ހުލާސާކޮށް އިއްޔެ: ބަންޑާރަ ނައިބުގެ ވަރުގަދަ ރައްދެއް ނަޝީދާއި މެންބަރުންނަށް

Jun 6, 2023, 1:18 AM
ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު، ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި.-- ފޮޓޯ: މަޖިލީހުގެ އިދާރާ

ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު، ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި.-- ފޮޓޯ: މަޖިލީހުގެ އިދާރާ

ބަންޑާރަ ނައިބުގެ އިބްރާހިމް ރިފްއަތުގެ އިތުބާރު ނެތް ކަމަށް ބުނެ ހުށަހެޅި މައްސަލައިގައި ޖަވާބުދާރީވެވަޑައިގަތުމަށް އޭނާ މަޖިލީހުގެ ތަޅުމަށް ވަޑައިގަތުމުން، މައްސަލަ ރަނގަޅަށް ކުރިއަށް ގެންގޮސް ޖަވާބުދާރީ ކުރުވުމުގެ މަސައްކަތަށް ވުރެ ބޮޑަށް އިއްޔެ ޖަލްސާ ކުރިއަށްދިޔާ "ނިޒާމީ މައްސަލަ"އިގަ އެވެ.

މަޖިލީހުގެ ތަޅުމުގައި މައްސަލަ ކުރިއަށް ދިޔައިރު ވެސް، ގަވާއިދުގައި ބުނާ ނިޒާމެއް ނެތެވެ. ހަޅޭއްކާއި ޖެއްސުންކުރުމާއި ފުރައްސާރައިގެ ތެރޭގައި ބަންޑާރަ ނައިބު ރިފްއަތު ދެއްވީ ވަރުގަދަ ރައްދެކެވެ.

"ގާނޫނު އަސާސީގެ 133 ވަނަ މާއްދާއާ އަޅުގަނޑު ހިލާފަށް ކޮށްފި ކަމަށް މަޖިލީހުގެ 13 މެމްބަރުން ނިންމީ ކޮން ގާނޫނީ އުސޫލަކުންތޯ؟ އަޅުގަނޑު އެ ބޭފުޅުންނާ ސުވާލުކޮށްލަން ބޭނުން، ގާނޫނުއަސާސީގެ 101 ވަނަ މާއްދާގެ ހ. ގައި ބުނަނީ ސަބަބު ބަޔާންކޮށްގެން މެނުވީ ވަޒީރެއްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ހުށަނޭޅޭނެ ކަމަށް. ދެކުނުގެ އީއީޒެޑްގެ މައްސަލައިގައި ރާއްޖެއަށް ބޮޑުބައި ހޯދުމަށް އަޅުގަނޑު ވަކާލާތު ކުރި ގޮތާމެދު މަޖިލީހުގެ ރައީސް އާއި މަޖިލީހުގެ 13 މެންބަރުންގެ ހިތަށް ފެންނަ ގޮތަކީ ގާނޫނު އަސާސީގައި ބުނާ ސަބަބެއް ނޫން،" ރިފްއަތު ވިދާޅުވި އެވެ.

ބައެއް މުހިންމު ހަބަރު

ދުވަހުގެ ކޯޓޭޝަން

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އެ މަޖިލީހުގެ 100 ޕަސެންޓު ތާއިދު އޮތް ކަމާއި އެކަމަށް ކަންބޮޑުވެ ވަޑައިނުގަތުމާއި، މަޖިލިސް ހިންގަވާނީ ގާނޫނާ ގަވާއިދާ އެއްގޮތަށް ކަމަށް އެ މަނިކުފާނު އިއްޔެގެ ޖަލްސާގައި ވިދާޅުވުމުން، ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސާ ވިދާޅުވީ؛

އަޅުގަނޑު ހަމަ ރިކޯޑަށްޓަކައި ދަންނަވާލަން. މަޖިލީހުގެ ގަވާއިދާ ހިލާފަށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ރިޔާސަތުން ގެންދަވާތީ ރިޔާސަތަށް އަޅުގަނޑުގެ އިތުބާރެއް ނެތް،"

ދުވަހުގެ ފޮޓޯ

މިހާރު ކުރިއަށްދާ ބައިނަލްއަގުވާމީ ބެޑްމިންޓަން މުބާރާތުގައި ނަބީހާ. -- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު
މިހާރު ކުރިއަށްދާ ބައިނަލްއަގުވާމީ ބެޑްމިންޓަން މުބާރާތުގައި ނަބީހާ. -- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

މިހާރު ކުރިއަށްދާ ބައިނަލްއަގުވާމީ ބެޑްމިންޓަން މުބާރާތުގައި ނަބީހާ. -- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox