ވަގު އެކައުންޓެއްގެ ޓުވީޓު ސިޔާމް ޑިމޮކްރެޓްސްގެ ބޮލުގައި އެޅުވީ ރައީސް އަންގައިގެން: ހަސަން ލަތީފު

 ޑިމޮކްރެޓްސްގެ ވަގުތީ ޗެއާޕާސަން ހަސަން ލަތީފު : ވިދާޅުވީ ސިޔާމް ވަގު އެކައުންޓެއްގެ ޓުވީޓު ޑިމޮކްރެޓްސްގެ ބޮލުގައި އެޅުވީ ރައީސް އަންގައިގެން ކަމަށް - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ޑިމޮކްރެޓްސްގެ ވަގުތީ ޗެއާޕާސަން ހަސަން ލަތީފު : ވިދާޅުވީ ސިޔާމް ވަގު އެކައުންޓެއްގެ ޓުވީޓު ޑިމޮކްރެޓްސްގެ ބޮލުގައި އެޅުވީ ރައީސް އަންގައިގެން ކަމަށް - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ސަން ކުންފުނީގެ ވެރިޔާ އަދި އެމްޑީއޭގެ ލީޑަރު އަހްމަދު ސިޔާމް މުހައްމަދު، އެ ގައުމަށް ވަޑައިގަތުމުން އޭނާގެ ޕާސްޕޯޓު ހިފަހައްޓާފައިވާ ކަމަށް ބުނެ ދޮގު ހަބަރު ފެތުރުމުގު ތުހުމަތު އަލަށް އުފެއްދި ދަ ޑިމޮކްރެޓްސްއަށް ކުރެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަންގަވައިގެން ކަމަށް ޑިމޮކްރެޓްސްގެ ވަގުތީ ޗެއާޕާސަން ހަސަން ލަތީފު ވިދާޅުވެއްޖެ އެވެ.

ސިޔާމްގެ ތުހުމަތު ތަކާއި ގުޅިގެން ސުވާލުކުރުމުން ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރުކަންވެސް ކުރައްވާ ހަސަން ލަތީފު "އަދަދު" އަށް ވިދާޅުވީ، އެބޭފުޅާ ކޮމެންޓުކުރައްވާއިރު ސިޔާމަށް މުހާތަބު ކުރައްވާނީ އެމްޑީއޭގެ ލީޑަރުގެ ގޮތުގައި ނޫން ކަމަށާއި މުހާތަބުކުރައްވާނީ އެމްއެމްޕީއާރުސީގެ ހިޔާނަތުގައި ދައުވާކޮށްފައިވާ ކުންފުންޏެއްގެ ވެރިޔާގެ ގޮތުގައި ކަމަށެވެ.

ހަސަން ލަތީފު ތުހުމަތުކުރެއްވި ގޮތުގައި، ސިޔާމް އެފަދައިން ތުހުމަތުކުރައްވައި "އެއްވެސް މީހަކަށް ކާކުކަން ނޭނގޭ ވަގު އެކައުންޓަކުން ކުރި ޓުވީޓަކާ ގުޅިގެން އެބޭފުޅުންގެ ޕާޓީއަށް ބަދުބަސް ވިދާޅުވީ 'ސީދާ ރައީސް ސޯލިހު އަންގަވައިގެން"ނެވެ.

Advertisement

"އަޅުގަނޑަކަށްވެސް ނޭނގޭ ހަސަން ކުރުސީ އަކީ ކާކު ކަމެއް، ތިބޭފުޅާއަކަށްވެސް ނޭނގޭ، ސަން ސިޔާމަކަށްވެސް ނޭނގޭ، ދެން ކިހިނެއް އެ ޑިމޮކްރެޓްސްއަށް ވަނީ؟ ރައީސް ސޯލިހު ވިދާޅުވާ ގޮތަކަށް ވާހަކަ އެ ދައްކަވަނީ، ރައީސް ސޯލިހު ވިދާޅުވެގެން އެ ވާހަކަ އެ ދައްކަވަނީ ސަން ޓްރެވަލް ސިޔާމް"

އެމްޑީޕީގެ ކުރީގެ ޗެއާޕާސަންކަންވެސް ކުރެއްވި ހަސަން ލަތީފު ތުހުމަތުކުރެއްވީ ރައީސް ސޯލިހާއެކު ކޯލިޝަން ހަދައިން ހުންނެވި އެމްޑީއޭގެ ލީޑަރު، ސިޔާމް އެ ހުންނެވީ 'ބްލެކްމެއިލް' ވެފައި ކަމަށާއި އެ ތުހުމަތު ތަކަކީ މަޖުބޫރީ ތުހުމަތުތަކެއް ކަމަށެވެ. އަދި ރައީސް ސޯލިހު ގެންދަވަނީ ކޯޓުގައި އޮތް ސިޔާމްގެ މައްސަލަތަކުގެ ނަހަމަ ބޭނުން ހިއްޕަވަމުން ކަމަށްވެސް އޭނާ ތުހުމަތުކުރެއްވި އެވެ.

ސިންގަޕޫރުގައި ހިނގަމުންދާ މައްސަލަ

ނ. އަތޮޅު އިރުފުށި ރިސޯޓް ހިންގަން 2009 ގައި ސަން ޓްރެވަލް އާއި ހިލްޓަން އިންޓަނޭޝަނަލްއާ ދެމެދު ހެދި އެއްބަސްވުން 2013 ގައި ސަން ޓްރެވަލްއިން އުވާލުމާ ގުޅިގެން ސިންގަޕޫރުގެ އާބިޓްރޭޝަނަށް ހިލްޓަނުން ހުށަހެޅި އެވެ. އަދި, މައްސަލާގައި ބަދަލުގެ ގޮތުގައި 24 މިލިއަން ޑޮލަރު (370 މިލިއަން ރުފިޔާ) ދެއްކުމަށް އޮތީ ހުކުމްކޮށްފަ އެވެ.

ސިޔާމްގެ ކުންފުނިން ފައިސާ ދައްކާފައި ނުވާތީ, އެ ނިންމުން ތަންފީޒުކޮށް ދިނުމަށް ހިލްޓަންއިން ސިންގަޕޫރުގެ ހައިކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ އަޑުއެހުންތަކަށް އޭނާ ހުރީ ސިންގަޕޫރުގަ އެވެ. ރާއްޖޭގެ ބައެއް މީޑިއާތަކުން ރިޕޯޓުކުރި ގޮތުގައި ސިޔާމްގެ ޕާސްޕޯޓު ހިފަހައްޓައި އޭނާއަށް ސިންގަޕޫރުން ފުރުން އޮތީ މަނާކޮށްފަ އެވެ.

އެހެން ނަމަވެސް ރޭ ރާއްޖެ އައިސް ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ސިޔާމް ވަނީ އެފަދަ އެއްވެސް ކަމެއް ހިނގާފައި ނުވާ ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިސްވެ އުފައްދަވާ ދަ ޑިމޮކްރެޓްސްއަށް ތުހުމަތުތަކެއް ކުރައްވި އެވެ.

ރިޔާސީ އިންތިހާބަށް 50 ދުވަހަށް ވެފައިވާއިރު ސިޔާމް އަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެވަނަ ދައުރަކަށް އެކުލަވާލި ކޯލިޝަންގެ މައި ޕާޓްނަރެކެވެ. މިރޭ ވެސް ސިޔާމް ވަނީ އިންތިހާބު ކާމިޔާބުވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އޮތް ކަމަށް ވިދާޅުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox