ޕާކުތަކަށް ވަންނަން ވޯކް ޕާމިޓް ހޯލްޑަރަކަށް 15ރ. އަދި ޓޫރިސްޓެއް ނަމަ 75ރ.

Jun 21, 2023, 2:37 PM
މާލޭ ސިޓީގެ ޕާކެއް. 18 އަހަރުން ދަށުގެ ކުދިން އަތުން އެއްވެސް ފީއެއް ނުނަގާނެ --- ފޮޓޯ: އަބްދުالله އިޔާން/އަދަދު

މާލޭ ސިޓީގެ ޕާކެއް. 18 އަހަރުން ދަށުގެ ކުދިން އަތުން އެއްވެސް ފީއެއް ނުނަގާނެ --- ފޮޓޯ: އަބްދުالله އިޔާން/އަދަދު

މާލޭ ސިޓީގެ ޕާކުތަކަށް ވޯކް ޕާމިޓް އޮތް ބިދޭސީންނާއި ޓޫރިސްޓުންނަށް ފައިސާ ދައްކައިގެން ނޫނީ ނުވަދެވޭ ގޮތަށް ކަނޑައަޅާފައިވާ ނިންމުމާއި އެއްގޮތަށް އެފަދަ މީހުންގެ އަތުން ނަގާނެ ފީގެ އަދަދު މިއަދު ކަނޑައަޅައިފި އެވެ.

ސިޓީ ކައުންސިލުގެ ހަތަރުވަނަ ދައުރުގެ 107 ވަނަ ރަސްމީ އާންމު ޖަލްސާގައި އެ ކައުންސިލުގެ ކޯޕަރޭޓް ކޮމިޓީން ހުށަހެޅި ގޮތަށް މި އަދަދުތައް ފާސްކުރީ 11 މެމްބަރުންގެ ވޯޓާ އެކު އެވެ. އެއްވެސް ކޮޅަކަށް ހަތަރު މެމްބަރުން ވޯޓު ދީފައި ނުވެ އެވެ.

ބިދޭސީން އަތުން ފީ ނަގާ ރޭޓުތައް

  • ވޯކް ޕާމިޓް އޮންނަ ބިދޭސީން - 15ރ.
  • އެއްވެސް ލިޔުމެއް ނެތް ބިދޭސީން - 50ރ.
  • ޓޫރިސްޓުން - 75ރ.
  • ކެމެރާ ހިފައިގެން ވަންނަ ޓޫރިސްޓުން - 500ރ.

އެކަމަކު, އުމުރުން ދުވަސްވީ މީހުންގެ އެހީތެރިންނާއި ކުޑަކުދިން ގޮވައިގެން އުޅޭ ބިދޭސީ މެއިޑުންގެ އަތުން އެއްވެސް ފީއެއް ނުނަގާނެ އެވެ. އަދި, 18 އަހަރު ނުވާ ބިދޭސީ ހުރިހާ ކުދިންނަށް ވެސް އެއްވެސް ފީއަކާ ނުލައި މާލޭގެ ޕާކުތަކަށް ވަދެވޭނެ އެވެ.

މި ނިންމުން ފާސްކުރީ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ ހުށަހެޅުމަކާ އެކު އެވެ. އެއީ, ރާއްޖޭގައި ހުންނަ ޑިޕްލޮމެޓިކް މިޝަންތަކުގެ ކާޑު އޮންނަ މީހުން ފީ ނެގުމުން އިސްތިސްނާވާ ގޮތަށެވެ.

މީގެ ކުރިން ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ބިދޭސީން ސަލްޓަން ޕާކަށް ވަންނަން ޓިކެޓު ނަގަން ޖެހޭ ގޮތް ހެދި އެވެ. އެކަމަކު، ފަހުން އެތަނުން ފީ ނެގުން ހުއްޓާލި އިރު، ލޮނުޒިޔާރަތް ޕާކު އަބަދުވެސް އޮންނަނީ އެންމެނަށް ހިލޭ ވަދެވޭ ގޮތަށެވެ.

މިފަދަ ފީއެއް ނަގަން ސިޓީ ކައުންސިލުން ނިންމުމުން އާންމުންގެ މެދުގައި ހިޔާލު ތަފާތުވުންތަކެއް ހުއްޓެވެ. ދިވެހީންނެކޭ އެއް އުސޫލަކުން ބިދޭސީންނަށް ވެސް ހިލޭ ވަދެވެން ޖެހޭނެ ކަމަށް ބައެއް މީހުން ބުނާ އިރު، ކައުންސިލުގެ ނިންމުމަށް ތާއީދުކޮށް ވެސް ބައެއް މީހުން ވާހަކަ ދެއްކި އެވެ.

މި ނިންމުމުގެ ފަހަތުގައި ވަނީ، މާލޭގައި ހިތްފަސޭހަކުރަން ހުންނަ ތަންތަނުގައި ބިދޭސީން ގިނަވުމުމުގެ ކަންބޮޑުވުމާއި އެކަމުގެ ސަބަބުން ދިވެހިންނަށް އުނދަގޫ ކުރިމަތިވަމުން ދިޔުން ކަމަށް މާލެ ސިޓީ ކައުންސިލުން އެކަން ފާސްކުރި ބައްދަލުކުރުމުގައި މެމްބަރުން ދެއްކި ވާހަކަތަކުން އެނގެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox