ބާ ބޯޓް ކީހަން ހަވާލުވި ކުންފުންޏަށް 9.2 މިލިޔަނުގެ ބަދަލު ނުދޭން ހައިކޯޓަށް ހުށަހެޅި މައްސަލަ އާބަންކޯއިން ނަގައިފި

ވެރިއަކު ނެތި ތިލަފުށިން ނެގުމަށް އަމުރުކުރި އެމްވީ ސީހޯމް ސަފަޔާ ބޯޓު: އެ ބޯޓު ނައްތާލަން ހަވާލު ކުރި ކުންފުންޏަށް ބަދަލުދޭން ހުކުމް ކުރި މައްސަލަ ކޯޓުން ބޭރުގައި ވަނީ ހައްލުކޮށްފައި

ވެރިއަކު ނެތި ތިލަފުށިން ނެގުމަށް އަމުރުކުރި އެމްވީ ސީހޯމް ސަފަޔާ ބޯޓު: އެ ބޯޓު ނައްތާލަން ހަވާލު ކުރި ކުންފުންޏަށް ބަދަލުދޭން ހުކުމް ކުރި މައްސަލަ ކޯޓުން ބޭރުގައި ވަނީ ހައްލުކޮށްފައި

ތިލަފުށީ ފަޅުގައި ވެރިޔަކު ނެތި އޮތް ދަގަނޑު ބޯޓު "ސީހޯމް ސެފަޔާ" ނަގަން ހަވާލުކުރި ޕާކްވަން އިންވެސްޓްމަންޓްއަށް ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް (ޖީއެމްއައިޒެޑްއެލް) އިން 9.2 މިލިއަން ރުފިޔާގެ ބަދަލެއް ދޭން ސިވިލް ކޯޓުން ހުކުމް ކުރި ހުކުމާ އެއްގޮތަށް ބަދަލު ދޭން ނުޖެހޭކަމަށް ކަނޑައަޅަން ހައިކޯޓްގައި އިސްތިއުނާފުކުރި މައްސަލަ ނިމެނިކޮށް، ޖީއެމްއެލްޒެޑްގެ ބެލެނިވެރިކަން ފަހުން ލިބުނު އާބަންކޯއިން އެ މައްސަލަ އަނބުރާ ނަގައިފި އެވެ.

އެ މައްސަލަ ހައިކޯޓަށް ހުށަހެޅި ފަހުން ސަރުކާރުން ވަނީ ޖީއެެމްއެލްޒެޑް، އާބަންކޯ (ކުރީގެ އެޗްޑީސީ)އާ އެއްކޮށްލަައިފަ އެވެ. އެހެން ނަމަވެސް ޝަރުއީ މަރުހަލާގައި އެ މައްސަލަ ރެކޯޑްކޮށްފައި ވަނީ ޖީއެެމްއެލްޒެޑްގެ ނަމުގައި ކަމަށް ވާތީ މައްސަލަ އަނބުރާ ގެންދަން އާބަންކޯއިން މިމަހުގެ ހަތް ވަނަ ދުވަހު ހައިކޯޓަށް ސިޓީއެއް ފޮނުވީ ޖީއެމްއެލްޒެޑްގެ ނަމުގަ އެވެ. އެ ސިޓީގައި ބުނެފައި އޮތީ އެ މައްސަލައިގައި ދެ ފަރާތުގެ ދެމެދު ކޯޓުން ބޭރުގައި ވާހަކަ ދެކެވި ސުލްހަވެރި ހައްލެއް ގެނެވިފައިވާތީ މައްސަލައިގެ ދައުވާ ފޯމު ބާތިލުކޮށްދިނުމަށް އެދޭ ކަމަށެވެ.

ޑިސެމްބަރު 15، 2020ގައި ހައި ކޯޓުގައި ރަޖިސްޓްރީ ކުރި މައްސަލައިގެ ފޯމު އެ ކޯޓުން އިއްޔެ ބާތިލު ކުރީ އެސިޓީ އާ ގުޅިގެންނެވެ.

ބޯޓު ކީހައި އެތަނުން ނަގަން ޖީއެމްއައިޒެޑްއެލްއިން ހަވާލު ކުރި ޕާކަވަން އިންވެސްޓްމެންޓް ކިޔާ އަމިއްލަ ކުންފުނިން އެ މަސައްކަތް ކުރަމުން ދަނިކޮށް އެކަން ހުއްޓުވުމުން، އެ ކުންފުންޏަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 780،000 ޑޮލަރު (10.9 މިލިއަން ރުފިޔާ) ނަގައިދިނުމަށް އެދި ސިވިލް ކޯޓުގައި ދައުވާ ކުރުމުން އެ ކޯޓުގެ ގާޒީ އަލީ ނަސީރު ހުކުމްކުރެއްވީ، ޕާކަވަންއަށް 9.2 މިލިއަން ރުފިޔާގެ ބަދަލެއް ނަގައިދިނުމަށެވެ.

އެ ނިންމުން ޖީއެމްއައިޒެޑްއެލްގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން ތިން އަޑުއެހުމެއް ބާއްވައި، މައްސަލަ އޮތީ ނިންމުމާ ހިސާބަށް ގޮސްފަ އެވެ.

ޕާކަވަން ކުންފުންޏާއެކު ކޯޓުން ބޭރުގައި އެއްބަސްވި ގޮތް ހޯދަން އާބަންކޯގެ މީޑިއާ ޓީމަށާއި އެ ކުންފުނީގެ އެމްޑީ އަހުމަދު އާތިފަށް މި ނޫހުން ގުޅުމުން ފޯނަށް ޖަވާބުދެއްވާފައި ނުވާތީ ސްޓޭންޑް ބަދަލުވި ސަބަބެއް އަދި ކޯޓުން ބޭރުގައި ޕާކަވަން ކުންފުންޏާއެކު އެއްބަސްވި ގޮތެއް އެނގިފައި ނުވެ އެވެ.

ފަނޑިޔާރުންގެ ރައުޔު ތަފާތުވުން

މި މައްސަލައިގެ ދައުވާ ފޯމު ބާތިލު ކުރުމާ މެދު ހައި ކޯޓުގައި މައްސަލަ ބެލި ބެންޗުގެ ހިޔާލު ތަފާތުވި އެވެ. އެގޮތުން، ފަނޑިޔާރު ހުސެއިން މަޒީދުގެ ރައުޔަކީ، މައްސަލަ ބާތިލު ކުރަން ނުޖެހޭ ކަމަށެވެ.

އޭނާގެ ރައުޔުގައި ވަނީ، ތިން އަޑުއެހުމެއް ބާއްވައި، ކޯޓުގެ ވަގުތުތަކެއް އެކަމަށް ހޭދަވެފައިވާއިރު، މައްސަލައިގައި ހުކުމް ކުރުމަށް ދިރާސާ ކުރުމުގެ މަރުހަލާގައި އޮއްވާ، ރައްޔިތުންގެ ފައިސާއާ ގުޅުން ހުރި މިފަދަ މައްސަލައެއް ކޯޓުން ހުކުމް ކުރުމަކާ ނުލައި ފޯމު ބާތިލު ކުރަން ޖެހޭ ކަމަށް މައްސަލައިގެ ވަށައިގެންވާ ކަންކަމަށް ބަލާއިރު ނުދެކޭ ކަމަށެވެ. އަދި ބާތިލު ކުރަން ޖެހޭ ހަރުދަނާ ގާނޫނީ ސަބަބެއް ނުފެންނަ ކަމަށް އެ ރައުޔުގައިވެ އެވެ.

"ދައުލަތުގެ އިދާރާތަކުން ނުވަތަ ދައުލަތުގެ ކުންފުނިތަކުން ހުށަހަޅާ މިފަދަ މައްސަލަތަކުގައި ހުކުމާ ހަމައަށް ވާސިލުވެފައިވަނިކޮށް މަގުބޫލު ސަބަބެއް ބަޔާންކުރުމެއް ނެތި އިސްތިއުނާފުކުރި ސްޓޭންޑް ބަދަލުކޮށް ދެފަރާތުން ކޯޓުން ބޭރުގައި ސެޓްލްމަންޓް ހެދުމަށް ނުވަތަ ސުލްހަވެރި ހައްލެއް ލިބިފައިވާކަމަށް ބުނާ ބުނުމަކަށް ދައުވާ އަނބުރާ ގެންދިއުމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ފުރުސަތުދިނުމަކީ ރަނގަޅުގޮތެއްކަމުގައި ނުދެކެމެވެ." ފަނޑިޔާރު މަޒީދުގެ ރައުޔުގައިވެ އެވެ.

އެެހެންނަމަވެސް، ދެން ތިއްބެވި ދެ ފަނޑިޔާރުން ހަސަން ޝަފީއު އަދި މުހައްމަދު ސަލީމްއަށް ފެނިވަޑައިގަތީ މައްސަލަ ހުށަހެޅި ފަރާތުން އެދުނު ގޮތަށް މައްސަލަ ބާތިލުކޮށްދިނުމަށެވެ.

ތިލަފުށީ ފަޅުގައި ގަވައިދާ ހިލާފަށް އަޅާފައި އޮތް ސީހޯމް ސެފަޔާ ތިރީސް ދުވަހުގެ ތެރޭގައި އެތަނުން ނެގުމަށް މަސައްކަތް ހަވާލުކުރީ، އެ ބޯޓުގެ މިލްކުވެރިކަން ވެސް ޕާކަވަންއަށް ދޭ ގޮތަށެވެ. ޕާކްވަން ކުންފުނިން ބޯޓު ނައްތަލުމުގެ މަސައްކަތް ކުރަމުންދަނިކޮށް، އެކަން ހުއްޓުވާލީ ގުރައިދޫ ކޯޓުގެ އަމުރެއްގެ ދަށުން ފުލުހުން ގެނެސްގެންނެވެ.

މި ބޯޓުގެ ނައްތާލުމަށް ޕާކަވަންއާ ހަވާލު ކުރި މައްސަލައާ ގުޅިގެން ޖީއެމްއައިޒެޑްއެލްގެ ވެރިން މަޖިލީހުގެ ރައްޔިތުންގެ މަޖިލީހުގެ ސަރުކާރު ކުންފުނިތަކާ ބެހޭ ކޮމިޓީ (އެސްއޯއީ ކޮމިޓީ) އަށް ހާޒިރު ކުރި އެވެ. އަދި އެ މައްސަލައިގައި އިހުމާލުވި އެންމެނަށް ފިޔަވަޅު އަޅަން ލަފާ ދިނުމަށް ވެސް އެ ކޮމިޓީއިން ނިންމާފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox