ނާޒިމް ގޮނޑި ގެއްލުމުން ބަދަލު ހޯދަން ހުށަހެޅި މައްސަލަ ބަލައިގަންނަން ޖެހޭނެ ކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފި

ދިއްގަރު ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ނާޒިމް ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ބަލަައިގަންނަން ޖެހޭނެ ކަމަށް މިއަދު ސުޕްރީމް ކޯޓުން ވަނީ ހުކުމްކޮށްފައި

ދިއްގަރު ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ނާޒިމް ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ބަލަައިގަންނަން ޖެހޭނެ ކަމަށް މިއަދު ސުޕްރީމް ކޯޓުން ވަނީ ހުކުމްކޮށްފައި

ސުޕްރީމް ކޯޓުގެ ހުކުމާއެކު، ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލި ލިބުނު ގެއްލުންތަކުގެ ބަދަލު ހޯދަން ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނާޒިމް ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ބަލަައިގަންނަން ޖެހޭނެ ކަމަށް މިއަދު ސުޕްރީމް ކޯޓުން ހުކުމްކޮށްފި އެވެ.

ނާޒިމްގެ ގޮނޑި ގެއްލުނީ މަކަރާއި ހީލަތުގެ މައްސަލައެއް އޭނާގެ މައްޗަށް ސާބިތުވެ އޭނާގެ މައްޗަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވުމުންނެވެ. އެ މައްސަލައިގައި ބަދަލު ހޯދުމަށް ނާޒިމް ދައުވާ ކުރީ، 2018 ވަނަ އަހަރު ސުޕްރީމް ކޯޓުގެ އެ ހުކުމް, ހަމަ އެ ކޯޓުން މުރާޖައާކޮށް ބާތިލްކުރި ފަހުންނެވެ.

ޖަލު ހުކުމް ބާތިލުކުރުމުން މެމްބަރެއްގެ ހައިސިއްޔަތުން އޭނާއަށް ލިބެންޖެހޭ މުސާރަ އާއި އިނާޔަތްތަކާއި ޕެންޝަން އަދި ޖަލު ހުކުމެއް ތަންފީޒުކޮށްފައިވާތީ އޭގެ ބަދަލު ނަގައިދިނުމަށް އެދި ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުމުން، ރަޖިސްޓްރާ ނިންމެވީ އެ މައްސަލަ ބަލައިނުގަތުމަށެވެ. އެއީ، ޝަރުއީ ކޯޓުތަކުން ނިންމާ އެއްވެސް ނިންމުމަކާ ގުޅޭ ގޮތުން ބަދަލު ހޯދުމަށް ހުށަހަޅާ މައްސަލަތަކުގެ އިހްތިސޯސް އެ ކޯޓަށް ނެތް ކަމަށް ބުނެ އެވެ.

އެ ނިންމުން ސިވިލް ކޯޓުގެ އިސް ގާޒީއަށް ހުށަހެޅުމުން އިސް ގާޒީ ނިންމެވީ ރަޖިސްޓްރާގެ ނިންމުން ދަމަހައްޓާށެވެ. އަދި ދަށު ކޯޓުގެ އެ ނިންމުންތައް ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން ހައި ކޯޓުން ރައުޔު ތަފާތުވި ހުކުމެއްގައި ވަނީ ސިވިލް ކޯޓުގެ ނިންމުންތައް ދަމަހައްޓައިފަ އެވެ.

ނާޒިމްގެ ފަރާތުން ބުނަމުންގޮސްފައި ވަނީ، އޭނާ ހުށަހެޅި މައްސަލަ މައުލޫއީ ގޮތުން ބަލާފައި ނެތަސް، އެ މައްސަލަ ބަލައިނުގަތުމަށް ނިންމުމުގައި ދަށު ކޯޓުންނާއި ހައި ކޯޓުން މައްސަލައިގެ މައުލޫއަށް ގޮތް ނިންމާފައިވާ ކަމަށެވެ. މިއީ ސުޕްރީމް ކޯޓުގައި އޭނާގެ ފަރާތުން އިސްތިއުނާފު ކުރަން ހުށަހެޅި އެއް ނުކުތާ އެވެ.

ނާޒިމްގެ ފަރާތުން ހުށަހެޅި މައްސަލައަކީ ގެއްލުމުގެ ބަދަލު ހޯދުމަށާއި ގެއްލުމުގެ ބަދަލު ހޯދުމުގެ ހައްގު ހޯދުމަށް ދައުވާކުރުމުގެ ހައްގު އޮތް ކަމަށް ކަނޑައަޅައިދިނުމަށް ހުށަހެޅި މައްސަލައެކެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރު ރިޔާސަތު ބެލެހެއްޓެވި އެ މައްސަލައިގައި މިއަދު ކުރި ހުކުމުގައި ނިންމީ، ސިވިލް ކޯޓުގެ ރަޖިސްޓްރާ އެ މައްސަލަ ބަލައިނުގަތުމަށް ނިންމީ ރަޖިސްޓްރާއަށް ގާނޫނުން ލިބިފައިވާ ބާރުތަކުގެ ބޭރުން ކަމަށެވެ.

ނާޒިމް ހުށަހެޅި އިސްތިއުނާފީ މައްސަލައިގައި ހުކުމް ކުރުމަށް މިއަދު ބޭއްވި އަޑުއެހުމުގެ ތެރެއިން
ނާޒިމް ހުށަހެޅި އިސްތިއުނާފީ މައްސަލައިގައި ހުކުމް ކުރުމަށް މިއަދު ބޭއްވި އަޑުއެހުމުގެ ތެރެއިން

ނާޒިމް ހުށަހެޅި އިސްތިއުނާފީ މައްސަލައިގައި ހުކުމް ކުރުމަށް މިއަދު ބޭއްވި އަޑުއެހުމުގެ ތެރެއިން

ސުޕްރީމް ކޯޓުގެ ހުކުމެއްގެ ސަބަބުން ގެއްލުމުގެ ބަދަލު ހޯދުމަށް ދައުވާ ނުކުރެވޭނެ ކަމަށް ރަޖިސްޓްރާ ނިންމެވި ނިންމުމަކީ ދައުވާގެ މައުލޫގެ ބަޔަކަށް ގޮތް ނިންމުން ކަމަށާއި އެއީ އިންސާފުން ޝަރީއަތް ކުރުމުގެ ހައްގު ގެއްލިގެންދާނެ ކަމެއް ކަމަށް ހުކުމުގައިވެ އެވެ.

"... ހުށަހެޅިފައިވާ މައްސަލައަކީ ގެއްލުމުގެ ބަދަލު ހޯދުމަށާއި ގެއްލުމުގެ ބަދަލު ހޯދުމުގެ ހައްގު ހޯދުމަށް ދައުވާކުރުމުގެ ހައްގު އޮތް ކަމަށް ކަނޑައަޅައިދިނުމަށް ހުށަހެޅި މައްސަލަކަށްވާއިރު، ގެއްލުން ލިބިފައިވަނީ ސުޕްރީމް ކޯޓުގެ ނިންމުމެއްގެ ސަބަބުން ކަމާއި އެ ސަބަބަކީ އެކަމުގެ މައްޗަށް ބިނާކޮށް ދައުވާކުރެވޭނެ ކަމެއް ނޫން ކަމަށް ނިންމުމަކީ ހުށަހެޅިފައިވާ ދައުވާގެ މައުލޫގެ ބަޔަކަށް ރަޖިސްޓްރާ ގޮތް ނިންމުމުން. މިއީ ގާނޫނީ ގޮތުން ރަޖިސްޓްރާގެ މަސްއޫލިއްޔަތެއް އަދި ޒިންމާއެއް ވެސް ނޫން،" ސުޕްރީމް ކޯޓުގެ ހުކުމުގައިވެ އެވެ.

އެ ސަބަބާ ހެދި ހުކުމުގައި ވަނީ ނާޒިމްގެ ފަރާތުން ބަދަލު ހޯދަން ހުށަހެޅި މައްސަލައަކީ ސިވިލް ކޯޓުން ބަލައިގަނެ ގޮތެއް ކަނޑައަޅަން ޖެހޭ މައްސަލައެއް ކަމަށެވެ. އަދި އެ މައްސަލަ ބަލައިނުގަތުމަށް ދަށު ކޯޓުގެ ރަޖިސްޓްރާއާއި އިސް ގާޒީ ނިންމެވި ނިންމެވުމާއި ހައި ކޯޓުން އެ ނިންމުންތައް ދަމަހައްޓަން ކުރި ހުކުމް ބާތިލު ކުރި އެވެ.

ސިވިލް ކޯޓުގެ އިހްތިސާސްގައި ހިމެނޭ މައްސަލަތަކުގެ ތެރޭގައި، އެކި ފަރާތްތަކަށް ލިބޭ މަދަނީ ގެއްލުމުގެ ބަދަލު ހޯދުމުގެ މައްސަލަތަކާއި، ގާނޫނާ ހިލާފަށް ބަންދު ކޮށްފައިވާ މީހަކު އެ ބަންދުން ދޫކޮށްލަން ކޯޓުން ކުރާ އަމުރަކާއި، ހައްޔަރު ކުރުމުން ނުވަތަ ބަންދު ކުރުމުން ގާނޫނުއަސާސީގެ 58 ވަނަ މާއްދާގެ ދަށުން ބަދަލު ހޯދުމުގެ މައްސަލަތައް ބެލުމުގެ އިހްތިސާސް އެ ކޯޓަށް ލިބިގެންވާކަން ސުޕްރީމް ކޯޓުން ފާހަގަކުރި އެވެ. އަދި އެހެނިހެން މަދަނީ މައްސަލަތައް ބެލުމުގެ އިހްތިސާސް ވެސް ކޯޓުތަކުގެ ގާނޫން ލިބިގެންވާކަން ކޯޓުތަކުގެ ގާނޫނުން އެނގޭ ކަމަށް ވެ އެވެ.

އެހެންވެ، ސުޕްރީމް ކޯޓުގެ ހުކުމުގައި ވަނީ، ކޯޓުތަކުގެ ގާނޫނުން ނުވަތަ މަދަނީ އިޖުރާއަތުގެ ގާނޫނުން ނުވަތަ އެހެން ވެސް ގާނޫނަކުން ނުވަތަ ގަވައިދަކުން ވަކި ބާވަތެއްގެ މައްސަލަ ބެލުމުގެ އިހްތިސާސް ސިވިލް ކޯޓަށް ލިބިގެން ނުވާ ކަމަށް ސަރީހަ އިބާރާތުން ބަޔާންކޮށްފައި ނުވާ ހުރިހާ ބާވަތެއްގެ މަދަނީ މައްސަލަ ސިވިލް ކޯޓުން ބަލަންވާނެ ކަމަށެވެ.

މައްސަލަ ހުށަހެޅުމަށް ވަކި ފޯމެއް ނެތުމުގެ ސަބަބުން ނުވަތަ ހުށަހެޅޭ މައްސަލައިގެ ބާވަތް ގާނޫނެއްގައި ނުވަތަ ގަވައިދެއްގައި ހިމެނިފައި ނުވުން ފަދަ ސަބަބަތައް މަތިކޮށް މަދަނީ މައްސަލަތައް ބެލުމުގެ ދޮރު ބަންދުކޮށްގެން ނުވާނެ ކަމަށް ހުކުމުގައިވެ އެވެ.

ރިޔާސަތު ފަނޑިޔާރު މަހާޒުގެ ރައުޔަށް ފަނޑިޔާރުން އަލީ ރަޝީދު ހުސެއިން އާއި ޑރ. މުހައްމަދު އިބްރާހިމް ތާއީދުކުރެއްވި އެވެ.

ނާޒިމްގެ މައްޗަށް ހުކުމް ކުރުމުން އޭނާ ރާއްޖެއިން ބޭރުގައި ދިރިއުޅުމަށްފަހު އެނބުރި އައީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ނިމުމުންނެވެ.

ނާޒިމްގެ ގޮނޑި ގެއްލުމާއެކު ބޭއްވި ދިއްގަރު ދާއިރާގެ ބައި އިލެކްޝަން ކާމިޔާބުކުރެއްވީ، ޕީޕީއެމްގެ ޓިކެޓްގައި އެ ގޮނޑިއަށް ވާދަކުރެއްވީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން އަހުމަދު ފާރިސް އެވެ.

އެންމެ ފަހުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވެސް އަމިއްލަ ގޮތުން ދިއްގަރު ދާއިރާގެ މެންބަރު ކަމަށް ނާޒިމް ކުރިމަތިލެއްވި ނަމަވެސް، އޭނާއަށް ގޮނޑި ކާމިޔާބެއް ނުވި އެވެ. އެފަހުން އޭނާ އުޅުއްވަނީ ސިޔާސީ ދާއިރާއާ ދުރުގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox