މާލެ ސިޓީކައުންސިލްގެ ޖަލްސާ ހޫނުވުން، ދެ ކައުންސިލަރުންގެ ވާހަކަ ތަފާތު

މާލޭ ސިޓީ ކައުންސިލްގެ ޖަލްސާއެއްގައި ކައުންސިލަރުން ބައިވެރިވެވަޑައިގަންނަވަނީ. ފޮޓޯ: މާލޭ ސިޓީކައުންސިލްގެ އިދާރާ

މާލޭ ސިޓީ ކައުންސިލްގެ ޖަލްސާއެއްގައި ކައުންސިލަރުން ބައިވެރިވެވަޑައިގަންނަވަނީ. ފޮޓޯ: މާލޭ ސިޓީކައުންސިލްގެ އިދާރާ

މާލޭ ސިޓީގެ އާންމު ބައްދަލުވުމަށް މޭޔަރު ޑރ. މުހައްމަދު މުއިއްޒު ގެ އަމިއްލަ ޕާޓީ، ޕީޕީއެމްގެ ކައުންސިލަރަކު ހުށަހެޅުއްވި މައްސަލައެއް އެޖެންޑާ ނުކުރެއްވުމުން، ޖަލްސާ ހޫނުވެ، މިއަދުގެ ޖަލްސާ ކުރިއަށް ނުގެންދެވުނު އިރު، ހިތްހަމަނުޖެހުން ފާޅުކުރެއްވި ދެ ކައުންސިލަރަކު ތަފާތު ދެގޮތަކަށް ވާހަކަ ދައްކަވައިފި އެވެ.

މިއަދުގެ ޖަލްސާ ހޫނުވީ ހެންވޭރު ހުޅަނގު ދާއިރާގެ ޕީޕީއެމް ކައުންސިލަރު އަހުމަދު އައިފާނު އެ ކައުންސިލްގެ ދާއިމީ ކޮމިޓީތައް އެކުލެވޭގޮތް ބަދަލުކޮށްދިނުމަށް އެދި ހުށަހެޅި މައްސަލަ އެޖެންޑާ ނުކުރުމުންނެވެ. އެކަމާ ނުރުހުން ފާޅުކުރައްވައި "ހުށަހަޅާ އެއްޗިހި އެޖެންޑާކޮށްދެއްވަން ވާނެ" ކަމަށް ވިދާޅުވެ އައިފާނާއެކު އެންމެ ފުރަތަމަ ޖަލްސާ ދޫކޮށް ނުކުމަވަޑައިގެންނެވީ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝެވެ.

އެކަން ހިނގައިދިޔަ ގޮތާ ބެހޭ ގޮތުން މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު "އަދަދު" އަށް ވިދާޅުވީ އައިފާން ހުށަހެޅުއްވި މައްސަލަ މިއަށް އެޖެންޑާ ނުކުރެއްވީ ހުށަހެޅުއްވިލެއް ލަސްކަމުން ކަމަށެެވެ.

"ގާނޫނުގައި ބުނެފައި އޮތީ 72 ގަޑިއިރު ކުރިން ފޮނުވަން ޖެހޭނެ ވާހަކަ، މުއްދަތަށް ވުރެ ފަހުން ފޮނުވީމާ އަޅުގަނޑު ދެންނެވިން އަންނަ ހަފްތާއަށް އެޖެންޑާ ކޮށްދޭނަމޭ. ދެން އެކަމުގައި ކުޑަ ހިޔާލުތަފާތުވުމެއް އެއައީ އަސްލުގައި،" މުއިއްޒު "އަދަދު" އަށް ވިދާޅުވި އެވެ.

މައްސަލަ ހުށަހެޅުއްވި، އަދި އެޖެންޑާ ނުކޮށްގެން ނުރުހުން ފާޅުކުރެއްވި ކައުންސިލަރު އައިފާން "އަދަދު"އަށް ވިދާޅުވީ 72 ގަޑިއިރު ކުރިން ހުށަހަޅަން އަސާސީ ގަވައިދުގައި އޮތަސް، އެއަށް ވުރެ ލަހުން ހުށަހަޅާ ކަންތައްތައް ވެސް މޭޔަރު މީގެ ކުރިން އެޖެންޑާކޮށްދެއްވާ ކަމަށެވެ. މިއަދު ހިތްހަމަނުޖެހުން ފާޅުކުރެއްވީ ކުއްލިއަކަށް އެކަން ބަދަލުކުރައްވައި، މިފަހަރުގެ މައްސަލަ އެޖެންޑާކޮށް ނުދެއްވީމާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިދިޔަ ހަފުތާގައި ވެސް ހަފުތާ ބަންދަށް ދިޔަ އިރު ހަމަ މިގޮތަށް 48 ގަޑިއިރު ކުރިން މައްސަލައެއް ހުށަހަޅައިގެން އެޖެންޑާ ކުރީ. އެހެންވީމާ އެގޮތަށް ކަންތައް ވަމުން އައިސްފައި މިއަދު ހަމަ ކުއްލިއަކަށް އެހެންބުނީމާ އެކަން އަޅުގަނޑުމެންނަކަށް ގަބޫލެއް ނުކުރެވޭނެ ދެއްތޯ،" އައިފާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މޭޔަރާ މަޝްވަރާކޮށްގެން، އެ މައްސަލަ ހައްލުކުރެވޭތޯ މަސައްކަތް ކުރައްވާނެ ކަމަށާއި މިއަދު ޖެހުނީ ސިޔާސީ މައްސަލައެއް ނޫން ކަމަށެވެ.

"އަޅުގަނޑުމެން ހަމަ ވަރަށް ގުޅިގެން މަސައްކަތްކުރާ ކައުންސިލެއް މި ކައުންސިލަކީ. އެއްވެސް ގޮތަކަށް މިއުޅެނީކީ ސިޔާސީ ހިޔާލުތަފާތުވުންތަކެއް ދިމާވެގެން އުޅޭ ކަމެއް ނޫން،" އޭނާ ވިދާޅުވި އެވެ.

އޭގެ ހެއްކަކީ އޭނާ ވިދާޅުވި ގޮތުގައި މިއަދު ނުރުހުން ފާޅުކުރެއްވި ކައުންސިލަރުންގެ ތެރޭގައި ހުރިހާ ޕާޓީތަކެއްގެ ކައުންސިލަރުން ވެސް ހިމެމެވެ.

އެހެން ނަމަވެސް ޑިމޮކްރެޓްސްގެ ކައުންސިލަރު ސައިފު ފާތިހު ވިދާޅުވީ، މުއިއްޒު ހައްދަވަމުން ގެންދަވަނީ ކަނޑައެޅިގެން އިތުރުފުޅު ކަމަށެވެ. އެގޮތުން, ގާނޫނުގައި ބުނެފައި އޮންނަނީ 48 ގެ ކުރިން އެޖެންޑާ ހަދަން ޖެހޭނެ ކަމަށާއި ކައުންސިލަރުން ހުށަހަޅާ ކަންކަން އެ އެޖެންޑާގައި ހިމަނަން ޖެހޭނެ ކަމަށްކަން އޭނާ ފާހަގަކުރެއްވި އެވެ. އައިފާނުގެ މައްސަލަ ހުށަހަޅާފައިވަނީ މި މަހުގެ ދެވަނަ ދުވަހު އެވެ.

"މިތަނުގެ ދުވަހަކުވެސް އާދިއްތަ ނުވަތަ ހޯމަ ދުވަހު އެއްޗެއް ލައިގެން ބުދަ ދުވަހު އެޖެންޑާ ނުކޮށްދީފައެއް ނެތް، ދުވަހަކުވެސް، ދެން މޭޔަރު ނޫހުގައި 72 ގަޑީރޭ ވިދާޅުވެފައި އަޅުގަނޑުމެންކައިިރި މި ވިދާޅުވަނީ، އެބޭފުޅާ ގަބޫލެއް ނުކުރަމޭ އައިފާނުގެ ހުށަހެޅުމަކީ ގާނޫނާ އެއްގޮތައް ހުށަހަޅުއްވާފަ އޮތް އެއްޗެއް ކަމަކަށް"

ސައިފު ތުހުމަތުކުރެއްވި ގޮތުގައި މޭޔަރު މަސައްކަތް ކުރައްވަނީ އެބޭފުޅާ އަތުގައި އޮތް ކޮމިޓީތައް ހެދުމުގެ ބާރު މި ފަހުން ގެނައި އިސްލާހަކާއެކު އުނިވުމުން އެކަން އިތުރަށް ކުރިއަ ނުދިނުމަށް ކަމަށެވެ.

"މީގެ ދެ ހަފުތާ ކުރިން ފާސްކުރީ ކޮމިޓީތައް ކައުންސިލްގެ ފްލޯއިންނޭ ފާސްކުރާނީ، އެބޭފުޅާއަށް ބާރުލިބިވަޑައިގަންނަވާ ކަމެއް ނޫން އެއީކީ، އެހެންވެ މޭޔަރު މިހާރު އެ ހުންނެވީ ކައުންސިލްގެ މެޖޯރިޓީވެސް ގެއްލިފައި" ސައިފު ވިދާޅުވި އެވެ.

ސައިފު ތުހުމަތުކުރައްވާ ގޮތުގައި ޕީޕީއެމްގެ ކައުންސިލަރުން މޭޔަރާއި ދެމެދު ހިތްހަމަ ނުޖެހެން ފެށީ އެ ޕާޓީގެ ތެރޭގައި އުފެދިފައިވާ ރިޔާސީ ކޯޅުމުގެ ތެރެއިންނެވެ. އެގޮތުން ޖަލުގައި ހުންނެވި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަށް ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ނެތް ކަމަށްބުނެ މުއިއްޒު ރިޔާސީ ޓިކެޓު ހޯދުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ވަނީ އަޑުފެތުރިފަ އެވެ.

ޔާމީނުގެ އޯޑަރަށް މުއިއްޒަށް ކެމްޕޭނު ކުރި އެ ޕާޓީގެ އެކްޓިވިސްޓުންތަކެެއްގެ މައްސަލަ ސުލޫކީ ކޮމިޓީއާއި ހަމައަށްވެސް ވަނީ ގޮސްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox