ކޮވިޑަށް ފަހު ފުރަތަމަ ފަހަރަށް މާލޭގައި ފުޅަނދުބުރު ބާއްވަނީ

މިނިވަން ދުވަސް ފާހަގަކުރަން 2019 ވަނަ އަހަރު ބޭއްވި ފުޅަނދުބުރުގެ މަންަޒަރެއް. ފޮޓޯ: ރައީސް އޮފީސް

މިނިވަން ދުވަސް ފާހަގަކުރަން 2019 ވަނަ އަހަރު ބޭއްވި ފުޅަނދުބުރުގެ މަންަޒަރެއް. ފޮޓޯ: ރައީސް އޮފީސް

މިނިވަން ދުވަސް ފާހަގަކުރުމުގެ ގޮތުން ފުޅަނދުބުރާއިއެކު މާލޭގައި ގިނަ ހަރަކާތްތަކެއް ބާއްވަން ނިންމައިފި އެވެ.

ރާއްޖެ ޓީވީގެ "ފަލަ ސުރުހީ" ޕްރޮގްރާމުގައި މައުލޫމާތު ދެއްވަމުން ހޯމް މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓާ އަރުޝަދު އަޝްރަފް ވިދާޅުވީ، ރާއްޖޭގެ 58 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި "މިނިވަން އުފާ 2023" ގެ ނަމުގައި ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށެވެ.

މިއަހަރުގެ މިނިވަން ދުވަހުގެ ހަރަކާތްތައް މިމަހުގެ 25 ވަނަ ދުވަހުން ފެށިގެން އަންނަ މަހުގެ ހަތަރު ވަނަ ދުވަހުގެ ނިޔަލަށް މާލޭގެ އިތުރުން ރަށްރަށުގައި ވެސް ގިނަ ހަރަކާތްތަކެއް ކުރިއަށް ދާނެ އެވެ.

ޖުލައި 26 ވަނަ ދުވަހުގެ ހެނދުނު ޖުމްހޫރީ މައިދާނުގައި ގައުމީ އިނާމު ދިނުމާއިއެކު ދިދަ ނެގުމުގެ ރަސްމިއްޔާތު އޮންނާނެ އެވެ. އަދި އެރޭ ގަލޮޅު ދަނޑުގައި ހެވިކަމާއި ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ސުކޫލު ކުދިން ހުށަހަޅައިދޭ ހަރަކާތްތައް ވެސް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

2022 ވަނަ އަހަރުގެ މިނިވަން ދުވަހުގެ ޕެރޭޑް -- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
2022 ވަނަ އަހަރުގެ މިނިވަން ދުވަހުގެ ޕެރޭޑް -- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

2022 ވަނަ އަހަރުގެ މިނިވަން ދުވަހުގެ ޕެރޭޑް -- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

މީގެ އިތުރުން ޖުލައި 27 ވަނަ ދުވަހުގެ ހަވީރު މިނިވަން ދުވަހުގެ ޕެރޭޑު އޮންނާނެ އެވެ. އަދި އެރޭ އެންމެ ގިނަ ބަޔަކު އިންތިޒާރުކުރާ ފުޅަނދުބުރު ކުރިއަށްދާނެ އެވެ.

ފުޅަނދުބުރު އޮންނާނީ ސޯސަން މަގާއި މެދުޒިޔާރަތް މަގާއި މަޖީދީ މަގުގެ އިތުރުން ހުޅުމާލޭގައެވެ. 28 ވަނަ ދުވަހުގެ ހަވީރު ހުޅުމާލެ ސެންޓްރަލް ޕާކުގައި ފުޅަނދު ބުރުތައް ދައްކާލުން ވެސް ކުރިއަށް ދާނެ އެވެ.

ޖުލައި 28 ވަނަ ދުވަހުން ފެށިގެން އޮގަސްޓް ހަތަރެއްގެ ނިޔަލަށް ގިނަ ހަރަކާތްތަކަކާއިއެކު ހުޅުމާލޭގައި ކާނިވަލެއް ވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށް މިނިސްޓްރީއިން މައުލޫމާތު ދެއެވެ.

އެންމެ ފަހުން މާލޭގައި ފުޅަނދުބުރެއް ބޭއްވީ 2019 ވަނަ އަހަރުގަ އެވެ. ސަރުކާރުގެ ކުންފުނިތަކުން ބައިވެރިވާ މި ހަރަކާތުގައި މިއަހަރު ވެސް ގިނަ ކުންފުނިތަކަކުން ބައިވެރިވެ އެވެ. އަދި މިނިވަން ދުވަހުގެ މި ހަރަކާތްތަކުގައި ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ދެކަނބަލުން ވެސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ހޯމް މިނިސްޓްރީއިން ބުނެއެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox