މިރުޒާގެ އާއިލާއިން ދިން މައާފާއެކު މަރުގެ އަދަބުން ނަޒީފު ސަލާމަތްވެއްޖެ

ސުޕްރީމް ކޯޓުން މިއަދު ހުކުމް ކުރަން ބޭއްވި އަޑުއެހުމުގައި ނަޒީފާއި އޭނާގެ ވަކީލު އިސްމާއިލް މުހައްމަދު --

ސުޕްރީމް ކޯޓުން މިއަދު ހުކުމް ކުރަން ބޭއްވި އަޑުއެހުމުގައި ނަޒީފާއި އޭނާގެ ވަކީލު އިސްމާއިލް މުހައްމަދު --

ވިލިމާލޭގައި ގުރޫޕަކުން ހަމަލާދީ މަރާލި ނ. މާޅެންދޫ ވައިޓްހައުސް, އަހުމަދު މިރުޒާ އިބްރާހިމްގެ މަރާލިކަން ސާބިތުވެ، މަރަން ހުކުމް ކުރި އަބްދުﷲ ނަޒީފަށް މިރުޒާގެ އާއިލާއިން މައާފުދިނުމުން އޭނާއަށް މަރުގެ އަދަބު ނުދެވޭނެ ކަމަށް މިއަދު ސުޕްރީމް ކޯޓުން މިއަދު ނިންމައިފި އެވެ.

ވިލިމާލޭ ޕާކު ތެރޭގައި ލަކުޑިބުރިއަކުން ޖަހައި މިރުޒާ މަރާލި މައްސަލައިގައި ދައުލަތުން ދައުވާ ކުރި ދެ މީހުންގެ ތެރެއިން ފުވައްމުލައް ސިޓީ, ޒާވިއާ، ނަޒީފު މަރަން ކްރިމިނަލް ކޯޓުން ހުކުމް ކުރީ ކުށް ސާބިތުވެ، މިރުޒާގެ ވާރިސުން ގިސާސް ހިފަން ބޭނުންވުމުންނެވެ. އެ ހުކުމަށް ހައި ކޯޓުން މީގެ ކުރިން ވަނީ ތާއީދުކޮށްފަ އެވެ.

އެކަމަކު، ހައި ކޯޓުގެ ހުކުމް ނަޒީފުގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން ބެލި މައްސަލައިގެ ތެރެއިން މިރުޒާގެ ވާރިސުން ވަނީ ނަޒީފަށް މައާފު ދީ، މަރަށް މަރު ހިފަން ބޭނުންނުވާ ކަމަށް ބުނެފަ އެވެ. މިއީ މަރުގެ މައްސަލައެއްގައި މަރަން ހުކުމް ކޮށްފައިވާ މީހަކަށް މަރުވި މީހާގެ ވާރިސުން، ޝަރީއަތުގެ އެންމެ މަތީ މަރުހަލާ، ސުޕްރީމް ކޯޓުގައި މައާފުދިން ފުރަތަމަ ފަހަރެވެ.

ނަޒީފުގެ މައްސަލައަކީ މަރުގެ ބޮޑު މައްސަލައަކަށްވާތީ ސުޕްރީމް ކޯޓުން އެކުލަވާލި ފަސް ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ފަނޑިޔާރު ޝުޖޫންގެ ރައުޔުގައި ވަނީ ދައުލަތުގެ ހެކީންގެ ހެކިބަހުގައި ފުށުއެރުންތަކެއް ހުރުމުން ދަށު ކޯޓާއި ހައި ކޯޓުގެ ހުކުމް ބަދަލު ގެންނަން ޖެހޭނެ ކަމަށެވެ.

އެކަމަކު، ދެން ތިއްބެވި ހުރިހާ ފަނޑިޔާރުން ވެސް ވެސް ފެނިވަޑައިގަތީ، މީގެ ކުރިން ނިންމާފައިވާ ނިންމުންތައް ރަނގަޅު ކަމަށާއި ނަޒީފުގެ މައްޗަށް ކުށް ސާބިތުވާ ކަމަށެވެ.

ނަޒީފްގެ މައްޗަށް ކުށް ސާބިތުވާ ކަމަށް މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އަގުލަބިއްޔަތުން ހުކުމް ކުރި ނަމަވެސް، އޭނާއަށް މިރުޒާގެ ވާރިސުން މައާފު ދީފައިވާތީ، ސުޕްރީމް ކޯޓުން ނިންމީ މަރުގެ އަދަބު ނުދެވޭނެ ކަމަށެވެ. އެ ކޯޓުން ނިންމީ، ނަޒީފަށް ތައުޒީރީ އަދަބެއް ދިނުމަށް ކްރިމިނަލް ކޯޓަށް މައްސަލަ ތަހުވީލު ކުރުމަށެވެ.

މަރުގެ މައްސަލައިގައި ދެން އޭނާގެ މައްޗަށް އިއްވޭނީ 25 އަހަރުގެ ޖަލު ހުކުމެކެވެ. އެކަމަކު، ނަޒީފަށް އަދަބު ކަނޑައަޅާނީ ކްރިމިނަލް ކޯޓުން ބާއްވާ އަޑުއެހުމެއްގައި ދެ ފަރާތުން ދައްކާ ވާހަކަތަކަށް ފަހު އެވެ. އެހެންވެ، ހުކުމުގެ މުއްދަތަށް ބަދަލެއް އަތުވެދާނެ އެވެ. އޭނާ މިހާރު ޖަލުގައި ހުރި މުއްދަތު ވެސް އޭނާ ތަންފީޒު ކުރަން ޖެހޭ ޖަލު އަދަބުން އުނިވާނެ އެވެ.

ފަނޑިޔާރު ޝުޖޫންގެ އިތުރުން، ސުޕްރީމް ކޯޓުގައި މި މައްސަލަ ބެއްލެވި ބެންޗުގައި ދެން ތިއްބެވި ފަނޑިޔާރުންނަކީ ހުސްނުއްސުއޫދު، ޑރ. އަޒްމިރަލްދާ ޒާހިރު، އަލީ ރަޝީދު، އަދި މަހާޒު އަލީ ޒާހިރެވެ.

މިރުޒާގެ ވާރިސުން ސުޕްރީމް ކޯޓަށް ހާޒިރު ކުރީ، ނަޒީފަށް މައާފުކޮށްފައިވާ ކަމަށް ބުނެ މިރުޒާގެ ބައްޕަ އިބްރާހިމް ހަސަން ކޯޓަށް ފޮނުވި ސިޓީއަކާ ގުޅިގެންނެވެ. އިބްރާހިމް ބުނި ގޮތުގައި މާފު ދިނީ ނަޒީފުގެ ފަރާތުން އޭނާއާ ބައްދަލުކޮށް, މާފު ދިނުމަށް އެދުމުންނެވެ.

މައްސަލާގައި ގިނަ ދުވަސްވެފައިވުމާއި, އޭނާގެ އަހުލާގު މިހާރު ރަނގަޅު ވެފައިވާ ކަމަށް އާއިލާއިން ބުނާތީ, މާފު ދިނުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ދެކޭ ކަމަށް ވެސް އިބްރާހިމް ސުޕްރީމް ކޯޓުގައި ބުނެފައިވެ އެވެ.

މިރުޒާގެ ބައްޕަ މައާފު ދިނުމުން، ދެން ތިބި ވާރިސުން ވެސް ވަނީ ނަޒީފަށް މައާފުކޮށް، ގިސާސްހިފަން ބޭނުންނުވާކަން ސުޕްރީމް ކޯޓުގައި ހާމަކޮށްފަ އެވެ.

އިސްލާމީ ޝަރީއަތުގައިވާ ގޮތުން މަރަށް މަރު ހިފޭނީ، މަރުވި މީހާގެ ހުރިހާ ވާރިސުން ވެސް ގިސާސް ހިފަން ބޭނުންވާ ނަމަ އެވެ. އެންމެ ވާރިސަކު ވެސް ދެކޮޅު ހަދައިފި ނަމަ ދޭން ޖެހޭނީ ތައުޒީރީ އަދަބެކެވެ.

މިރުޒާގެ މަރުގެ މައްސަލައިގައި ދެން ދައުލަތުން ދައުވާ ކުރި ވ. ފަޒީލާމަންޒިލް, މުހައްމަދު ޝިފާއުގެ މައްޗަށް ވެސް މީގެ ކުރިން ވަނީ މަރުގެ ހުކުމް އިއްވައިފަ އެވެ. އެކަމަކު، އޭނާއަށް ވެސް މިރުޒާގެ ވާރިސުން މައާފު ދިނުމުން، ޖުލައި 6، 2022ގައި ހައި ކޯޓުން ވަނީ ތައުޒީރީ އަދަބެއްގެ ގޮތުގައި އޭނާ 17 އަހަރާއި ހަ މަހަށް ޖަލަށްލާން ހުކުމްކޮށްފަ އެވެ. އޭގެ އިތުރުން، ކައްފާރާގެ ގޮތުން ދެ މަސް ދުވަހު ރޯދަ ހިފަން ވެސް ހުކުމުގައި އަންގާފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox