އޮޅުވާލައިގެން އޯޓީޕީ ހޯދައި, ސްކޭމެއް ހިންގި މީހަކު ޖަލަށްލާން ހުކުމްކޮށްފި

މީހަކު ބީއެމްއެލްގެ އެޕް ބޭނުންކުރަނީ: އޮޅުވާލައިގެން އޯޓީޕީ ހޯދައި މީހެއްގެ އަތުން ގިނަ އަދަދެއްގެ ފައިސާ ނެގި މައްސަލައެއްގައި މީހަކު ވަނީ ޖަލަށްލާފައި

މީހަކު ބީއެމްއެލްގެ އެޕް ބޭނުންކުރަނީ: އޮޅުވާލައިގެން އޯޓީޕީ ހޯދައި މީހެއްގެ އަތުން ގިނަ އަދަދެއްގެ ފައިސާ ނެގި މައްސަލައެއްގައި މީހަކު ވަނީ ޖަލަށްލާފައި

މީހެއްގެ އީމެއިލް އެޑްރެހާއި އިންޓަނެޓް ބޭންކިން މެދުވެރިކޮށް ފައިސާ ޓްރާންސްފާ ކުރާއިރު، ބީއެމްއެލްއިން ފޯނަށް ފޮނުވާ އޯޓީޕީ ނަމްބަރެއް އޮޅުވާލައިގެން ހޯދައި އެ މީހާގެ އެކައުންޓުން ގިނަ އަދަދެއްގެ ފައިސާ ވަގަށްނެގި މައްސަލައެއްގައި މީހަކު ހަ މަހާއި 18 ދުވަހަށް ޖަލަށްލުމަށް އިއްޔެ ހުކުމްކޮށްފި އެވެ.

އޭގެ އިތުރުން 530 ގަޑިއިރު މުޖުތަމައަށް ހިދުމަތް ކުރަން ވެސް އޭނާގެ މައްޗަށް ކްރިމިނަލް ކޯޓުން އަމުރު ކުރި އެވެ.

މ. ނާސްލީމަންޒިލް، ހަސަން ރިޔާޒާއި، ވ. އާއަލި، އައިޝަތު ރަފާގެ މައްޗަށް، އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތުގައި ބާރު ހިންގުމުގެ ދައުވާ ކުރީ މެއި 5، 2022 ވަނަ ދުވަހު، އެޗްޑީސީގެ ފަރާތުން ކަމަށް ބުނެ މީހަކަށް ގުޅައި އެ މީހާގެ އީމެއިލް އެޑްރެހާއި އިންޓަނެޓް ބޭންކިން އޯޓީޕީ ހޯދައިގެން، އޭނާގެ އެކައުންޓުގައި ހުރި ގިނަ އަދަދެއްގެ ފައިސާ ރިޔާޒާއި ރަފާގެ އެކައުންޓަށް ޖަމާކޮށްފައިވާތީ އެވެ.

ދައުލަތުގެ ދައުވާގައިވާ ގޮތުން ރިޔާޒު އެ މީހާގެ އެކައުންޓުން ނަގާފައި ވަނީ 25،000ރ. އެވެ. އަދި ރަފާ ނަގާފައި ވަނީ 16،000ރ. އެވެ. އެ ފައިސާ އަކީ އަމިއްލަ ފައިސާ ނޫންކަން އެނގި ހުރެ، އެ ދެ މީހުން ވެސް ކ. ކާށިދޫގައި ހުންނަ ބީއެމްއެލްގެ އޭޓީއެމްއިން އެ ފައިސާ ނަގާފައިވާ ކަމަށް ދައުލަތުގެ ދައުވާގައިވެ އެވެ.

ކްރިމިނަލް ކޯޓުގައި ދައުވާ އިއްވުމުން، ރިޔާޒު ވަނީ ދައުވާއަށް އިއުތިރާފުވެފަ އެވެ. އެހެންވެ، އޭނާގެ މައްސަލަ ކުރިއަށްގެންދިޔައީ އަވަސް ނިޔާގެ މައްސަލައެއްގެ ގޮތުގަ އެވެ.

ރިޔާޒު ކޯޓުގައި އެދުނީ އޭނާއަށް ޖަލު އަދަބު ނޫން އަދަބެއް ދިނުމަށެވެ. އޭނާ ބުނީ، އޭނާ އަކީ ޓެކްސީ ޑްރައިވަރެއް ކަމަށާއި ޖަލަށްލައިފި ނަމަ ދަރިފުޅު ވަރަށް ބިކަވާނެ ކަމަށެވެ.

އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތުގައި ބާރު ހިންގުމުގެ ދައުވާއަށް އޮންނަ އަސާސީ އަދަބަކީ ނުވަ މަހާއި 18 ދުވަހަށް ޖަލަށްލުމެވެ. ދައުވާއަށް އިއުތިރާފުވެއްޖެ ނަމަ އަދަބު ދަރަޖަ އެއް ދަރަޖަ ލުއިވާނެ އެވެ.

އެ މައްސަލައިގައި ރިޔާޒު އިއުތިރާފުވި ނަމަވެސް، މީގެ ކުރިން އޮކްޓޯބަރު 26، 2021 ގައި އޭނާ އެނގި ހުރެ ހުއްދަ ނޫން ތަނަކަށް ވަނުގެ މައްސަލައެއްގައި ކުށް ސާބިތުވެފައިވާތީ، ކުށަށް އިއުތިރާވުމުން ލިބޭ ލުއި އޭނާއަށް ނުލިބެ އެވެ.

އެކަމަކު، އަދަބު ވީހާ ވެސް ލުއިކޮށްދޭން އެދިފައިވާއިރު، އޭނާގެ ސިއްހީ ހާލަތާ ގުޅިގެން ހުށަހެޅި ލިޔުންތަކަށް ބަލާފައި ކޯޓުން ނިންމީ އަދަބުގެ އެއްބައި މުޖުތަމައަށް ހިދުމަތް ކުރުމަށް ބަދަލު ކުރުމަށެވެ. އެގޮތުން އޭނާގެ މައްޗަށް ހުކުމް ކުރީ، ހަ މަހާއި 11 ދުވަހަށް ޖަލަށްލުމާއެކު 530 ގަޑިއިރު މުޖުތަމައަށް ހިދުމަތް ކުރުމަށެވެ.

ރަފާ ކްރިމިނަލް ކޯޓުގައި ބުނީ، އޭނާގެ އެކައުންޓަށް ފައިސާ ޖަމާ ކުރީ ރައްޓެއްސަކު ކަމަށާއި އެއީ ވައްކަން ކޮށްގެން ހޯދި ފައިސާ ކަމެއް އޭނާއަށް ނޭނގޭ ކަމަށެވެ. އެ ރަހުމަތްތެރިޔާ އެދުނީ، އޭނާގެ ބޭންކު ކާޑު ހަލާކުވެފައިވާތީ، މުސާރަ ޓްރާންސްފާ ކުރުމުން ނަގުދު ފައިސާއިން ނަގައިދިނުމަށް ކަމަށް ރަފާ ކިޔައިދިނެވެ.

ވަކީލަކު ހަމަޖައްސުމުން ބޭއްވި އަޑުއެހުމުގައި ރަފާގެ ވަކީލު ބުނީ، މި މައްސަލައާ ގުޅިގެން ދައުލަތާއެކު މަޝްވަރާ ކުރުމަށާއި މުރާޖައާ ކުރުމަށް ފުރުސަތު ބޭނުންވާ ކަމަށެވެ. އެކަމަށް ދައުލަތުން އިއުތިރާޒު ނުކުރުމުން، ކޯޓުން ނިންމީ ރަފާގެ ބައި ވަކި ގަޒިއްޔާއެއްގެ ގޮތުގައި ކުރިއަށްގެންދާށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox