އެޕާޓްމަންޓު ކުއްޔަށް ދިނުމުގެ ނަމުގައި ބޮޑު ސްކޭމެއް ހިންގި ހުނައިނު ތިން އަހަރަށް ޖަލަށް

Jun 14, 2023, 3:18 PM
އެޕާޓްމަންޓު ކުއްޔަށް ދިނުމުގެ ނަމުގައި ބޮޑު ސްކޭމެއް ހިންގި ހުނައިނު ތިން އަހަރަށް ޖަލަށް

މީހަކަށް 19 އަހަރު ދުވަހަށް ކުއްޔަށް ދީފައިވާ އެޕާޓްމަންޓެއް އެހެން މީހަކަށް ފަސް އަހަރު ދުވަހަށް ކުއްޔަށް ދޭ ކަމަށް ހަދައި އޮޅުވާލައިގެން 364،500.ރ ހޯދިކަން ސާބިތުވެ، މ.ފާގަތިގެ، އިބްރާހީމް ހުނައިން ތިން އަަހަރާއި ދެ މަހަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

މ. ފާގަތިގޭގެ އެޕާޓްމަންޓެއް ކުއްޔަށް ދިނުމުގެ ނަމުގައި އޮޅުވާލައިގެން އެހެން އެތައް ބައެއްގެ އަތުން ވެސް ގިނަ އަދަދެއްގެ ފައިސާ ހޯދި ކަމަށް ތުހުމަތުކުރެވޭ ހުނައިނު ޖަަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކުރީ އދ.މާމިނގިލި، ފްރީޕާކް އަހުމަދު އަފްޒަލްގެ އަތުން އޮޅުވާލައިގެން 364،500.ރ ނެގިކަން ސާބިތުވެގެންނެވެ. އެ މައްސަލާގައި ހުނައިނާ ދެކޮޅަށް ދައުލަތުން އުފުލީ ގާނޫނުލް އުގޫބާތުގެ 212 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ މަކަރާއި ހީލަތް ހެދުމުގެ ކުށުގެ ދައުވާ އެވެ.

ކްރިމިނަލް ކޯޓުގެ ހުކުމުން އެނގޭ ގޮތުގައި ފާގަތިގޭގެ ތިން ކޮޓަރީގެ އެޕާޓްމަންޓް އަފްޒަލަށް ފަސް އަހަރު ދުވަހަށް ކުއްޔަށް ދިނުމުގެ އެއްބަސްވުމެއް ހަދައި، ގޭގެ ވެރިފަރާތް ކަމަށްވާ ހުނައިނުގެ މަންމަ ލައްވާ އޭނާ ސޮއިކުރުވީ މަންމައަށް އޮޅުވާލައިގެންނެވެ.

އަފްޒަލްގެ އަތުން ހޯދި 364،500.ރ މަހަކު 60،000.ރ އަށް ވުރެ މަދުނުވާ ގޮތަކަށް ބަހާލައިގެން ކޯޓަށް ދައްކަން ވެސް ކްރިމިނަލް ކޯޓުން ހުނައިނަށް ކުރި ހުކުުމުގައި ވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox