މަސްވެރިކަމުގެ ގަވާއިދަށް ބަދަލުތަކެއް: ވައިފުޅި އަޅައިގެން ލަނޑާ ނެގޭނެ، ފަޅު ތެރޭ ދާ އެޅޭނެ

ބޭރު ގައުމެއްގައި މީހަކު ވައިފުޅި އަޅައި ފީނައިގެން ލަނޑާ ނަގަނީ

ބޭރު ގައުމެއްގައި މީހަކު ވައިފުޅި އަޅައި ފީނައިގެން ލަނޑާ ނަގަނީ

ވައިފުޅި އަޅައި ފީނައިގެން ހުއިފިލި ލަނޑާ ނެގުމާއި ފަަޅުތެރެއަށް ވަންނަ މަހުގެ ބާވަތްތައް ރަށު ކައުންސިލުގެ ހުއްދައާއެކު ދާ އަޅައިގެން ނެގުން ހުއްދަކޮށް، މަސްވެރިކަމުގެ އާންމު ގަވާއިދު ފިޝަރީޒް މިނިސްޓްރީއިން މިއަދު އިސްލާހުކޮށްފި އެވެ.

އަހަރުތަކެއް ވަންދެން މަސްވެރިކަމުގެ އާންމު ގަވާއިދުން މަނާކޮށްފައި އޮތް ކަންތައްތަކެއް ހުއްދަކުރީ، ފިޝަރީޒް މިނިސްޓްރީއިން މިއަދު ގެޒެޓު ކުރި އެ ގަވާއިދުގެ އެއް ވަނަ އިސްލާހުގަ އެވެ.

ވައިފުޅި އަޅައިގެން ފީނައިގެން ހުއިފި ލަނޑާ ނެގުން 1970 ގެ އަހަރުތަކުން ފެށިގެން އޮތީ މަނާކޮށްފަ އެވެ. އަދި 2020 ވަނަ އެކުލަވާލި މަސްވެރިކަމުގެ އާންމު ގަވާއިދުގައި މަސްވެރިކަން ކުރުން މަނާ ކަންތައްތަކުގެ ތެރޭގައި ވެސް އެކަން ހިމެނެ އެވެ.

މިއަދު ގެޒެޓު ކުރި އިސްލާހުގައި ވަނީ ވައިފުޅި އަޅައި ފީނައިގެން ލަނޑާ ނެގުން، މަސްވެރިކަމުގައި މަނާ ކަންތައްތަކުގެ ލިސްޓުން އުނިކޮށްފަ އެވެ.

ފިޝަރީޒް މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލް އާދަމް ޒިޔާދު "އަދަދު" އަށް ވިދާޅުވީ، ވައިފުޅި އަޅައިގެން ފީނުން މަނާކޮށްފައި އޮތަސް، ރާއްޖޭގައި ލަނޑާ އެންމެ ގިނައިން ނަގަނީ ވެސް ވައިފުޅި އަޅައިގެން ކަމަށެވެ. އަދި އެކަން ވަރަށް އާންމު ކަމަކަށް ވެފައިވާއިރު، ފިޔަވަޅު އަޅަން ބަލާއިރު، އެންމެ ބޮޑު ވަރަކަށް ކުރެވެނީ 200 އެއްހާ ރުފިޔާގެ ޖޫރިމަނާއެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އެކަން ހުއްދަ ކުރަން ނިންމީ މަސްވެރިންނާ ކުރެވުނު މަޝްވަރާތަކުގައި އެކަމަށް ގިނަ ބަޔަކު އެދުމުން ކަމަށެވެ. އެގޮތުން، ވައިފުޅި އަޅައިގެން ފީނުން ހުއްޓުވަން ފިޔަވަޅު ތަންފީޒު ކުރާ ނަމަ އާމްދަނީގެ 70 ޕަސެންޓު ގެއްލޭނެ ކަމަށް އެ މީހުން ބުނާ ކަމަށް އޭނާ ވިދާޅުވި އެވެ.

އާ އިސްލާހުގެ ދަށުން އެކަން ހުއްދަ ކުރި ނަމަވެސް، ގަވައިދު އޮންނަ ގޮތުން ވައިފުޅި އަޅައިގެން މަސްވެރިކަމުގެ އެއްވެސް ކަމެއް ކުރެވޭނީ ޑައިވްކުރުމުގެ ތަމްރީނާއި ސެޓިފިކެޓު ލިބިފައިވާ މީހުންނަށެވެ.

ގަވައިދަށް ގެނައި އިސްލާހުގެ ދަށުން ހުއްދަ ކުރި އަނެއް ކަމަކީ ރަށުގެ ފަޅުތެރެއަށް ވަންނަ އެކި ބާވަތްތަކުގެ މަސްތައް ހިފުމަށް ދާ އެޅުމެވެ. އެ ގަވައިދު ކުރިން އޮތް ގޮތުން ލައިސެންސް ލިބިގެން މަހަށް ފުރާ އުޅަނދަކަށް ނޫނީ މީހުން ދިރިއުޅޭ ރަށެއްގެ ފަޅު ތެރެއިން އެމުގެ ގޮތުގައި ބޭނުންކުރާ އެއްވެސް މަހެއް ދާ ޖަހައިގެން ނުނެގޭނެ އެވެ.

ޒިޔާދު ވިދާޅުވި ގޮތުގައި އެކަން ހުއްދަކުރީ، ރާއްޖޭގެ ބައެއް ރަށްރަށުގައި ފަޅުތެރެއަށް ވަންނަ މަސް ހިފުމަށް ސަގާފީ ކަމެއްގެ ގޮތުގައި ދާ އަޅައިގެން ހަރަކާތްތައް ބާއްވާތީ އެވެ.

"އަޅުގަނޑުމެން ގަވައިދުގައި އެކަން އެ ލެވެލްއަށް މަނާ ކުރީމަ ވާ ގޮތަކީ ރަށު ފެންވަރުގައި އެހެން ކުރާ ބޮޑު ކަމެއް، ނިސްބަތުން ތިމާވެއްޓަށް އެހާ ބޮޑު ގެއްލުމެއް ވެސް ނުވާ ކަމެއް މަނާ ވެގެން ދަނީ، މުޅި ރަށް ކުށްވެރިވާ ހާލަތު އަންނަނީ،" ޒިޔާދު ވިދާޅުވި އެވެ.

އެހެންނަމަވެސް، ގަވައިދަށް ގެނައި އިސްލާހުގައިވާ ގޮތުން ދާ އަޅަން އެ ރަށެއްގެ ނުވަތަ ސިޓީއެއްގެ ކައުންސިލުން ހުއްދަ ހޯދަން ޖެހޭނެ އެވެ.

ވެލާ ކަހަނބު އަދި އެ ގަވައިދުގެ ދަށުން ހިމާޔަތްކޮށްފައި އޮތް އޮތުން ވެސް ވަނީ ނިމުމަކަށް ގެނެސްފަ އެވެ. އެއީ އެހެން ގާނޫނުއްގެ ދަށުން ވެސް އެ ތަކެތި ހިމާޔަތްކޮށްފައިވާތީ، އެ ތަކެއްޗާ ގުޅޭ މައްސަލަތަކުގައި ދެ ގަވައިދަކުން ފިޔަވަޅު އެޅެން އޮތުމުން ގާނޫނީ މައްސަލަތައް ކުރިމަތިވާތީ އެވެ.

މަސްވެރިކަމުގައި ކުރުން މަނާ ކަންތައްތަކުގެ ތެރޭގައި މަސް މަރާ ބަޑި ބޭނުންކުރުން ވެސް ކުރިން ގަވައިދުގައި ހިމެނޭ އިރު، މިއަދު ގެޒެޓު ކުރި އިސްލާހުން ވަނީ އެކަން ގަވައިދުން އުނިކޮށްފަ އެވެ. އެކަން ކުރީ، ޑިފެންސް މިނިސްޓްރީގެ ގަވައިދެއްގެ ދަށުން ރާއްޖޭގައި މަސް މަރާ ބަޑި އެތެރެކުރުމަކީ ކުށަކަށްވާތީ، ދެ ގަވައިދަކުން ފިޔަވަޅު އެޅޭ ގޮތަށް އޮތް އޮތުން ނިމުމަކަށް ގެނައުމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox