ފުވައްމުލަކު ގިރާ ސަރަހައްދު ހިމާޔަތްކުރަން ބޭނުންވާ ހިލަ ބަރުކޮށްގެން ދިޔަ ބާޖެއް މިއަދު އަރި އަޅާލައި, ފަރަށް އަރައިފި އެވެ.
ފުވައްމުލައް ސިޓީ ކައުންސިލުގެ މީޑިއާ އޮފިޝަލަކު "އަދަދު" އާ ވާހަކަ ދައްކަމުން ބުނީ, އެރަށުގެ ގިރާ ސަރަހައްދުގެ ތޮށުލިމުގެ މަސައްކަތް ކުރަން ބޭނުންވާ ހިލަ ހިފައިގެން އައި ބާޖެއް ފަރަށް އަރާފައިވާ ކަމަށެވެ.
އެ ބާޖު ފަރަށް އެރީ އެ މަސައްކަތް ކުރާ ސަރަހައްދަށް ކަމަށް ވެސް އޭނާ ބުންޏެވެ.
ސިޓީ ކައުންސިލްގެ މީޑިއާ އޮފިޝަލް ބުނީ, ބާޖު ފަރަށް އެރީ މަސައްކަތް ކުރާ ސަރަހައްދަށް މުދާ ވައްދައި, ނެރެން ބޭނުންކުރަމުން އަންނަ ބަނދަރަށް ވަންނަ ދިމާލުގައި އޮއްވައި އަރިއަޅާލައިގެން ކަމަށެވެ.
"މިހާރު ބާޖު ފުންކުރުމުގެ މަސައްކަތް އަންނަނީ ކުރަމުން،" މީޑިއާ އޮފިޝަލް ބުންޏެވެ.

އޭނާ ބުނީ, މިކަމަ ބެހޭ އިތުރު މައުލޫމާތު ހަމަކުރާނީ ހޯގާޑް ކުންފުނިން ކަމަށެވެ.
ގިރާ ސަރަހައްދު ހެދުމުގެ މަސައްކަތް ކުރާ ހޯގާޑް ކުންފުންޏަށް ގުޅުމުން ބުނީ އެކަމާ ގުޅޭ އެއްވެސް މައުލޫމާތެއް މިވަގުތު ހާމަކުރަން ބޭނުން ނުވާ ކަމަށެވެ.













