަކުރަމުން ނުދިޔަ ނަމަވެސް މި އަހަރު ސަރުކާރުން ވަނީ މިނިވަންދުވަހާ ގުޅުވައިގެން ގިނަ ހަރަކާތްތަކެއް ރާވާފަ އެވެ. އެގޮތުން ހެވިކަމުގެ ކުޅިވަރުތަކާއި، ޕެރޭޑާއި، ފުޅަނދުބުރުގެ އިތުރުން ހުޅުމާލެ ބަލަހައްޓާ އާބަންކޯއާ ގުޅިގެން "މިނިވަން އުފާ" ގެ ނަމުގައި އެ ރަށުގެ ސެންޓްރަލް ޕާކުގައި އަށްޑުވަހަށް ދެމިގެންދާ ކާނިވަލެއް ބޭއްވުމަށް ވަނި ހަމަޖެހިފަ އެވެ.

ދިވެހިރާއްޖޭގެ މިނިވަން ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް ޖުލައިމަހުގެ 26 ވަނަ ދުވަހެވެ. ދިވެހިރާއްޖެއަށް ފުރިހަމަ މިނިވަންކަން ލިބިފައި ޖުލައި 26، 1965 ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox