ހުޅުމާލޭގައި ހިންގި މާރާމާރީއެއްގައި ކުޑަކުއްޖަކަށް އަނިޔާކޮށްފައިވާތީ އޭނާއަށް ހޮސްޕިޓަލުގައި ފަރުވާދީފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ފުލުހުން ބުނީ މިއަދު ހަވީރު ހުޅުމާލެ ފޭސް ދޭއްގައި ހިންގި މާރާމާރީއެއްގައި ކުޑަކުއްޖަކަށް އަނިޔާވެފައިވާ ކަމަށެވެ. އޭނާގެ އުމުރެއް ފުލުހުން ނުބުނެ އެވެ.
ފުލުހުން ބުނީ އަނިޔާ ކުއްޖާއަށް ސީރިއަސް އަނިޔާތަކެއްނުވާ ކަމަށާއި ފަރުވާ ދިނުމަށްފަހު އޭނާ މިހާރު ހޮސްޕިޓަލުން ދޫކޮށްލާފައިވާ ކަަމަށެވެ.
އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދިޔަ ނަމަވެސް އެއްވެސް މީހަކު ހައްޔަރެއް ނުކުރެ އެވެ.
މިދިޔަ ހަފުތާގައި ހުޅުމާލޭގައި މާރާމާރީއެއް ހިންގައި ފުލުހަކަށް ވަނީ ހަމަލާދީފަ އެވެ. އެ މައްސަލައިގައި ހަތަރު މީހަކު ހައްޔަރު ކުރި އެވެ.













