މުޒާހަރާ ކުރި ބަޔަކަށް ކާފިއުއެއް ދިން ކޯޓު އަމުރުތައް ހައި ކޯޓުން ބާތިލުކޮށްފި

އިދިކޮޅު ޕީޕީއެމް/ޕީއެންސީއިން މީގެ ކުރިން މާލޭގައި ހިންގި މުޒާހަރާއެއް ކޮންޓްރޯލު ކުރަން ފުލުހުން މަސައްކަތް ކުރަނީ -- އަދަދު ފޮޓޯ/ އަބްދުﷲ އިޔާން

އިދިކޮޅު ޕީޕީއެމް/ޕީއެންސީއިން މީގެ ކުރިން މާލޭގައި ހިންގި މުޒާހަރާއެއް ކޮންޓްރޯލު ކުރަން ފުލުހުން މަސައްކަތް ކުރަނީ -- އަދަދު ފޮޓޯ/ އަބްދުﷲ އިޔާން

އިދިކޮޅުގެ މުޒާހަރާއެއްގެ ތެރެއިން ހައްޔަރު ކުރި އަށް މީހަކު ބަންދު ކުރަން ގެންދިޔުމުން، އެކި ޝަރުތުކޮށްފައި ދޫކޮށްލި އަމުރުތައް ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައި އެ އަމުރުތައް ބާތިލު ކަމަށް ހައި ކޯޓުން މިއަދު ކަނޑައަޅައިފި އެވެ.

އިދިކޮޅުން މާލޭގައި ކުރަމުން ދިޔަ ސިލްސިލާ މުޒާހަރާތަކުގެ ތެރެއިން، މިދިޔަ އޭޕްރިލް 13 ވަނަ ދުވަހު މުޒާހަރާގެ ބައެއް ބައިވެރިން އާރްޓީއެލްގެ ބަހަކަށް މަގުމަތިން ހުރަސްއެޅި މައްސަލައެއްގައި އަށް މީހަކު ހައްޔަރުކޮށް، ފުލުހުން ކްރިމިނަލް ކޯޓުގައި އެދުނީ އެ އަށް މީހުން 15 ދުވަހަށް ބަންދުކުރާށެވެ. ފުލުހުން ބުނީ އެ މީހުން، ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނާއި ހިލާފަށް އެއްވެ، އާންމު ދަތުރުފަތުރު ކުރުމަށާއި ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއަޅާފައިވާ ކަމަަށެވެ.

އެ އަށް މީހުން 15 ދުވަހަށް ބަންދު ކުރަން އެދުމުން ކްރިމިނަލް ކޯޓުން ނިންމީ ޝަރުތުކޮށްފައި އެ މީހުން ދޫކޮށްލާށެވެ. އެގޮތަށް ދޫކުރީ، ފުލުހުންނަށް ބަންދުގައި ބަހައްޓަން ޖެހޭ ސަބަބެއް ބުނެނުދެވޭ ކަމަށް ބުނެ އެވެ.

ބައެއް މީހުންނަށް ގެއިން ބޭރަށް ނުކުމެވޭނެ ކާފިއުއެއް ކަނޑައެޅި އިރު، އެކި މީހުންނަށް ކުރީ އެކި ޝަރުތެވެ. އެގޮތުން ހަ މީހަކަށް ވަކި ވަގުތެއްގައި ނޫނީ ގެއިން ބޭރަށް ނުނިކުމެވޭ ގޮތަށް "ކާފިއު"އެއް ހެދި އިރު، އެފަދަ ޝަރުތެއް ނުކޮށް ދެ މީހަކު ދޫކޮށްލި އެވެ. ކާފިއު ދީފައި ދޫކޮށްލި މީހުންގެ ތެރެއިން ފަސް މީހަކު ރޭގަނޑު 9:00 އިން ފެށިގެން ހެނދުނު 6:00 އަށް ގެއިން ބޭރަށް ނުދިޔުމަށް ޝަރުތުކުރި އިރު، ރޭގަނޑު 8:00އިން ފެށިގެން ހެނދުނު 6:00 އަށް ގެއިން ބޭރަށް ނުނިކުތުމަށް ވެސް މީހަކަށް ޝަރުތުކުރި އެވެ.

އޭގެ އިތުރުން، އުޅޭ އެޑްރެސް ނުވަތަ ނަމްބަރު ބަދަލުވެއްޖެ ނަމަ ފުލުހުންނަށް އެންގުމަށް ފަސް މީހަކަށް ޝަރުތުކުރި އެވެ. ހައްޔަރު ކުރި ހުރިހާ އެންމެނަށް ވެސް ކުރި ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ ހަމައެކަނި، ފުލުހުންގެ ތަހުގީގަށް އެއްބާރުލުން ދިނުމަށާއި، ފުލުހުންގެ ހުއްދަ ލިޔުމުން ހޯދައިގެން ނޫނީ މާލެއިން ބޭރަށް ނުދިޔުމެވެ.

ކްރިމިނަލް ކޯޓުން އެ އަމުރުތައް ނެރުނީ، އެފަދަ އަމުރުތައް ނެރޭ އިރު އަމަލު ކުރަން ޖެހޭ ގާނޫނީ އުސޫލުތަކާ ހިލާފު ކަމަށް ބުނެ އެ އަށް މީހުންގެ ފަރާތުން ދަށު ކޯޓުން ނެރުނު އަމުރުތައް ހައި ކޯޓުގައި އިސްތިއުނާފު ކުރި އެވެ.

ހައި ކޯޓުގެ ފަނޑިޔާރު ހުޒައިފާ މުހައްމަދު ރިޔާސަތު ބެލެހެއްޓެވި އެ މައްސަލައިގައި، ތިން ފަނޑިޔާރުންގެ އިއްތިފާގުން މިއަދު ހުކުމް ކުރީ، އެ މީހުން ޝަރުތުކޮށްފައި ބަންދުން ދޫކޮށްލަން ނެރުނު އަމުރުތައް ގާނޫނާ ހިލާފު ކަމަށެެވެ.

މީގެ ކުރިން ހައި ކޯޓުން ނިންމާފައިވާ، ޝަހީބު އިބްރާހިމް ވ. ޕީޖީ ގަޒިއްޔާގައި ކޯޓު އަމުރު ނެރުމާ މެދު ކަނޑައެޅި އުސޫލު ހުކުމުގައި ފާހަގަކުރި އެވެ. އެ ގަޒިއްޔާގެ ނިންމުމުގައިވާ ގޮތުން، މީހެއްގެ ބަންދާ މެދު ގޮތެއް ނިންމާއިރު، މީހާއާ ދެކޮޅަށް ހުށަހަޅާ ހެކި ވަޒަންކުރުމަށްފަހު ފަނޑިޔާރު ނިންމާ ގޮތާއި، ގާނޫނު އަސާސީގެ 49 ވަނަ މާއްދާގައި ބުނާ ސަބަބެއް އޮތްކަން ނުވަތަ ނޫން ކަމާއި ފަނޑިޔާރުގެ ނިންމުން ނިންމި ގާނޫނީ ނައްސު، ކޯޓު އަމުރުގައި ސާފުކޮށް އެނގެން އޮންނަންވާނެ އެވެ.

އެ ގަޒިއްޔާގައި އެގޮތަށް ނިންމީ ވެސް، ފަނޑިޔާރުން ނިންމާ ނިންމުންތައް އިސްތިއުނާފު ކުރެވޭނެތީ، އެ ނިންމުމުގައި ގޯހެއް އޮތްކަން ވެސް އެނގޭނީ ފަނޑިޔާރުން އެގޮތަށް ނިންމި ސަބަބު ނުވަތަ ގާނޫނީ ނައްސު ހުލާސާކޮށް ވިޔަސް ބަޔާންކޮށްގެންކަން ހައި ކޯޓުން ފާހަގަކުރި އެވެ.

titledesc

އޭގެ އިތުރުން، ޝަރުތުކޮށްފައި މީހަކު ބަންދުން ދޫކުރެވޭނީ ވެސް އެ މީހަކު ކުށް ކުރިކަމަށް ތުހުމަތުކުރެވޭ ވަރަށް ހެކި ހުރެގެން ކަމާއި އެކަން ކޯޓު އަމުރުން ފެންނަންވާނެކަން ވެސް ހައި ކޯޓުން ފާހަގަކުރި އެވެ.

އެކަމަކު، މި މައްސަލައިގައި ހިމެނޭ އަމުރުތަކުގައި ހެކި ވަޒަން ކުރި ގޮތެއް އަަދި ހެކި ދަރަޖަ ކުރި ގޮތެއް ވެސް އެނގޭކަށް ނެތް ކަމަށް ހުކުމުގައިވެ އެވެ. ހެކި ވަޒަން ކުރި ގޮތެއް ދޭހަވާ ސާފު ގާނޫނީ ނައްސެއް ނުވަތަ އިރުޝާދެއް، އަދި ކުޑަމިނުން "ހެކި" މި ލަފުޒު ވެސް އަމުރުތަކުގައި ނެތް ކަމަށް ހުކުމުގައިވެ އެވެ.

މި މައްސަލައިގައި ފަނޑިޔާރު ހުޒެއިފާ ރައުޔަށް ދެން ތިއްބެވި ދެ ފަނޑިޔާރުން، އަހުމަދު ޝަކީލް އަދި ހުސެއިން މަޒީދު ތާއީދުކުރެއްވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox