ފުވައްމުލައް ފަރަށް ހިލަބާޖް އެރި މައްސަލަ އީޕީއޭއިން ބަލަނީ

ފުވައްމުލަކު ގިރާ ސަރަހައްދަށް ގެންދިޔަ ބާޖެއް އަރިއަޅާލާފައި: ފުން ކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުން -- ފޮޓޯ: ރިޒާ އިސްމާއިލް

ފުވައްމުލަކު ގިރާ ސަރަހައްދަށް ގެންދިޔަ ބާޖެއް އަރިއަޅާލާފައި: ފުން ކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުން -- ފޮޓޯ: ރިޒާ އިސްމާއިލް

ފުވައްމުލައް ގިރާ ސަރަހައްދު ހިމާޔަތްކުރަން ބޭނުންވާ ހިލަ ބަރުކޮށްގެން ދިޔަ ބާޖެއް އެ ރަށު ފަރަށް އެރި މައްސަލަ އެންވަޔަރްމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)ީ އިން ބަލާނެ ކަމަށް އެ އެޖެންސީން ބުނެފި އެވެ.

ފުވައްމުލައް ފަރަށް އެ ބާޖު އެރީ އިއްޔެ އެވެ. ބާޖު ފަރުމައްޗަށް އެރުމުގެ ސަބަބުން މިހާރު އޮތީ އަރިއަޅާލާފަ އެވެ. އީޕީއޭގެ ޑިރެކްޓަރް ޖެނެރަލް އިބްރާހީމް ނައީމް "އަދަދު" އަށް ވިދާޅުވީ، ފަރަށް އެރި ބާޖުގެ ވެރިފަރާތުން އީޕީއޭއަށް ދޮގުމައުލޫމާތު ދީފައިވާ ކަމަށެވެ. ވެރިފަރާތުން ބާޖު ފަރަށް ނާރާ ކަމަށް ބުނި ނަމަވެސް ބާޖު ފަރަށް އަރާފައިވާކަން އީޕީއޭއަށް އިނގިފައިވާ ކަމަށާއި އެ މައްސަލަ އެ އޮތޯރިޓީން ބަލާނެ ކަމަށް ނައީމް ވިދާޅުވި އެވެ.

ފުވައްމުލައް ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ ދަށުން ބޮޑުހިލަ ޖެހުމުގެ މަސައްކަތް ކުރަމުން އަންނީ އެމްޓީ ހޯގާޑު ކުންފުނިންނެވެ. މި މަޝްރޫއުގެ ދަށުން އެ ރަށުގެ އިރުމަތީ ފަރާތުގައި 2650 މީޓަރުގެ ބޮޑުހިލަ ތޮއްޓެއް ގާއިމުކުރުމަށް ވަނީ ހަމަޖެހިފަ އެވެ. ނެދަލެންޑްސްގެ ގްރާންޓް އެހީ އަދި ކުވައިތު ފަންޑުން ފައިނޭންސް ކުރާ މި މަޝްރޫއަށް ޖުމްލަ 300 މިލިއަން ރުފިޔާ ހޭދަވާނެ އެވެ.

މި ހާދިސާއާ ގުޅިގެން އިއްޔެ "އަދަދު" އަށް މައުލޫމާތު ދެއްވި ފުވައްމުލަކު ސިޓީ ކައުންސިލްގެ އޮފިޝަލް ވިދާޅުވީ ބާޖު ފުންކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އިތުރު ތަފުސީލު ދޭނީ ހޯގާޑު ކުންފުނިން ކަމަށެވެ. ނަމަވެސް އެ ކުންފުނީގެ ބަހެއް އަދި ނުލިބެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox