ެސިޓީ ކައުންސިލުން އާމްދަނީ ހޯދުމާއި ފީ ކަނޑައެޅުމުގެ ބާރު މޭޔަރު މުއިއްޒު އަށް ގެއްލިއްޖެ

މާލޭ މޭޔަރު ޑރ. މުހައްމަދު މުއިއްޒު : އާމްދަނީ ހޯދުމާއި ފީ ކަނޑައެޅުމުގެ ބާރު މުއިއްޒު އަށް ގެއްލިއްޖެ - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

މާލޭ މޭޔަރު ޑރ. މުހައްމަދު މުއިއްޒު : އާމްދަނީ ހޯދުމާއި ފީ ކަނޑައެޅުމުގެ ބާރު މުއިއްޒު އަށް ގެއްލިއްޖެ - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

މާލެ ސިޓީ ކައުންސިލުން އާމްދަނީ ހޯދުމަށް ކުރެވޭ ކަންކަން ނުވަތަ ހިދުމަތަކަށް ނަގާ ފީ ކަނޑައެޅުމަށް މީގެ ކުރިން މޭޔަރު ޑރ. މުހައްމަދު މުއިއްޒަށް އޮތް ބާރު ގެއްލޭ ގޮތަށް އެ ކައުންސިލުގެ ހިންގާ ގަވާއިދު އިސްލާހުކޮށްފި އެވެ.

އަލަށް އުފައްދާ ޑިމޮކްރެޓްސް ޕާޓީގެ ކައުންސިލް މެންބަރުން ހުށަހެޅި މި އިސްލާހަކީ މީގެ ކުރިން ގަވާއިދުގައި އޮންނަ ގޮތުން، ކަންކަން ނިންމުމުގައި މުއިއްޒު ކައުންސިލުގެ ބަހެއް ނުހޯދާ ވަކި ގޮތަކަށް ކަންކަން ނިންމާ ކަމުގެ ޝަކުވާ މީގެ ކުރިން އެކި ފަހަރު މަތިން ފާޅުކުރުމަށްފަހު ހުށަހެޅި އިސްލާހެކެވެ.

އެގޮތުން, މިއަދު ގެނެވުނު އިސްލާހާ އެކު މާލޭގެ އާންމު ހުސް ޖާގަތަކާއި ބިންތަކާއި ޕާކުތަކާއި މަގުތަކަށް ބަދަލު ގެނައުމަށް ނުވަތަ އެ ތަންތަން ތަރައްގީކުރުމަށް ނުވަތަ ވަކި ބޭނުމަކަށް އެކަށައެޅުމަށް ނުވަތަ ކުއްޔަށް ދިނުމަށް ނުވަތަ އެ ތަންތަނުގެ ހިދުމަތުގެ ގަޑި ބަދަލުކުރުމަށް ނިންމުމާއި، ކައުންސިލުން ފޯރުކޮށްދޭ ހިދުމަތަކަށް ނަގާ ފީއަކަށް ބަދަލު ގެނައުން އަދި ކައުންސިލަށް އާމްދަނީއެއް ލިބޭނެ ކަމެއް ނިންމޭނީ ކައުންސިލްގެ އާންމު ރަސްމީ ބައްދަލުވުމަކުން ފާސްކޮށްގެންނެވެ.

މީގެ ކުރިން ގަވާއިދު އޮތް ގޮތުން މިފަދަ ނިންމުންތައް ނިންމަމުން ގެންދިޔައީ މޭޔަރު ކަނޑައަޅާ ވަކި ކޮމިޓީއަކުންނެވެ. މި އިސްލާހާއެކު އެފަދަ ދާއިމީ ކޮމިޓީއަކުން މިފަދަ ނިންމުމެއް ނިންމި ނަމަވެސް މުޅި ކައުންސިލުން ފާސްނުވާހާ ހިނދަކު އެކަމެއް ނުކުރެވޭނެ އެވެ.

މި އިސްލާހު ފާސްކޮށްފައިވަނީ މިއަދު ބޭއްވި މާލެ ސިޓީ ކައުންސިލުގެ ރަސްމީ ބައްދަލުވުމުގެ އަގުލަބިއްޔަތުން ފާސްކޮށްގެނެވެ.

އޭގެއިތުރުން މިއަދުގެ ބައްދަލުވުމުގައި ވަނީ ކައުންސިލުގެ އެކި މަސައްކަތްތަކަށް ނެގޭ ކޮންޓްރެކްޓް މުވައްޒަފުންނާއި ކޮންސަލްޓަންޓުން ނެގުމުގެ ކުރިން އެފަދަ މުވައްޒަފުން އެ ފަހަރެއްގައި ނަގަން ބޭނުންވާ ސަބަބާއި، އަދަދު، އަދި އެ މުވައްޒަފުން ނެގޭ ސެކްޝަން ނުވަތަ ޑިޕާޓްމަންޓް ކަނޑައެޅުމަށްޓަކައި ކައުންސިލްގެ ރަސްމީ ޖަލްސާ އަށް ހުށަހަޅާ ފާސްކުރަން ޖެހޭ ގޮތަށްވެސް ހުށަހެޅުމެއް ފާސްކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox