ޗައިނާގައި ޖޫން މަހު ކޮވިޑުގެ 239 މަރު

Jul 7, 2023, 3:03 AM
ޗައިނާގައި ޖޫން މަހު ކޮވިޑުގެ 239 މަރު

ނިމިގެން ދިޔަ ޖޫން މަހު ޗައިނާގައި ކޮވިޑު ޖެހިގެން 239 މީހުން މަރުވެފައިވާ ކަމަށް އެ ގައުމުން ބުރާސްފަތި ދުވަހު ބުނެފި އެވެ.

ޗައިނާގެ ސެންޓަ ފޯ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން އިން ބުނެފައިވާ ގޮތުގައި އެ ގައުމުގައި ކޮވިޑު ޖެހޭ މީހުންނާއި އެ ބަލީގައި މަރުވާ މީހުން ދަނީ އިތުރުވަމުންނެވެ. މި އަހަރުގެ އޭޕްރީލް، މެއި މަހު ކޮވިޑު ޖެހިގެން އެ ގައުމުގައި މީހަކު މަރުވެފައިވާ ކަމަށް ރިޕޯޓުކޮށްފައި ނެތަސް، މެއި މަހު 164 މީހުން މަރުވައިވާ ކަމަށް އެ ގައުމުގެ ސީޑީސީ އިން ބުނެ އެވެ.

ދެ ހާސް ނަވާރަ ވަނަ އަހަރު ފަހުކޮޅު ޗައިނާއިން ފެނުނު ކޮވިޑާއި ގުޅިގެން ދެ އަހަރު ވަންދެން އޮތީ ވަރަށް ބޮޑަށް ހަރުކަށި ފިޔަވަޅުތައް އަޅައިފަ އެވެ. މި ފަހުން ކޮވިޑުގެ ކޭސްތައް އިތުރުވީ ދެ އަހަރަށް ފަހު މިދިޔަ ޑިސެމްބަރު މަހުގައި ފިޔަވަޅުތައް އުވާލުމާއެކު އެވެ.

ޑިސެމްބަރު މަހުން ފެށިގެން ކޮވިޑު ކޭސްތައް މައްޗަށް ދިޔަސް، ފެބްރުއަރީ މަހުގެ 23 ވަނަ ދުވަހު ކޮވިޑުގެ މަރު ސުމަކަށް ވެއްޓުނު ކަމަށް ޗައިނާގެ ސީޑީސީން ބުނެ އެވެ. ނަމަވެސް އެއަށް ފަހުން މެއި މަހުން ފެށިގެން އަލުން ވެސް ކޭސްތައް އިތުރުވާން ފަށައިފަ އެވެ. ގާތްގަނޑަކަށް 60،000 މީހުން މަރުވެފައިވާ ކަމަށް ރަސްމީ ނަންބަރު ތަކުން ދައްކަ އެވެ.

ޗައިނާގެ ރަސްމީ އިދާރާތަކުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާއަށް އަންގާފައިވާ ގޮތުގައި، ޖެނުއަރީ 3، 2020 އިން ޖުލައި 5، 2023 ގެ ނިޔަލަށް އެ ގައުމުގައި 99.2 މިލިއަން މީހުން ކޮވިޑަށް ޕޮޒިޓިވްވެ 121،490 މީހުން އެ ބަލީގައި އެ ގައުމުން ވަނީ މަރުވެފަ އެވެ.

ނަމަވެސް ތަޖުރިބާކާރުން ލަފާކުރާ ގޮތުގައި ޗައިނާގައި ކޮވިޑު ޖެހިގެން މަރުވި މީހުންގެ އަދަދު އެ ގައުމުން ބުނާ އަދަދަށް ވުރެ މާ މަތިވާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox