ވިމާ މޮޅު ނަސަބަކުން އަޔަތީ، ތިމާމެން ކިބުރުވެރި މިވަނީ: ބައިތަކުން ދިޔާނާގެ ހޫނު ރައްދެއް އީވާއަށް

ދިޔާނާ ސައީދު: ކުރިން 2018 ވަނަ އަހަރު ރައީސް ސޯލިހުގެ އަނބިކަނބަލުން ވެސް ހަމަ އެ ބައިތު ބޭނުން ކުރެއްވި -- ފޮޓޯ: ފައިލް

ދިޔާނާ ސައީދު: ކުރިން 2018 ވަނަ އަހަރު ރައީސް ސޯލިހުގެ އަނބިކަނބަލުން ވެސް ހަމަ އެ ބައިތު ބޭނުން ކުރެއްވި -- ފޮޓޯ: ފައިލް

ވެރިކަން ހިންގާ އެމްޑީޕީ ދޫކުރައްވައި ވަޑައިގަތުމަށްފަހު އެ ޕާޓީއަށް މަލާމާތް ކުރުމުގެ ގޮތުން، "އެމްޑީޕީ އޮންނާނީ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ ޗެއާމަންކަމުގައި" ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ މިއަދު ވިދާޅުވުން އެއަށް ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދު ހޫނު ރައްދެއް ދެއްވައިފި އެވެ.

އެމްޑީޕީއަށް މަލާމާތް ކުރުމުގެ ބޭނުމުގައި ޖާބިރު ކުޑައިމީސްކޮށް ވާހަކަ ދެއްކުމުން ނޫހަކުން ހަދާފައި އިން ހަބަރެއްގެ ފޮޓޯއަކާއެކު އީވާއަށް ރައްދެއްގެ ގޮތުން ދިޔާނާ ހަމައެކަނި ލިޔުއްވީ، ނަސަބުވެރިކަމުން ބޮޑާވެގަތުމާ ގުޅޭ ގޮތުން ދިވެހި އަދީބު ހުސެއިން ސަލާހުއްދީން ހައްދަވާފައިވާ ބައިތެކެވެ.

"ވިމާ މޮޅު ނަސަބަކުން އަޔަތީ ތިމާމެން ކިބުރުވެރި މިވަނީ ރިމާދަށް ފުރޮޅިގެން އެދަނީ ދިމާއަށް އަގުރު އަލިފާނޭ،" ދިޔާނާ ވިދާޅުވެފައިވެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އީވާ ވިދާޅުވީ އެމްޑީޕީ ދާނީ ފަހަތަށް ކަމަށާއި އަންނަ އަހަރު އެ ޕާޓީގެ ޗެއާޕާސަނަކަށް ހުންނަވާނީ ޖާބިރު ކަމަށެވެ.

"އަޅުގަނޑަށް ލަފާކުރެވެނީ އަންނަ އަހަރު މި ދުވަސްކޮޅު ބަލާއިރު، އެމްޑީޕީ އޮންނާނީ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ ޗެއާމަންކަމުގައިހެން،" އޭނާ ވިދާޅުވި އެވެ.

ދިޔާނާއަކީ ދިވެހިރާއްޖޭގެ އެންމެ ފުރަތަމަ އަންހެން ބަންޑާރަ ނައިބެވެ. އަދި ސާކުގެ ފުރަތަމަ އަންހެން ސެކްރެޓަރީ ޖެނެރަލްގެވެސް މެ އެވެ. ޖާބިރަކީ އޭނާ ކުޑައިރު ނިކަމެތި މާލޭގައި އުނގު ވިޔަފާރިކޮށްގެން އުޅުނު މީހެއް ނަމަވެސް އަމިއްލަ މަސައްކަތްކޮށްގެން ލިބުނު ކާމިޔާބީގެ ސަބަބުން އޭނާއަކީ މިހާރު ރާއްޖޭގައި ހުރި އެންމެ މުއްސަނދި އެއް ދިވެއްސެވެ.

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ މަގާމުގައި އިވާ ހުންނެވި ނަމަވެސް އޭނާ އެ މަގާމުން ވަކި ކުރަން 50 އަށް ވުރެ ގިނަ މެމްބަރުން ސޮއި ކުރައްވާ އޮތީ ގަރާރެއް ހުށަހަޅުއްވައިފަ އެވެ. ނަމަވެސް އެ މައްސަލަ އެޖެންޑާ ނުކުރާތީ އީވާގެ މައްސަލަ ކުރިއަށްގެންގޮސްފައެއްނުވެ އެވެ.

މިހާރުގެ ރައީސުލްހުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ޝައުގިވެރިކަން ފާޅު ކުރެއްވުމުން އެމްޑީޕީގެ ތެރެއިން ކުރިމަތިވި ގޮންޖެހުންތަކާއެކު އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ހަމަ އެ ބައިތު ސޯޝަލް މީޑިއާގައި މީގެ ފަސް އަހަރު ކުރިން ޖޫން 5، 2018 ގައި ލިޔުއްވާފައިވެ އެވެ.

އެ ބައިތުގެ ޝަރަހަ ލިޔުއްވަމުން ސަލާހުއްދީން ވިދާޅުވެފައި ވަނީ ވަކި ދަރިކޮޅަކުން ނުވަތަ ވަކި ނަސްލަކުން އަޔަތީ ބޮޑާވެގެންނަނީ "މޮޔައިން" ކަމަށެވެ.

"މިވެނި ބޭފުޅެއްގެ ދަރިކޮޅުން ނުވަތަ އެވެނި ބޭކަލެއްގެ ނަސްލަކުން އާދެވިފައި ހުއްޓަތީ ތިމާ ނޫން އެހެން މީހުންގެ މައްޗަށް ބޮޑާވާ މޮޔައިން ތިމާމެންނަށް ލިބިފައިވާ މޮޅުކަމަށްވާ ގޮތާމެދުގައި ވިސްނުން ހިންގައިލާ ނަމަ އެ ބޮޑާކަމެއް ނުގެންގުޅުނީސްތާ. އެ މޮޅުކަމަށްވާ ގޮތަކީ އަނގުރު އަލިފާނަށްވާހެން ހަމަ އެހެން ހުރެގެން ހުލިވެ ދަނީ. ހުލިވުމުން ވަނީ އަޅިއަށް،" ސަލާހުއްދީން ލިޔުއްވާފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox