ވައުދު ނުފުއްދާ ކަމަށް ބުނެ، ސީލައިފުން ލަނޑުލިބުނު ބަޔަކު މުޒާހަރާކޮށްފި

ސީލައިފްއިން ލަނޑު ލިބުނު ބައެއް މީހުން މިއަދު އަމީރު އަހުމަދު މަގުގައި މުޒާހަރާ ކުރަނީ: އެ މީހުން ބުނާ ގޮތުގައި މި މައްސަލައާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ބައްދަލުކުރަން އެދުނަސް އެ ފުރުސަތު ދީފައި ނުވޭ -- ފޮޓޯ:އަދަދު

ސީލައިފްއިން ލަނޑު ލިބުނު ބައެއް މީހުން މިއަދު އަމީރު އަހުމަދު މަގުގައި މުޒާހަރާ ކުރަނީ: އެ މީހުން ބުނާ ގޮތުގައި މި މައްސަލައާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ބައްދަލުކުރަން އެދުނަސް އެ ފުރުސަތު ދީފައި ނުވޭ -- ފޮޓޯ:އަދަދު

ސީލައިފް ގްލޯބަލްއާ ސަރުކާރުގެ ބައެއް އިދާރާތަކާ ދެކޮޅަށް އާންމު ބައެއް ފަރާތްތަކަކުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި ދެ ފަރާތުން އެއްބަސްވެ އެކުލަވާލި ސެޓަލްމެންޓް އެއްބަސްވުމަކާ އެއްގޮތަށް އަމަލުކުރަމުންނުދާ ކަމަށް ބުނެ މިއަދު އޭގެ ތެރެއިން ބައެއް މީހުން މުޒާހަރާކޮށްފި އެވެ.

ސީލައިފްގެ ސަބަބުން ގެއްލުންވި މީހުންގެ ތެރެއިން 203 މީހަކު ދައުލަތާ ދެކޮޅަށް ދައުވާކުރުމުން، ދައުވާކުރި މީހުންނަށް 45 މިލިއަން ރުފިޔާގެ ބަދަލެއް ކަނޑައަޅައި އަދި ބޯހިޔާވަހިކަމުގެ މަޝްރޫއަކުން ފްލެޓް ގަތުމަށް އެ މީހުންނަށް ފުރުސަތު ދޭ ގޮތަށް އެޗްޑީސީން ކޯޓުން ބޭރުން އެއްބަސްވުމެއް ހަދައި މައްސަލަ ނިންމައިފަ އެވެ.

ސީލައިފުން ލަނޑުލިބުނު ބައެއް މީހުން ބުނާ ގޮތުގައި، އެޗްޑީސީއާ އިކޮނޮމިކް މިނިސްޓްރީން ސެޓަލްމެންޓް އެއްބަސްވުމުގެ ދަށުން ސީލައިފް ކުންފުނިން އެ ފަރާތްތަކަށް އެޕާޓްމެންޓް ވިއްކި އަގަށް ވުރެ ބޮޑު ނުވާވަރަށް، ސަރުކާރުގެ ހައުސިން މަޝްރޫއަކުން ދެ އަހަރު ތެރޭ ބޯހިޔާވަހިކަން ހަމަޖައްސާނެކަމަށް ވަނީ އެއްބަސްވެފަ އެވެ.

އެ މައްސަލައިގައި، މިއަދު މުޒާހަރާ ކުރި މީހުން ވަނީ އެ މީހުންނަށް ފްލެޓު ދޭނެ ކަމަށް ވީ ވައުދު ފުއްދުމަށާއި ސިވިލް ކޯޓުން އެ މައްސަލައިގައި މީގެ ކުރިން ކުރި ހުކުމް ތަންފީޒުކުރުމަށް ގޮވާލައި ޝުއޫރުފާޅުކޮށްފަ އެވެ.

ރައީސް އޮފީސް ކައިރީގައި މުޒާހަރާ ކުރަން އެ މީހުންނަށް ފުރުސަތު ނުދެ އެވެ. އެއީ، އެއްވުން މަނާ ސަރަހައްދަކަށް ވާތީ ފުލުހުން ވަނީ އެ މީހުން އަމީރު އަހުމަދު މަގުން ހޮޓެލްޖެންއާ ދިމާލަށް ދުރުކޮށްފަ އެވެ.

މުޒާހަރާގައި އިސްކޮށް އުޅުނު ނަފާ ނަސީރު "އަދަދު"އަށް ބުނީ، ގެއްލުމުގެ ބަދަލުގެ ގޮތުގައި ސަރުކާރުގެ ހައުސިން މަޝްރޫއަކުން ދެ އަހަރު ތެރޭ ފްލެޓު ދޭން އެއްބަސްވި ނަމަވެސް، ހަތަރު އަހަރު ވީ އިރުވެސް އެކަމަށް ހައްލެއް ހޯދައިދީފައި ނުވާ ކަމަށެވެ. އަދި އެކަމާ ގުޅިގެން ރައީސް އޮފީހަށް ޕެޓިޝަނެއް ހުށަހެޅިތާ ދެ އަހަރުވާން ކައިރިވެފައިވާއިރު، ޖަވާބެއް ވެސް ނުލިބޭ ކަމަށް ބުންޏެވެ.

"އަޅުގަނޑުމެންނަށް ވިދާޅުވެފައި އޮތީ، ދެ އަހަރު ތެރޭގައި ސޯޝަލް ހައުސިން ސްކީމެއްގެ ދަށުން އަޅުގަނޑުމެންނަށް ފްލެޓު ދޭނެ ކަމަށް. އެކަމަކު، އަޅުގަނޑުމެންނަށް ފްލެޓު ނުލިބި ދެ އަހަރުވީ." ނަފާ ބުންޏެވެ.

"ދެ އަހަރުވުމަށްފަހު އަޅުގަނޑުމެން ޕެޓިޝަންއެއް ހުށަހެޅިން 100 މީހުންގެ ސޮޔާއެއްކޮށް ރައީސްއާ ބައްދަލުކުރަން. ކޮންމެ ފަހަރަކު އެޕޮއިންޓްމެންޓް ދެއްވާފައި އެޕޮއިންޓްމެންޓް ވެސް ކެންސަލް ކުރަނީ އަޅުގަނޑުމެންނާ ބައްދަލެއް ވެސް ނުކޮށް."

ނަފާ ބުނީ، ސީލައިފަށް ފައިސާ ދައްކަން ނެގި ލޯނުގައި ތާށިވެ، އެއަށް ފައިސާ ދައްކަމުން، ތިން ހަތަރު ކުދިންނާއެކު ކުޑަކުޑަ ތަންތަނުގައި ކުލި ދައްކަމުން ހާލުގައި އުޅެން ޖެހިފައި ތިބި ގިނަ ބަޔަކު އުޅޭ ކަމަށެވެ.

"ސަރުކާރުން އަޅުގަނޑުމެންނަށް ރިފަންޑު ދިން ކަމުގައި ވިޔަސް، އިންޓްރެސްޓް ބައި ކޮބާތޯ. އޭތި ދައްކަން ޖެހެނީ އަޅުގަނޑުމެން އަތުން ނޫންތޯ." އޭނާ ބުންޏެވެ.

ސަރުކާރުގެ ހައުސިން ސްކީމެއްގެ ދަށުން ފްލެޓު ލިބޭނެ ކަމުގެ އިންތިޒާރުގައި ތިއްބަސް، އަދިވެސް ނުލިބޭ ކަމަށް އޭނާ ބުންޏެވެ. އަދި މިއަދު މުޒާހަރާ ކުރަނީ، އެކަމާ ގުޅިގެން ހުރި ކަންބޮޑުވުންތައް ހިއްސާ ކުރަން ބައްދަލު ކުރަން އެދުނަސް، ބައްދަލުނުކުރާތީ، ރައީސްއަށް އަޑު އިއްވުމުގެ ގޮތުން ކަމަށް އޭނާ ބުންޏެވެ.

"އަޅުގަނޑުމެންގެ އަޑު ރައީސްއަށް އިވޭތޯ ބަލަން ވެގެން އަޅުގަނޑުމެން އެއްވި އެއްވުމެއް މިއީ،" އެނާ ބުންޏެވެ.

ސީލައިފްއިން ލަނޑު ލިބުނު ބައެއް މީހުން މިއަދު އަމީރު އަހުމަދު މަގުގައި މުޒާހަރާ ކުރަނީ: އެ މީހުން ބުނާ ގޮތުގައި މި މައްސަލައާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ބައްދަލުކުރަން އެދުނަސް އެ ފުރުސަތު ދީފައި ނުވޭ -- ފޮޓޯ:އަދަދު
ސީލައިފްއިން ލަނޑު ލިބުނު ބައެއް މީހުން މިއަދު އަމީރު އަހުމަދު މަގުގައި މުޒާހަރާ ކުރަނީ: އެ މީހުން ބުނާ ގޮތުގައި މި މައްސަލައާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ބައްދަލުކުރަން އެދުނަސް އެ ފުރުސަތު ދީފައި ނުވޭ -- ފޮޓޯ:އަދަދު

ސީލައިފްއިން ލަނޑު ލިބުނު ބައެއް މީހުން މިއަދު އަމީރު އަހުމަދު މަގުގައި މުޒާހަރާ ކުރަނީ: އެ މީހުން ބުނާ ގޮތުގައި މި މައްސަލައާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ބައްދަލުކުރަން އެދުނަސް އެ ފުރުސަތު ދީފައި ނުވޭ -- ފޮޓޯ:އަދަދު

އެކަމަކު، އެތަނަށް އެއްވި މީހުންނާއި އެ މީހުންގެ ވަކީލާއެކު ރައީސް އޮފީހުގެ ކަމާ ބެހޭ މީހުން މިއަދު ރައީސް އޮފީހުގައި މަޝްވަރާތަކެއް ކުރިއަށްގެންދިޔަ އެވެ.

ކޯޓުން ބޭރުގައި މައްސަލަ ނިންމަން ހެދި އެއްބަސްވުމުގެ ދަށުން ވިނަރެސް ފްލެޓު ގަތުމަށް ވެސް ސީލައިފުން ލަނޑު ލިބުނު މީހުންނަށް މީގެ ކުރިން ހުޅުވާލި އެވެ. އެ މީހުންނަށް އެ ފްލެޓުތައް ވިއްކީ އެހެން މީހުންނަށް ވެސް ވިއްކި އަގުގަ އެވެ.

އެކަމަކު، އެ ފްލެޓުތައް އެއްބަސްވި ވަރަށް ވުރެ އަގުބޮޑު ކަމަށް ބުނެ ވެސް މީގެ ކުރިން އޭގެ ތެރެއިން ބައެއް މީހުން ކަންބޮޑުވުންފާޅުކޮށް މުޒާހަރާ ކުރި އެވެ.

ސީލައިފް ގްލޯބަލް އިން ހުޅުމާލޭގައި 3،000 ހައުސިން ޔުނިޓް އެޅުމަށް އެޗްޑީސީއިން 2014 ވަނަ ހަވާލުކުރި މަޝްރޫއުގެ ދަށުން ފްލެޓު ގަތުމަށް ގިނަ ބަޔަކު 50،000ރ. ދައްކާފައިވެ އެވެ. އެކަމަކު، އެ މަޝްރޫއު ކުރިޔަށް ނުގެންދެވި މަޑުޖެހުމާއެކު އެއްބަސްވުން ވަނީ ބާތިލުކޮށްފަ އެވެ.

ގިނަ ބަޔަކަށް އޮޅުވާލައި ހިޔާނާތްތެރިވި މައްސަލައިގައި ސީލައިފްގެ އެމްޑީޕީ އަހުމަދު މޫސާ މުހައްމަދު ހޯދަން މީގެ ކުރިން އިންޓަޕޯލް ރެޑް ނޯޓިސް ވެސް ނެރުނެވެ. އޭނާ ލަންކާގައި ފިލައިގެން އުޅެނިކޮށް ހައްޔަރުކޮށްގެން ގެނެސް މިހާރު ވަނީ 42 ދައުވާއެއް އޭނާގެ މައްޗަށް އުފުލައިފަ އެވެ. އެ މައްސަލައިގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ކުރިއަށްދެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޕްލާސްޓިކް ހޮޅި މަނާކުރުން ފަސްކުރުމުން އެމްޑީޕީގެ ކަންބޮޑުވުން

އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކްގެ ބައެއް ބާވަތްތައް މަނާކުރުން 2031 ވަނަ އަހަރަށް ފަސްކުރުމަށް ސަރުކާރުން ނިންމި ނިންމުމާމެދު އިދިކޮޅު އެމްޑީޕީން ކަންބޮޑުވުން ފާޅުކުރޭ. އެ ޕާޓީން ބުނީ މިއީ ތިމާވެށި ހިމާޔަތްކުރުމަށް އަޅާފައިވާ މުހިންމު ފިޔަވަޅެއް ފަހަތަށް ޖައްސާލުން ކަމަށް.

"ރަސްމާލެ ކުއްޔަށް ދެވިގެން ނުވާނެ، އެކަމާ ދެކޮޅު ހަދަންޖެހޭ"

ރަސްމާލޭގެ ބޮޑު ބައެއް ޔޫއޭއީގެ ކުންފުންޏަކަށް ކުއްޔަށް ދިނުމަކީ ދައުލަތަށް ގެއްލުންވާނެ ކަމެއް ކަމަށް ވިދާޅުވެ، ޝަމްހީދު އެކަމާ ދެކޮޅު ހައްދަވާ. މަޖިލީހަށް ސިއްރުން މިފަދަ އަގުހުރި ބިންތައް ދޫކުރުމަކީ ގާނޫނީ ގޮތުން ސުވާލު އުފެދޭ ކަމެއް ކަމަށާއި، މި އެއްބަސްވުމުގެ ސަބަބުން ބިން ހިއްކުމަށް ދިޔަ ޚަރަދުވެސް ދައުލަތަށް ނުލިބޭނެ ކަމަށް އޭނާ ވިދާޅުވި.

ބީއެމްއެލްއިން 12 ބުރީގެ އޮފީސް އިމާރާތެއް ތަރައްގީކުރަނީ

ބޭންކް އޮފް މޯލްޑިވްސްއިން މާލޭގައި 12 ބުރީގެ އޮފީސް އިމާރާތަކާއި 3 ބުރީގެ ކޮމާޝަލް އިމާރާތެއް ޑިޒައިންކޮށް، ފައިނޭންސްކޮށް، އިމާރާތްކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާނުކޮށްފިއެވެ. މި މަޝްރޫއަށް ކުރިމަތިލާ ފަރާތްތަކަކީ ތަޖުރިބާކާރު ކުންފުނިތަކަކަށް ވާންޖެހޭއިރު، މަޝްރޫއު ކުރިއަށް ގެންދަންޖެހޭނީ ކޮންޓްރެކްޓަރުން އަމިއްލައަށް ފައިސާ ހޯދައިގެން.

މާދަމާއަށް ތާވަލުކުރި ޔާމީންގެ ޝަރީއަތް އަންނަ މަހަށް ފަސްކޮށްފި

ރ. ފުއްގިރި މައްސަލައިގައި ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޚުލާސާ ބަޔާން އިއްވުމަށް މާދަމާއަށް ތާވަލުކުރި އަޑުއެހުން އަންނަ މަހުގެ 8 ވަނަ ދުވަހަށް ވަނީ ފަސްކޮށްފައި. މީގެ އިތުރުން، ވ. އާރަށް މައްސަލައިގައި ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކާ ގުޅޭ އަޑުއެހުމެއް މި މަހުގެ 29 ވަނަ ދުވަހަށް ވަނީ ތާވަލުކޮށްފައި.

އެމްޑީޕީގެ އެކްޓިވިސްޓު ޝާމިން ބަންދުން ދޫކޮށްލައިފި

އެމްޑީޕީގެ މުޒާހަރާއެއްގައި ފުލުހުން ބަންދުކޮށްފައިވާ ސަރަހައްދަކަށް ވަދެ، ފުލުހުންގެ ވާޖިބަށް ހުރަސްއެޅި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި އެކްޓިވިސްޓު މުހައްމަދު ޝާމިން ހައްޔަރުކުރީ، އޭނާގެ މައްޗަށް މުދަލަށް ގެއްލުންދިނުމާއި އަމުރަށް ނުކިޔަމަންތެރިވުމުގެ ތުހުމަތުކޮށްފަ.

އަބޫދާބީ ކުންފުނީގެ ފްލެޓުތައް ސަރުކާރަށް ލިބެނީ ހިލޭ

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓަކީ ސަރުކާރުން އެއްވެސް ގެރެންޓީއެއް ނުވަތަ ފައިނޭންޝަލް ކޮމިޓްމަންޓެއް ދީގެން ހިންގާ މަޝްރޫއެއް ނޫން ކަމަށާއި، މިއީ އެ ކުންފުނީގެ އަމިއްލަ ހަރަދުގައި ކުރިއަށްގެންދާ މަސައްކަތެއް ކަމަށް ސަރުކާރުން ބުނޭ.

ނައިބުރައީސް އދ. ގެ ސެކްރެޓަރީ ޖެނެރަލާ ބައްދަލުކުރައްވައިފި

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް، އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓާރޭޒްއާ ބައްދަލުކުރައްވައި މޫސުމީ ބަދަލުތަކާއި ކުދި ޖަޒީރާ ގައުމުތަކަށް ކުރިމަތިވާ ގޮންޖެހުންތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވި. މި ބައްދަލުކުރެއްވުމުގައި ރާއްޖެއިން އިސްކަންދޭ މުހިންމު ކަންކަމާއި ފަލަސްތީނުގެ ހާލަތާ ގުޅޭގޮތުން ވާހަކަދެއްކެވި.

Newsletter

Get the latest news delivered straight to your inbox