ކަރެކްޝަންސް އޮފިސަރަކަށް ކަތިވަޅިއަކުން ހަމަލާ ދޭން އުޅުމުން ކުރި ދައުވާ ސާބިތެއް ނުވި

ކަރެކްޝަނަލް ސާވިސްގެ ޔުނީފޯމް: ކަރެކްޝަންސް އޮފިރަކަށް ކަތިވަޅިއަކުން ހަމަލާ ދޭން އުޅުނު މައްސަލައެއްގައި ކުރި ދައުވާ ސާބިތުނުވާ ކަމަށް މިއަދު ވަނީ ހުކުމްކޮށްފައި -- އަދަދު ފޮޓޯ/ މުހައްމަދު ޝާބިން

ކަރެކްޝަނަލް ސާވިސްގެ ޔުނީފޯމް: ކަރެކްޝަންސް އޮފިރަކަށް ކަތިވަޅިއަކުން ހަމަލާ ދޭން އުޅުނު މައްސަލައެއްގައި ކުރި ދައުވާ ސާބިތުނުވާ ކަމަށް މިއަދު ވަނީ ހުކުމްކޮށްފައި -- އަދަދު ފޮޓޯ/ މުހައްމަދު ޝާބިން

މީގެ ހަތް އަހަރު ކުރިން މާލޭގައި ކަރެކްޝަންސްގެ އޮފިސަރަކަށް ކަތިވަޅިއަކުން ބިރު ދައްކައި މާރާމާރީ ހިންގަން އުޅުނު އިރު، ކަތިވަޅި ހިފައިގެން ހުރި މީހާ ގޮވައިގެން ސައިކަލުގައި އެތަނަށް ދިޔަ ކަމަށް ބުނާ މުހައްމަދު ސާޒުގެ މައްޗަށް ކުރި ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

ތ. ކިނބިދޫ، ގުލްފާމުގޭ، މުހައްމަދު ސާޒުގެ މައްޗަށް، ތޫނު އެއްޗަކުން ބިރު ދައްކައި މާރާމާރީ ހިންގަން އުޅުމުގެ ދައުވާ ކުރީ، އޮކްޓޯބަރު 9، 2016 ވަނަ ދުވަހު، އޭނާއާއި ޝައިރަފް އަބްދުއްރަހީމް ކިޔާ މީހަކު ސައިކަލެއްގައި ގޮސް ކަރެކްޝަންސްގެ އޮފިސަރަކަށް ކަތިވަޅިއަކުން އިންޒާރު ދިން ކަމަށް ބުނެ އެވެ.

ދައުލަތުގައި ދައުވާގައިވާ ގޮތުން، ސާޒު ދުއްވަން އިން ކަމަށް ބުނާ ސައިކަލު ހިރިޔާ ސްކޫލާއި ތާޖުއްދީން ސްކޫލާ އަރާ ހަމަވިތަނުން، ސައިކަލުން ފައިބައި، "މިއޮތީ ކަތިވަޅިއޭ މަރައޭލާނީ" ބުނެ އޮފިސަރާ ދިމާލަށް ދިޔައީ ޝައިރަފް އެވެ.

ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާ ކުރުމުގެ ގާނޫނުގައިވާ ގޮތުން، ތޫނު އެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގަން އުޅުމަކީ ނުވަތަ އެހީތެރިވެދިނުމަކީ ނުވަތަ އެއްވެސް ސިފައެއްގައި ބައިވެރިވުމަކީ ވެސް ކުށެކެވެ. އެހެންވެ، ސާޒުގެ މައްޗަށް ދައުވާ ކުރީ ޝައިރަފް އިން ސައިކަލު ދުއްވީ ސާޒު ކަމަށް ބުނެ އެވެ.

ޖުލައި 31، 2017 ގައި ލިޓަސް ގަރާޖު ތެރޭގައި ރ.މީދޫ، ފެންފިޔާޒުގޭ މުހައްމަދު އަނަސް މަރާލި މައްސަލައިގައި ވެސް ދައުވާ ލިބޭ، ސާޒުގެ މައްޗަށް ދައުލަތުން އުފުލި މި ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުގެ ގާޒީ ސަފްއަތު ހަބީބް ހުކުމް ކުރެއްވީ، ދައުލަތުން ހުށަހެޅި އެއްވެސް ހެކިވެރިއަކަށް، ޝައިރަފް އިން ސައިކަލު ދުއްވަން ހުރީ ސާޒު ކަމެއް ބުނެނުދެވުމުންނެވެ.

ހިރިޔާ ކައިރިން، އިންޒާރު ލިބުނު ކަރެކްޝަންސްގެ އޮފިސަރު ކްރިމިނަލް ކޯޓުގައި ހެކިބަސް ދެމުން ބުނެފައި ވަނީ އޭނާއަށް ހަމަލާ ދޭން އުޅުނީ ޝައިރަފް ކަމަށެވެ. އެކަމަކު، ސައިކަލު ދުއްވަން އިނީ ކާކު ކަމެއް އަދި އެއީ ސާޒު ކަމެއް ވެސް ބުނެދޭން ނޭނގޭ ކަމަށް އޭނާ ބުނެފައިވާކަން ހުކުމުގައި ފާހަގަކުރި އެވެ. އެ އޮފިސަރު ފުލުހުންގެ ތަހުގީގަށް ފާހަގަކުރީ ވެސް ސައިކަލުގައި އައި ދެ މީހުންގެ ތެރެއިން ޝައިރަފް އެކަންޏެވެ.

މި މައްސަލައިގައި ހެކިބަސް ދިން މީހުންގެ ތެރޭގައި، ކަރެކްޝަންސްގެ އަންހެން މުވައްޒަފަކާއި އޭނާ އާއެކު ހުރި އެހެން އަންހެނަކު ވެސް ހިމެނެ އެވެ. އެ ދެ މީހުން ހެކިބަސް ދިނީ، ޝައިރަފް އާއި އިތުރު މީހަކު ބަންގްލަދޭޝް ހައި ކޮމިޝަން ކައިރިން، އެ ދެ މީހުންގެ ތެރެއިން ކަރެކްޝަންސްގެ އަންހެން އޮފިސަރަށް އިންޒާރުދީ ސައިކަލުގައި ފައިން ޖެހި ކަމަށް ބުނާ އެހެން ހާދިސާއަކާ ގުޅިގެންނެވެ.

އިންޒާރު ދިނީ ކޮން ބައެއްކަން ނޭނގޭ ކަމަށާއި، ހިރިޔާ ސްކޫލު ކައިރިން ކަރެކްޝަންސްގެ އޮފިސަރަށް އިންޒާރު ދިނީ ވެސް ކޮން ބައެއްކަން ނޭނގޭ ކަމަށް އެ ދެ ހެކިވެރިން ވެސް ބުނެފައިވާކަން ކްރިމިނަލް ކޯޓުން ފާހަގަކުރި އެވެ. އަދި, އެ ދެ މީހުންނަށް ވެސް، ދައުވާއާ ގުޅޭ ހާދިސާ ހިނގި ތަނުން ސާޒު ފެނިފައިނުވާކަން ހުކުމުގައި ފާހަގަކުރި އެވެ.

މި މައްސަލައިގައި ދައުލަތުން ހުށަހެޅި ސިއްރު ހެކިވެރިޔާއަށް ވެސް ފާހަގަކުރެވުނީ ހަމައެކަނި ޝައިރަފް އެވެ. ސައިކަލު ދުއްވަން އިނީ ކާކު ކަމެއް ބުނެދޭން އޭނާއަށް ވެސް ނޭނގުނުކަން ހުކުމުގައި ފާހަގަކުރި އެވެ. އެ ސިއްރު ހެކިވެރިޔާއަކީ ހިރިޔާ ކައިރިން ކަރެެކްޝަންސްގެ އޮފިސަރަށް އިންޒާރު ދިން މަންޒަރު ފެނުނު މީހެކެވެ.

ހުކުމުގައިވާ ގޮތުން، ފުލުހުންގެ ވީޑިއޯ އެންޑް އިމޭޖް އެނަލިސިސް ރިޕޯޓެއް ވެސް ދައުލަތުން ހެއްކެއްގެ ގޮތުގައި ހުށަހެޅި ނަމަވެސް، އެ ރިޕޯޓު ސާޒުއަށް އެއްވެސް ވަރަކަށް ދޫކޮށްފަައިނުވެ އެވެ. އަދި ރިޕޯޓު ތައްޔާރު ކުރި ފަރާތް ހެއްކެއްގެ ގޮތުގައި ހުށަހަޅާފައި ވެސް ނުވެ އެވެ. އެ ރިޕޯޓު ލިބި، އެއާ މެދު ދެކޭ ގޮތެއް ބަޔާންކޮށް، ދިފާއުވުމުގެ ފުރުސަތު އޭނާއަށް ލިބިފައިނުވާއިރު، އެ ރިޕޯޓަށް ރިއާއަތް ކުރުމަކީ އިންސާފުވެރި ގޮތެއް ނޫން ކަމަށް ބަލައި ކްރިމިނަލް ކޯޓުން ނިންމީ އެ ރިޕޯޓަށް ރިއާއަތް ނުކުރުމަށެވެ.

އެހެންވެ ހުކުމުގައި ވަނީ، ދައުލަތުން ހުށަހެޅި ހެކިތަކުން، ދައުވާގައި ބުނާ ކުށް ސާޒު ކުރި ކަމަށް އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ސާބިތުނުވާ ކަމަށެވެ.

ކްރިމިނަލް ކޯޓުގައި ކަރެކްޝަންސްގެ އޮފިސަރުން ދިން ހެކިބަހުން އެނގޭ ގޮތުގައި އެ މީހުންނަށް އިންޒާރުދީ މާރާމާރީ ހިންގަން އުޅުނީ "ލަބަރޭ" ކިޔާ މީހެއްގެ ގައިގައި އެ މީހުން ޖެހި ކަމަށް ބުނެ އެވެ.

މި މައްސަލައިގައި ސާޒު އާއެކު ދައުލަތުން ޝައިރަފްގެ މައްޗަށް ވެސް ތޫނު އެއްޗެއް ބޭނުންކޮށްގެން މާރާމާރީ ހިންގަން އުޅުމުގެ ދައުވާ ކުރި އެވެ. އޭގެ އިތުރުން، އޮފިސަރު ދުއްވައިގަތުމުން އޭނާގެ ސައިކަލަށް އަރައިގެން ޝައިރަފް ދިޔަ ކަމަށް ބުނެ މީހެއްގެ މުދަލަކަށް ހުއްދަ ނޫން ގޮތުގައި ބާރު ހިންގުމުގެ ދައުވާ ވެސް އުފުލި އެވެ.

މި މައްސަލައިން ސަލާމަތްވިޔަސް އަނަސްގެ މަރުގެ މައްސަލައިގައި ސާޒު ހުރީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ. އަނަސްގެ މަރުގެ މައްސަލަ މިހާރު އޮތީ ހުކުމް ކުރުމާ ހިސާބަށް ގޮސްފަ އެވެ.

އެކަމަކު، ޝައިރަފް ކޯޓަށް ހާޒިރު ކުރަން މަސައްކަތްކޮށް ހާޒިރު ނުކުރެވުމުން ކްރިމިނަލް ކޯޓުން ވަނީ އޭނާގެ ބައި އަނބުރާ ޕީޖީ އޮފީހަށް ފޮނުވައިފަ އެވެ.

ތޫނު އެއްޗެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށަށް އޮންނަ އަދަބަކީ ހަތް އަހަރާއި 10 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ. އަދި އެކަން ކުރަން އުޅުމާއި އެހީތެރިވުމާއި ބައިވެރިވުމަށް އޮންނަ އަދަބަކީ ތިން އަހަރާއި ފަސް އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox