މާލޭގައި ދިރިއުޅޭ މީހުންނަށް ޗަމްޕާއިން އެހީވުމުން ކައުންސިލުން އަގުވަޒަންކޮށްފި

May 30, 2023, 6:33 AM
މޭޔަރު މުއިއްޒު އުއްޗުއަށް ފިލައެއް އަރުވަނީ: ރޯދަ މަހު މާލެއަށް 10 ޓަނުގެ ކާއްޓާއި ކަރާ ބެހި -- ފޮޓޯ: ކައުންސިލް

މޭޔަރު މުއިއްޒު އުއްޗުއަށް ފިލައެއް އަރުވަނީ: ރޯދަ މަހު މާލެއަށް 10 ޓަނުގެ ކާއްޓާއި ކަރާ ބެހި -- ފޮޓޯ: ކައުންސިލް

ވެރިކަން ހިންގާ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ޗަމްޕާ ބްރަދާސްގެ ފަރާތުން އެހީވުމުން މާލޭ ސިޓީ ކައުންސިލުން އެކަމުގެ އަގުވަޒަންކޮށްފި އެވެ.

ނިމިދިޔަ މި އަހަރުގެ ރޯދަ މަހާ ދިމާކޮށް މާލެއަށް ބެހުމަށް 10 ޓަނުގެ ކަރަލާއި ކާށި ޗަމްޕާ ކުންފުނިން ކައުންސިލާ ހަވާލު ކުރި އެވެ. ކައުންސިލުން ވަނީ 50،000 އަށް ވުރެ ގިނަ ކާށި ބަހައިފަ އެވެ. އަދި 4650 ކަރާ ވެސް ކައުންސިލުން ބެހި އެވެ.

އުއްޗު ރޯދަ މަހު ބެހި ކަރާ: 10 ޓަނުގެ ކަރަލާއި ކާށި ބެހި -- ފޮޓޯ: ކައުންސިލް
އުއްޗު ރޯދަ މަހު ބެހި ކަރާ: 10 ޓަނުގެ ކަރަލާއި ކާށި ބެހި -- ފޮޓޯ: ކައުންސިލް

އުއްޗު ރޯދަ މަހު ބެހި ކަރާ: 10 ޓަނުގެ ކަރަލާއި ކާށި ބެހި -- ފޮޓޯ: ކައުންސިލް

ޗަމްޕާ ކުންފުނީގެ އަގުވަޒަންކޮށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ޗަމްޕާގެ ވެރިޔާ އަހުމަދު މޫސާ (އުއްޗު) އަށް ވަނީ ފިލައެއް އަރުވައިފަ އެވެ.

މިމަހުގެ ތެރޭގައި އުއްޗު ވަނީ ހއ. ހޯރަފުށީ ސްކޫލަށް 1.1 މިލިއަން ރުފިޔާ ހަދިޔާކޮށްފަ އެވެ. އޭނާއަކީ ދާއިމީކޮށް ބައެއް ކަންކަމަށް އަދި ތަންތަނަށް އެހީ ދެމުން އަންނަ މީހެކެވެ. އެގޮތުން ސިފައިންގެއަށް ވެސް ގަވާއިދުން އެހީވެ އެވެ.

އުއްޗުއަކީ ދިވެހިރާއްޖޭގެ އެންމެ މުއްސަނދި އެއް ކުންފުނި ކްރައުން އެންޑް ޗަމްޕާގެ އެއް ވެރިޔާ އެވެ. ކްރައުން އެންޑް ޗަމްޕާއިން 10 ރިސޯޓެއް ރާއްޖޭގައި ހިންގާއިރު 2000 އެއްހާ މުވައްޒަފުން ގެންގުޅެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox